Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމްގެ އިންތިޚާބު

ވަގުތު ހަމަވީއިރު ވެސް، ޓޮމް އަށް ޖަވާބެއް ނުދޭ!

ޓޮމްގެ ފަރާތުން އެޕީލް ކޮމެޓީ އަށް އިސްތިއުނާފު ހުށަހަޅުއްވާފައިވާއިރު، އެފްއޭއެމްގައި އެޕީލް ކޮމެޓީއެއް ނެތް މައްސަލަ ވެސް ވަނީ ފެންމަތިވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2024 | ހޯމަ 12:53
އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެމްބަރު، އަޙުމަދު ޠާރިޤް (ޓޮމް)

އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެމްބަރު، އަޙުމަދު ޠާރިޤް (ޓޮމް)

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙުމަދު ޠާރިޤް (ޓޮމް) ގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް، އިލެކްޓޯރިއަލް ކޮމެޓީން ނިންމި ނިންމުން، ޓޮމްގެ ފަރާތުން އިސްތިއުނާފުކޮށްފައިވާއިރު، ވަގުތު ހަމަވީއިރު ވެސް ޖަވާބެއް ނުދެއްވާ ކަމަށް ޓޮމް ވިދާޅުވެއްޖެ އެވެ.

މި މަހުގެ 31 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރެއްވުމަށް އެންމެ ފުރަތަމަ ފޯމު ހުށަަހެޅުއްވީ ވެސް ޓޮމް އެވެ. ނަމަވެސް، އިލެކްޓޯރިއަލް ކޮމެޓީން ވަނީ އޭނާގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ނިންމައިފަ އެވެ. އެއީ ޓޮމްގެ އަތުގައި އޮތް ކުލަބު ވެލެންސިއާގެ ތާއީދު ސިޓީ ބާތިލު ކަމަށް ނިންމުމުންނެވެ.

ޓޮމްގެ އިތުރުން އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި ކުލަބު އީގަލްސްގެ ވައިސް ޗެއާމަން މުފާވިޒް ހާޝިމް (މުފާ) އަތުގައި ވެސް ވެލެންސިއާގެ ތާއީދު ސިޓީ އޮތެވެ. އިލެކްޓޯރިއަލް ކޮމެޓީން ނިންމީ، ވެލެންސިއާ އިން ދެ ކެންޑިޑޭޓުންނަށް ވެސް ދީފައިވާ ދެ ސިޓީ އަކީ ވެސް ޞައްޙަ ދެ ސިޓީ ކަމަށެވެ. އެހެން ނަމަވެސް، އެއް ކުލަބަކަށް ދެ ކެންޑިޑޭޓުންނަށް ތާއީދު ނުކުރެވޭތީ، ކޮމެޓީން ނިންމީ ވެލެންސިއާގެ ދެ ސިޓީ ވެސް ބާތިލު ކުރުމަށެވެ.

ކޮމެޓީގެ ނިންމުން އިސްތިއުނާފު ކުރުމަށް ލިބުނު މުއްދަތުގައި ޓޮމް ވަނީ އިސްތިއުނާފަށް ހުށަހަޅުއްވައިފަ އެވެ. ޓޮމްގެ އިސްތިއުނާފާމެދު ތިން ދުވަހުގެ ތެރޭގައި އެޕީލް ކޮމެޓީން ގޮތެއް ނިންމަން ޖެހެ އެވެ. އެ މުއްދަތު ހަމަވީ ހޯމަ ދުވަހުގެ ހަވީރު 16:00 އަށެވެ.

"ރާއްޖެ އެމްވީ"އާ ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން އަންނަ ޓޮމް ވިދާޅުވީ، ވަގުތު ހަމަވީއިރު ވެސް އޭނާ އަށް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. ޓޮމް ފާހަގަ ކުރެއްވި ގޮތުގައި ނެތް ކޮމެޓީއަކުން ދޭނެ ވަކި ޖަވާބެއް ވެސް ނޯންނާނެ އެވެ.

އެފްއޭއެމްގެ ރައީސްކަން މީގެ ކުރިން ވެސް ކުރައްވާފައިވާ ޓޮމްގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ނިންމި މައްސަލަ، އޭނާ ވަނީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަދި ސަރަހައްދީ ފުޓުބޯޅަ އިދާރާ (އޭއެފްސީ) އަށް ހުށަހަޅުއްވައިފަ އެވެ.

ޓޮމްގެ ފަރާތުން އެޕީލް ކޮމެޓީ އަށް އިސްތިއުނާފު ހުށަހަޅުއްވާފައިވާއިރު، އެފްއޭއެމްގައި އެޕީލް ކޮމެޓީއެއް ނެތް މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަޙުމަދު ތާރިޤު (ޓޮމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު