Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޗާގޯސްގެ މައްސަލަ

ކަންކަން ހާމަކުރަން ގޮވާލައި، ވެރިކަމަށް އައިސް ފެންނަނީ އެ މަންޒަރެއް ނޫން

އިޓްލޮސްއިން ނިންމި ނިންމުން، އިސްތިއުނާފަށް ހުށަހަޅާނެކަމަށް ސަރުކާރުން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2024 | ހޯމަ 10:43
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު

މި ސަރުކާރު ވެރިކަމަށް އައީ، ކުރާ ކަންތައްތައް ހާމަކުރާނެކަމުގެ ވައުދާއެކުގައެވެ. ރައްޔިތުންނަށް އެއްވެސް ކަމެއް ނުފޮރުވާނެކަމުގެ ޔަގީންކަން ދެމުންނެވެ. އަމުދުން، ސިއްރުކުރަންޖެހޭ ކަމެއް ނުވެސް އޮންނާނެކަމަށް ބުނަމުންނެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން، އެ ޖަޒީރާއާ ރާއްޖެއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުން، ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު ކަމަށް މި ސަރުކާރުގައި ހިމެނޭ ފަރާތްތަކުން އައީ ބުނަމުންނެވެ.

އެކަން ގަބޫލުކޮށްގެން ރައްޔިތުން ވޯޓު ދީގެން ގެނައި މި ސަރުކާރުން ކަންތައް ކުރާ ގޮތް ނިކަން ދެކެބަލާށެވެ!

އިޓްލޮސްއިން ނިންމި ނިންމުން އިސްތިއުނާފަށް ހުށަހެޅުމުގެ ކުރިން ސަރުކާރުން ދިރާސާތަކެއް ހަދައި، ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެ ބާވަތުގެ މައްސަލަތައް އިސްތިއުނާފް ކުރެވޭނެ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނެތް ބިލާހެއް ކަަމަށް ނިމިދިޔަ ސަރުކާރުން އޭރު ދިޔައީ ބުނަމުންނެވެ.

ކޮންމެއަކަސް އެކަން ކުރަމުން އަންނަނީ ރާއްޖެއިން ބޭރުގެ ޕްރޮފެސަރެއްގެ އެހީތެރިކަމާއެކު ކަމަށް މިހާރުގެ ސަރުކާރުން ބުނެއެވެ. ސަރުކާރުން ހާމަކޮށްފައިވާގޮތުގައި މިހާރު އެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

އެހެންނަމަވެސް، އެ ޕްރޮފެސަރުގެ ނަން ހާމަކުރުމަށް ސަރުކާރުން ވަނީ ދެކޮޅުހަދާފައެވެ. ސަރުކާރުން ބުނަނީ އެއީ ކަމުގެ "ހައްސާސް"ކަން ބޮޑުވުމުގެ ސަބަބުން ކަމަށެވެ.

އެމީހުންނަށް ކުރާ ޚަރަދާއި، އެ މަސައްކަތް ކުރުމަށް ދާ ޚަރަދު، ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އަމުދުން، ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައިވެސް އެކަމާމެދު މަޝްވަރާކޮށްފައި ނުވާކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މިއީ ދިވެހި އަސްކަރިއްޔާއާ ބޭރުގެ އަސްކަރިއްޔާއާމެދު ވެފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ހަރުއަޑުން ގޮވާލަމުން، ވެރިކަމަށް އައި މީހުންގެ ހާލަތެވެ. ގިނަ ބަޔަކު ދެކެނީ މިއީ ސީދާ ރައްޔިތުންނަށް އޮޅުވާލައި މަކަރުވެރިވުން ނޫންކަމަކަށް ނުވާނެ ކަމަށެވެ.

އެ މަސައްކަތުގައި ހަރަކާތްތެރިވާ ބޭރުގެ މާހިރުގެ ނަން ބުނަން ސަރުކާރުން ފަސްޖެހުނުއިރު، މިއީ ގައުމީ ސަލާމަތާއި ގުޅުންހުރި ބޮޑެތި ކަންކަން ހާމަކުރުމަށް ގޮވާލައި އޭރުގެ ސަރުކާރަށް ޕްރެޝަރުކުރަމުން ދިޔަ ބައެކެވެ.

ޗާގޮސް މައްސަލަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެއް އަހަރުވީ އިރު ވެސް، ކަނޑުގެ މައްސަލައިގެ ރިޕޯޓު ވަޒީރުންގެ މަޖިލީހަށް ހުށަނާޅާ

އެއް އަހަރުވީ އިރު ވެސް، ކަނޑުގެ މައްސަލައިގެ ރިޕޯޓު ވަޒީރުންގެ މަޖިލީހަށް ހުށަނާޅާ

03 މެއި 2025
ޗާގޯސްގެ މައްސަލައާއި މެދު ސަރުކާރުގެ ސްޓްރެޓަޖީ ބަދަލުކުރަނީ

ޗާގޯސްގެ މައްސަލައާއި މެދު ސަރުކާރުގެ ސްޓްރެޓަޖީ ބަދަލުކުރަނީ

31 އޮކްޓޯބަރު 2024
ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

11 އޮކްޓޯބަރު 2024
ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން

ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން

08 އޮކްޓޯބަރު 2024
ފޯޅަވެއްސަކީ ރާއްޖޭގެ ތަނެއް ކަމަށް ބުނަމުން ދަނިކޮށް އެތަން މޮރިޝަސްއަށް ދީގެން ނުވާނެ: ރައީސް ނަޝީދު

ފޯޅަވެއްސަކީ ރާއްޖޭގެ ތަނެއް ކަމަށް ބުނަމުން ދަނިކޮށް އެތަން މޮރިޝަސްއަށް ދީގެން ނުވާނެ: ރައީސް ނަޝީދު

03 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު