Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

އެޕީލް ކޮމެޓީއެއް ނެތްކަމަށް، އެފްއޭއެމުން ވެސް އެއްބަސްވެއްޖެ!

އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އޮންނަން ޖެހޭ އުސޫލުގެ ތެރެއިން އިންތިޚާބީ އެޕީލްސް ކޮމެޓީއެއް އެކުލަވާލެވިފައި ނެތް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2024 | އަންގާރަ 00:28
އެފްއޭއެމްގެ ހައުސް

އެފްއޭއެމްގެ ހައުސް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިލެކްޓޯރަލް ކޯޑުގައި ބުނެފައިވާ އެޕީލް ކޮމެޓީ އެކުލަވާލެވައިފައި ނެތް ކަމަށް، އެ އެސޯސިއޭޝަނުން އެއްބަސްވެއްޖެ އެވެ.

އެފްއޭއެމުން ހޯމަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ވަނީ އެކަން ހާމަކޮށްފަ އެވެ. އެއީ އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙުމަދު ޠާރިޤް (ޓޮމް) ގެ ކެންޑިޑެންސީ ޞައްޙަ ނޫން ކަމަށް އިލެކްޓޯރަލް ކޮމެޓީން ނިންމި މައްސަލައިގައި، އޭނާގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާފައި ވަނިކޮށެވެ. އެފްއޭއެމުން އެކަން އާންމު ކުރުމުގެ ކުރިން ވެސް، މީޑިއާތަކުން ވަނީ އެޕީލްސް ކޮމެޓީއެއް ނެތް ވާހަކަ ރިޕޯޓުކޮށްފަ އެވެ.

އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އޮންނަން ޖެހޭ އުސޫލުގެ ތެރެއިން އިންތިޚާބީ އެޕީލްސް ކޮމެޓީއެއް އެކުލަވާލެވިފައި ނެތް ކަމަށެވެ. އެޕީލްސް ކޮމެޓީ އަކީ އެފްއޭއެމްގެ ކޮންގްރެސްއަކުން އިންތިޚާބު ކުރަން ޖެހޭ ކޮމެޓީއެކެވެ. އެހެން ނަމަވެސް، އެންމެ ފަހުން އެފްއޭއެމުން ބޭއްވި ކޮންގްރެސްގައި އެ ކޮމެޓީ އިންތިޚާބުކޮށްފައެއް ނުވެ އެވެ. އެހެންވެ، ޓޮމް ހުށަހެޅި މައްސަލައިގައި ގޮތެއް ނުނިމި، އެފްއޭއެމުން ވަނީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަދި ސަރަހައްދީ ފުޓުބޯޅަ އިދާރާ (އޭއެފްސީ) ލަފަޔަކަށް އެދިފަ އެވެ.

ޓޮމްގެ އިތުރުން އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވީ ކުލަބު އީގަލްސްގެ ވައިސް ޗެއާމަން މުފާވިޒް ހާޝިމް (މުފާ) އެވެ. ނަމަވެސް އިލެކްޓޯރަލް ކޮމެޓީން ނިންމީ ޓޮމްގެ ޝަރުތު ހަމަނުވާ ކަމަށެވެ. އެއީ އޭނާގެ އަތުގައި އޮތް ކުލަބު ވެލެންސިއާގެ ތާއީދު ސިޓީ ބާތިލު ކުރަން ނިންމުމުންނެވެ. އެ ސިޓީ ބާތިލު ކުރުމަށް ކޮމެޓީން ނިންމީ، ވެލެންސިއާ އިން ދެ ކެންޑިޑޭޓުންނަށް ވެސް ތާއީދު ސިޓީ ދީފައިވާތީ އެވެ.

ނަމަވެސް އިލެކްޓޯރަލް ކޮމެޓީގެ ނިންމުން ބަަލައިނުގަނެ، ޓޮމް ވަނީ އެ މައްސަލަ އިސްތިއުނާފަށް ހުށަޙަޅައިފަ އެވެ. އޭގެ އިތުރުން ޓޮމް ވަނީ ފީފާ އަދި އޭއެފްސީގެ ސަމާލުކަމަށް ވެސް އެކަން ގެނެސްފަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު