Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް މައުމޫން މިނިވަންވުން، ބަދަހި ސަރުކާރެއްގެ ފެށުން!؟

ޕީޕީއެމްގެ ސަޕޯޓަރުން ނުކުމެ، މައުމޫނަށް އޮތް ތާއިދު ދައްކައިދިން

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2018 | ހޯމަ 09:01
ރައީސް މައުމޫން މިނިވަން ކުރުމުން، ސަޕޯޓަރުންނާއެކު މ. އެންދެރިމާގެ ސަރަހައްދުގައި

ރައީސް މައުމޫން މިނިވަން ކުރުމުން، ސަޕޯޓަރުންނާއެކު މ. އެންދެރިމާގެ ސަރަހައްދުގައި

ރައީސް މައުމޫން މިނިވަންކޮށްފައި ވަނީ 237 ދުވަސް ފަހުންނެވެ. ހަތް މަހާއި 25 ދުވަސް ފަހުންނެވެ. އެމަނިކުފާނު ޖަލުގައި ހޭދަ ކުރެއްވި 33 ހަފްތާއަކީ ހިތްދަތި ދުވަސްތަކެކެވެ. ދައުލަތުގެ ރައްކާތެރިކަން އެންމެ ބޮޑަށް ލިބެންޖެހޭ އުމުރުގައި ހިތްދަތިކަން ދަހައްމަލް ކުރަން މަޖުބޫރު ކުރުވީ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީނެވެ. ވެރިކަމުގެ އާރާއި ބާރުގައި ބޭބޭފުޅަށް ޖެއްސި ހާލު އެންމެންގެ ކުރިމަތީގައި ތަމްސީލުވެ ނިމިއްޖެއެވެ. އެއީ މާޒީއެވެ. ތާރީހަށް އެ ވާހަކަ ދޫކޮށްލާށެވެ.

ތުއްތޮންބެގެ ހިޔަނީގައި ވެރިކަމަށް ވަޑައިގަތުމަށް ފަހު، ހެވައާއި ނުބައި އޮޅި، ތުރާލެއް ކަމަށް ހިތައި، ރައީސް މައުމޫނަށް ޖެއްސި ހާލު، ތާރީހުގައި އިބުރަތަކަށް ފުދޭނެއެވެ. އިދިކޮޅު ކޮންމެ ލީޑަރަކަށް ވެސް ޖެއްސީ އެ ހާލެވެ. ސަރުކާރަށް ފާޑުކިޔައި، ޒިންމާދާރު ކުރުވުމަށް މަސައްކަތް ކުރި ކޮންމެ މީހަކު ފައްތަނީ ގޮޅިއަށެވެ. ހުރަގެއަށެވެ. ބޭބެއަށް ނުބެހެއްޓި ރަހުމެއް، އެހެން މީހަކަށް ނުބަހައްޓާނެ އޭ ބުނަނީ އެ ސަބަބާ ހުރެއެވެ.

ރައީސް މައުމޫން މިނިވަން ކުރުމާ އެކު ސަޕޯޓަރުންނަށް ވަނީ އީދެއް އައިސްފައެވެ. ސަބަބަކީ އިބޫ ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ އެއް މަހާއި 18 ދުވަސް ކުރިން ލީޑަރުން މިނިވަންވާން ފެއްޓުމުންނެވެ. ރައީސް މައުމޫނާއި ގާސިމް އިބްރާހިމް މިނިވަންވެފައި ވަނީ އިބޫ އިންތިހާބު ކާމިޔާބު ކުރެއްވިތާ ހަތް ވަނައަށް ވީ ދުވަހުއެވެ. ގިނަ ސަޕޯޓަރުން މި ވަގުތު ކެތް މަދުވެފައި ވަނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ދުވަހަކަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރުކޮށްގެން ގެންދިޔަފަހުން، ފުރަތަމަ ފަހަރަށް އެނބުރި އެންދެރިމާގެއަށް ގެނައި ވަގުތު ތަފާތު މަންޒަރުތަކެއް ފެނިގެންދިޔައެވެ. ޕީޕީއެމްގައި ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި ބައެއް ބޭފުޅުން މައުމޫނަށް މަރުހަބާ ދެންނެވުމަށް އެންދެރިމާގެއަށް ވަޑައިގެން ތިއްބެވިއެވެ. ރައީސް ޔާމީން އައްޔަން ކުރައްވާފައިވާ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރައީސް މައުމޫންގެ ސިޔާސީ ހަރަކާތުގެ ޓީޝާޓު ތުރުކުރައްވައިގެން ތިއްބެވިއެވެ.

ރައީސް މައުމޫން މިނިވަން ކުރުމުން، އާދީއްތަ ދުވަހުގެ އިރާކޮޅު އެ ގެއަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރައީސް ޔާމީންގެ ބޭބޭފުޅު އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މަޖީދު ވެސް ހިމެނެއެވެ.

ރައީސް ޔާމީންގެ އަރިސް ބޭފުޅުންނާއި އާއިލާ ބޭފުޅުން ރައީސް މައުމޫނަށް މަރުހަބާ ދަންނަވަން ވަޑައިގަތުމަކީ އެމަނިކުފާނަށް އެނބުރި ޕީޕީއެމްގެ ބާރުތައް ލިބޭނެ ކަމުގެ އިޝާރާތެކެވެ. ގްރާސްރޫޓް އެންދެރިމާގޭގައި ރުކުރުވާލާފައިވާ ގޮތުން ޕީޕީއެމްގެ ބާރުތައް ރައީސް މައުމޫންނަށް ދެއްވަން އާންމު މެމްބަރުން އެ ވަނީ ކެތްމަދުވެފައެވެ.

ދެން އޮތީ އިދިކޮޅު ހުރިހާ ލީޑަރުން މިނިވަންވެ އެކުއެކީގައި ފެންނާނެ ދުވަހެކެވެ. އެ މަންޒަރު އާދީއްތަ ދުވަހު ރައީސް މައުމޫން މިނިވަން ކުރުމާ އެކު މާލެ މަގުމަތިން ތަމްސީލުވެގެންދިޔައެވެ. ރައީސް ނަޝީދު މިނިވަންކުރުމާ އެކު ވެސް އެއަށް ވުރެ މާ ބޮޑު، އުފާފާޅުކުރުންތަކެއް ފެނިގެންދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އެއާއެކު ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތްތަކާ އެކު އާ ސަރުކާރު ވެގެންދާނީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ނުދެކޭ ފަދަ ވަރުގަދަ ސަރުކާރަކަށެވެ.

ސަބަބަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި މިވަގުތު ހުންނެވި އެންމެ ތަރުޖިބާކާރު، އެންމެ ދޮށީ ލީޑަރު ހުންނެވީ އާ ސަރުކާރާއެކުގައެވެ. އަޒުމް ވަރުގަދަ، ހިތްވަރުގަދަ ލީޑަރު، ރައީސް ނަޝީދު ހުންނެވީ ކޯލިޝަންގެ މުގުލުގައެވެ. ތައުލީމީ ޖީލެއް ބިނާކޮށް، މަދަދުވެެރިންނަށް އެހީ ދެއްވުމުގައި ނަމޫނާ ދެއްކެވި ގާސިމް އިބްރާހިމް ކޯލިޝަންގައި ހުންނެވުމުން ލީޑަރުންގެ ބަދަހިކަން އިތުރަށް ބޮޑުވެގެންދެއެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ވެރިކަން ސޯލިހު މަގުން ގެންދިއުމަށް އަދާލަތު ޕާޓީގެ ލީޑަރު ޝެއިހް އިމްރާން އަބްދުﷲ ހުންނެވީ ކަމަރު ބަނދެގެންނެވެ. މިއީ ރާއްޖޭގެ ތާރީހުގައި ނުފެންނަ ވަރުގެ ބަދަހި ކޯލިޝަނެކެވެ.

ގިނިކަންޏާ ހުންނެވީ ރައީސް ޔާމީންނެވެ. ނޮވެމްބަރު 17 އާއެކު އެމަނިކުފާނު މަންޒަރުން ގެއްލިގެންދާނެ ކަމަށް ބެލެވެ އެވެ. ފޮހެވިގެން ނުދާނީ އެމަނިކުފާނުގެ ސަރުކާރުން ދިން އަނިޔާތަކެވެ. ހިތުން އެ ވާހަކަތައް ފިލައި ދިޔަސް، ލަކުނުތައް ފެންނަން ހުންނާނެއެވެ. ހަށިގަނޑުގައި އެ ވޭން އަޅާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު