Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ސުޕަ ކަޕް

13 ވަނަ ފަހަރަށް ރެއާލުން ސުޕަ ކަޕް ކާމިޔާބުކޮށްފި

ސައޫދީގެ އަލް އައްވާލް ސްޓޭޑިއަމްގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ 4-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖެނުއަރީ 2024 | ހޯމަ 05:56
ރެއާލުން ސްޕެނިޝް ސުޕަަ ކަޕްގެ ތަށި އުފުލާލަނީ

ރެއާލުން ސްޕެނިޝް ސުޕަަ ކަޕްގެ ތަށި އުފުލާލަނީ

ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ވާދަވެރި ބާސެލޯނާގެ މައްޗަށް ކުރި ހޯދައި، ރެއާލް މެޑްރިޑުން 13 ވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ސައޫދީގެ އަލް އައްވާލް ސްޓޭޑިއަމްގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގައި ރެއާލްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ.

މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އިންގްލެންޑުގެ ޒުވާން ކުޅުންތެރިޔާ ޖޫޑް ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލަށް ލީޑު ނަގައިދިނީ، ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ އެވެ. އޭގެ ތިން މިނެޓު ފަހުން ރެއާލްގެ ދެ ވަނަ ލަނޑު ޖަހައި ވިނީޝިއުސް ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. އެ ލަނޑު އޭނާ ޖެހީ ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ބާސެލޯނާ އިން ލަނޑު ޖަހައި ފަރަގު ކުޑަކުރީ 33 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޕޮލެންޑުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ އެވެ. ނަމަވެސް، އޭގެ ހަ މިނެޓު ފަހުން ރެއާލުން ވަނީ ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ. ރެއާލަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ވިނީޝިއުސް ވަނީ އޭނާގެ ހެޓްރިކް ހަމަކޮށްފަ އެވެ. މެޗުގައި ރެއާލްގެ ފަހު ލަނޑު، 64 ވަނަ މިނެޓުގައި ޖެހީ ރޮޑްރީގޯ އެވެ.

މިދިޔަ އަހަރުގެ ސުޕަ ކަޕްގެ ފައިނަލްގައި ވެސް ބައްދަލުކޮށްފައި ވަނީ މި ދެ ޓީމެވެ. އެފަހަރު މުބާރާތް ކާމިޔާބު ކުރީ ބާސެލޯނާ އިންނެވެ. ބާސެލޯނާ އަކީ ސުޕަ ކަަޕް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ ޓީމެވެ. އެ ޓީމުން ވަނީ 14 ފަހަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ސްޕެނިޝް ލީގުބާސެލޯނާރެއާލް މެޑްރިޑް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު