Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

އިލެކްޓޯރިއަލް ކޮމެޓީގެ ވައިސް ޗެއާ އަހްމީމް އިސްތިއުފާ ދެއްވައިފި

އަހްމީމް އިސްތިއުފާ ދެއްވާފައި ވަނީ، ކޮމެޓީގެ ޞައްޙަ ކަމާމެދު ސުވާލު އުފެދިފައި ވަނިކޮށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2024 | ހޯމަ 01:30
އެފްއޭއެމްގެ އިދާރާ

އެފްއޭއެމްގެ އިދާރާ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިލެކްޓޯރިއަލް ކޮމެޓީގެ ވައިސް ޗެއާ އަހްމީމް ޢަބްދުއް ރައްޒާޤު އިސްތިއުފާ ދެއްވައިފި އެވެ.

އަހްމީމް ސޮއި ކުރައްވައި، އާދީއްތަ ދުވަހު ވަނީ އޭނާގެ އިސްތިއުފާގެ ސިޓީ އެފްއޭއެމްގެ ވަގުތީ ޖެނަރަލް ސެކްރެޓަރީ މުޙައްމަދު ޖައުޝަން ޝަރީފް (ޖައު) އަށް ފޮނުއްވައިފަ އެވެ. އެ ސިޓީ ވަނީ މި ނޫހަށް ވެސް ލިބިފަ އެވެ.

ކޮމެޓީގައި ހިމެނެނީ ޖުމުލަ ތިން މެމްބަރުންނެވެ. އޭގެ ތެރެއިން އެއް މެމްބަރަކު އިސްތިއުފާ ދިނުމުން، މި ކޮމެޓީގެ ކޯރަމް ހަމައެއް ނުވާނެ އެވެ. އެހެންކަމުން، ދެން ކޮމެޓީގެ ބައްދަލުވުމެއް ނުބޭއްވޭނެ އެވެ. އަހްމީމް އިސްތިއުފާ ދެއްވާފައި ވަނީ، ކޮމެޓީގެ ޞައްޙަ ކަމާމެދު ސުވާލު އުފެދިފައި ވަނިކޮށެވެ. ސަބަބަކީ އެފްއޭއެމްގެ އިލެކްޓޯރަލް ކޯޑު ބުނާ ގޮތުގައި، އެއް މެމްބަރަކަށް ދެ ދައުރު އަދާ ނުކުރެވޭނެތީ އެވެ. ނަމަވެސް، އެފްއޭއެމުން ވަނީ އިލެކްޓޯރަލް ކޯޑާ ޚިލާފަށް، އެއް މެމްބަރުންތަކެއް ދެ ދައުރަށް، އަދި ތިން ވަނަ ދައުރަށް އިންތިޚާބު ކޮށްފަ އެވެ،

އިސްތިއުފާގެ ސިޓީގައި އަހްމީމް ބުނެފައި ވަނީ، އެފްއޭއެމްގެ އިލެކްޓޯރިއަލް ކޮމެޓީގައި އޭނާ ފުރުއްވަމުން ގެންދެވި މަގާމުން އިސްތިއުފާ ދެއްވަން ނިންމާފައިވާ ކަމަށެވެ. އަދި އިސްތިއުފާ ދިނުމަށް ނިންމީ، އެކަމާމެދު ވަރަށް ރަނގަޅަށް ވިސްނުމަށްފަހު ކަމަށް ވެސް އޭނާ ބުންޏެވެ. އިތުރަށް އަހްމީމް ބުނީ، ބައެއް އަމިއްލަ ކަންތައްތަކުގެ ސަބަބުންނާއި، ވަގުތު ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު ފުރިހަމަ ކުރުމަށް ދަތިތަކެއް ހުރި ކަމަށެވެ.

މީގެ އިތުރުން އަހްމީމް ވަނީ ކޮމެޓީގެ މެމްބަރުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި، އެހީތެރިކަމަށް ޝުކުރު އަދާ ކުރާ ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ދައުރުގައި އަދުލުވެރިކަމާއި، އިންސާފުވެރިކަމާއެކު މަސައްކަތް ކުރެވުނު ކަމަށް ޤަބޫލު ކުރާ ކަމަށް ވެސް ބުންޏެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި އިލެކްޓޯރިއަލް ކޮމެޓީ އެގޮތުގައި ދެމި އޮންނާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ސިޓީ ނިންމާލަމުން އަހްމީމް ވަނީ، އެފްއޭއެމަށް ކާމިޔާބަށް އެދޭ ކަމަށް ވެސް ބުނެފަ އެވެ.

މި މަހުގެ 31 ވަނަ ދުވަހު ބާއްވަން މަސައްކަތް ކުރަމުން އަންނަ އެފްއޭއެމްގެ އިންތިޚާބާ ގުޅޭ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެކަންކަމާއެކު، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް (ޠަލާ) ވަނީ އެފްއޭއެމްގެ އިންތިޚާބުގެ ކަންކަން މަޑުޖައްސާލުމަށް ވެސް އަންގަވައިފަ އެވެ. ނަމަވެސް، އެފްއޭއެމުން ދަނީ މަސައްކަތް ހުއްޓާލުމެއް ނެތި، އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަމުންނެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު