Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދުރުފެންނަ މިންވަރު

ދުރުފެންނަ މިންވަރު ދަށް، ބައެއް ސަރަހައްދުތަކަށް ދުރުފެންނަ މިންވަރު ހުރީ 5 ކިލޯ މީޓަރުގައި

މެދުރާއްޖެތެރޭގެ ސަރަހައްދަށް މި މިންވަރު 5 ކިލޯ މީޓަރަށް ދަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2024 | ހޯމަ 14:30
ރާއްޖެ ހިމެނޭ ސަރަހައްދުގައި ވައިގެ ނުސާފު މިންވަރު ހުރީ ނުރައްކާވެދާނެ، މީހުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ ހިސާބުގައި

ރާއްޖެ ހިމެނޭ ސަރަހައްދުގައި ވައިގެ ނުސާފު މިންވަރު ހުރީ ނުރައްކާވެދާނެ، މީހުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ ހިސާބުގައި

މި ދުވަސްވަރު އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބަުން ދުރުފެންނަ މިންވަރު ދަށް ކަމަށާއި، ބައެއް ސަރަހައްދުތަކަށް ދުރުފެންނަ މިންވަރު ހުރީ 5 ކިލޯ މީޓަރުގައި ކަމަށް މޫސުމައި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މި ދުވަސްވަރު އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން އުތުރާއި މެދުރާއްޖެތެރޭގެ ވައި ނުސާފުވެ، ހަމަ ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަަށްވެފައިވާ ކަމަށެވެ. އަދި ސާފު ދުވަހެއްގައި 10 ކިލޯ މީޓަރަށްވުރެ ދުރު ފެނުނު ނަމަވެސް، ވޭތުވެދިޔަ 24 ގަޑިއިރު، ހާއްސަކޮށް މެދުރާއްޖެތެރޭގެ ސަރަހައްދަށް މި މިންވަރު 5 ކިލޯ މީޓަރަށް ދަށްވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މޫސުމާއި ބެހޭ ގައުމީ އިދާރާގެ އެސިސްޓެންޓް މީޓިރިއޮލޮޖިސްޓް، ހުސައިން ވަހީދު ވިދާޅުވީ ވިއްސާރަ ނޫންނަމަ، އިރުން ވައިޖެހޭއިރު ނުސާފުވާނެ ކަމަށެވެ. އެޕްލިކޭޝަންތަކުން ދައްކާގޮތުން ވަކި ވަރަކަށް ވިސިބިލިޓީ ދަށްވީމަ އަދި ޖައްވުގައި ދުމުގެ އަސަރު ހުރުމުން ނުރައްކާ ހާލަތަކަށް ގޮސްދާނެ ކަމަށާއި، އާންމުކޮށް އިރުވައި މޫސުމުގައި ވަރަށް ގިނައިން މިހެން ދިމާވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަަސް ނުސާފުކޮށް އޮންނާނެ ކަމަށް ހުސައިން ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަހަރު ހާލަތު ދަށްވި ވަރަށް ވުރެ ކުރިން ހާލަތު ދަށްވެފައިވާ ކަމަށެވެ. ނަމަވެސް ވާރޭ ވެހުނީމަ ސާފުވާނެ ކަމަށާއި، ވިއްސާރަ ކުރާނެކަމަށް ލަފާ ނުކުރެވޭތީ، ކުރިއަށް އޮތް ތަނުގައިވެސް ދުރު ފެންނަ މިންވަރު ދަށްވާނެ ކަމަށެވެ. ހުސައިން ވަހީދު ވިދާޅުވީ މިދިޔަ އަަހަރު ވެސް، މިހާރަށް ވުރެ ބޮޑަށް ވިސިބިލިޓީ ދަށްވި ކަމަށެވެ. ވިސިލިބިލިޓީ ރިޕޯޓް ނެގި އިރު ހޯމަ ދުވަހު ދުރު ފެންނަނީ 5 ކިލޯ މީޓަރަށް ކަމަށާއި، ބައެއް ފަހަރު 4 ކިލޯ މީޓަރަށްވެސް ދަށްވާ ކަމަށެވެ. މިދިޔަ އަހަރު 4 ކިލޯ މީޓަރަށް ދަށްވި ކަމަށް އޭނާ ވިދާޅުވިއެވެ.

ހުސައިން ވަހީދު ވިދާޅުވީ ވައިގެ ނުސާފު މިންވަރު މެޓް އޮފީހުން ބަލަމުންދާ ކަމަށައި، ކުރިއަށް އޮތް ތިން ހަތަރު ދުވަހު ވެސް ވިސިބިލިޓީ ދަށްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ވައި ހުންނަ ގޮތަކުން ސާފުވެސް ވެދާނެ ކަމަށާއި ނަމަވެސް ދުރު ފެންނަ މިންވަރު ދަށްވެގެން އުޅެނީ ހިމާލެޔާ ސަރަހައްދުން އަންނަ ދުމުގެ ސަބަބުން ކަމަށެވެ.

ދުރުފެންނަ ނިސްވަތް ބަދަލުވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވިއްސާރަވުން މުހިންމު ދައުރެއް އަދާކުރެއެވެ.

ވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިވެ ސަމާލުކަން ދޭންވީ ކަންތައްތައް:

މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސްޖައްވު ނުސާފުވުން

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް، އެކަމަކު ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ

ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް، އެކަމަކު ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ

28 ނޮވެމްބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް

މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް

27 ނޮވެމްބަރު 2025
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

23 އޮކްޓޯބަރު 2025
ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ

ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު