Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑު

ރެއާލުން ދެއްކީ މޮޅުވުން ހައްގު ކުޅުމެއް: އަންޗެލޮޓީ

އޭނާ ބުނީ މެޗުން މޮޅުވެ، ރެއާލަށް ތަށި ކާމިޔާބުކުރެވުމުން ހިތްހަމަޖެހޭ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2024 | އަންގާރަ 00:30
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ރެއާލުން ދެއްކީ މޮޅުވުން ހައްގު ކުޅުމެއް ކަމަށް، އެ ޓީމުގެ ކޯޗު ކާާލޯ އަންޗެލޮޓީ ބުނެފި އެވެ.

ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗު ފަށައިގެން ރެއާލްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ. ބާސެލޯނާ ބަލިކޮށް ރެއާލުން ވަނީ 13 ވަނަ ފަހަރަށް ސްޕެނިޝް ސުޕަ ކަޕްގެ ތަށި އުފުލާލައިފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، ރެއާލަށް މެޗުން މޮޅުވުން ޙައްޤު ކަމަށެވެ. ޚާއްސަކޮށް އެއީ ފައިނަލަކަށްވުމުން، ރެއާލުން ނުކުތީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެން، ރަނގަޅު ރޫޙެއްގައިކަން ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން، ރެއާލްގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއް ކަމަށް އޭނާ ބުންޏެވެ. މެޗުގައި ރެއާލުން ދިޔައީ އެ ޓީމަށް ނެގެން ހުރި ހުރިހާ ފައިދާތަކެއް ނަގަމުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އަންޗެލޮޓީ ފާހަގަ ކުރި ގޮތުގައި މެޗުގައި ރެއާލްގެ ވިނީޝިއުސް ޖޫނިއާ ދެއްކީ ވަރަށް އާދަޔާޚިލާފު ކުޅުމެކެވެ. އޭނާ ބުނީ އެ މެޗުގައި ވިނީޝިއުސް ހުރީ މުޅިން އެހެން ފެންވަރެއްގައި ކަމަށާއި، އެކަމުގަ ފައިދާ ރެއާލަށް ހުރިހާ ގޮތަކުން ވެސް ކުރި ކަމަށެވެ. ނަމަވެސް މެޗުގައި ބާސެލޯނާ އިން ވެސް ރަނގަޅު ކަންތައްތަކެއް ކުރިކަމަށް އޭނާ ބުންޏެވެ. އެގޮތުން ބާސެލޯނާ އިން ވެސް އެ ޓީމަށް ލިބެމުން އައި ފުރުސަތުތަކުގެ ބޭނުން ހިފަން މަސައްކަތް ކުރި ކަމަށާއި، ބައެއް ވަގުތުތަކުގައި ރެއާލަށް ކޮންމެ ވެސް ވަރަކަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ މެޗުން މޮޅުވެ، ރެއާލަށް ތަށި ކާމިޔާބު ކުރެވުމުން ހިތްހަމަޖެހޭ ކަމަށެވެ. ދެން މަސައްކަތް ކުރާނީ ސީޒަންގެ ބާކީ ހުރި މުބާރާތްތަކަށް ކަމަށާއި، ރެއާލުން ނުކުންނާނީ އަބަދުވެސް އެންމެ ފުރިހަމަ އަށް ތައްޔާރުވެގެން ކަމުގައި އޭނާ ބުންޏެވެ. އޭނާ ދެކޭ ގޮތުގައި ރެއާލަށް ކުރިއަށް ދިޔުމަށް އަބަދު ވެސް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އެ ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންގެ މަސައްކަތެވެ.

ރެއާލް މެޑްރިޑްކާލޯ އަންޗެލޮޓީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު