Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމްގެ އިންތިޚާބު

ޓޮމްގެ ޝަރުތު ފުރިހަމަ ނުވާކަމަށް ނިންމި ކޮމެޓީ ޤަވާއިދާ ޚިލާފު!

15 ޖެނުއަރީ 2024 | ހޯމަ 01:28

އެ ކޯޑުގައި ބުނެފައިވާ ގޮތުން، އެ ކޮމެޓީގައި ހިމެނޭ މެމްބަރަކަށް، ކޮމެޓީގައި ދެ ދައުރު އަދާ ކުރުމަކީ ވެސް މަނާ ކަމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖެނުއަރީ 2024 | ހޯމަ 01:28
އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިޤް (ޓޮމް)

އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިޤް (ޓޮމް)

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙުމަދު ޠާރިޤް (ޓޮމް)ގެ ޝަރުތު ހަމަނުވާ ކަމަށް ނިންމި، އެފްއޭއެމްގެ އިލެކްޓޯރިއަލް ކޮމެޓީ އަކީ ބާތިލް ކޮމެޓީއެއްކަން ހާމަވެއްޖެ އެވެ.

އެފްއޭއެމްގެ އިލެކްޓޯރިއަލް ކޮމެޓީން މިދިޔަ ބުދަ ދުވަހު ނިންމީ، އެފްއޭއެމްގެ ރައީސްކަން މީގެ ކުރިން ވެސް ކުރައްވާފައިވާ ޓޮމްގެ ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ. އެއީ އޭނާ އަތުގައި އޮތް ކުލަބު ވެލެންސިއާގެ ތާއީދު ސިޓީ ބާތިލް ކަމަށް ނިންމުމުންނެވެ. އިލެކްޓޯރިއަލް ކޮމެޓީން އެހެން ނިންމީ، ވެލެންސިއާގެ ތާއީދު ސިޓީ ދެ ކެންޑިޑޭޓުންގެ އަތުގައި ވެސް އޮތުމުންނެވެ. ޓޮމްގެ އިތުރުން އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވި ކުލަބު އީގަލްސްގެ ވައިސް ޗެއާމަން, މުފާވިޒް ޙާޝިމް (މުފާ) އަތުގައި ވެސް ވެލެންސިއާގެ ތާއީދު ސިޓީ އޮތެވެ. އިލެކްޓޯރިއަލް ކޮމެޓީން ނިންމީ، ވެލެންސިއާ އިން ދީފައިވާ ދެ ސިޓީ އަކީ ވެސް ޞައްޙަ ދެ ސިޓީ ކަމަށެވެ. އެހެން ނަމަވެސް، އެއް ކުލަބަކަށް ދެ ކެންޑިޑޭޓުންނަށް ތާއީދު ސިޓީ ނުދެވޭތީ، ކޮމެޓީން ނިންމީ ވެލެންސިއާގެ ދެ ސިޓީ ވެސް ބަލައިނުގަތުމަށެވެ.

އެފްއޭއެމްގެ އިލެކްޓޯރަލް ކޯޑުގައި ބުނެފައިވާ ގޮތުން، އިލެކްޓޯރިއަލް ކޮމެޓީ އެކުލަވާލަން ޖެހެނީ އެފްއޭއެމްގެ ކޮންގްރެސް އަކުންނެވެ. އަދި އެ ކޮމެޓީ އަކީ ހަތަރު އަހަރު ދުވަހުގެ ދައުރަކަށް އެކުލަވާލަން ޖެހޭ ކޮމެޓީއެއް ކަމަށް ވެސް ވަނީ ބަޔާން ކޮށްފަ އެވެ. ހަމަ އެހެންމެ، އެ ކޯޑުގައި ބުނެފައިވާ ގޮތުން، އެ ކޮމެޓީގައި ހިމެނޭ މެމްބަރަކަށް، ކޮމެޓީގައި ދެ ދައުރު އަދާ ކުރުމަކީ ވެސް މަނާ ކަމެކެވެ.

ޓޮމްގެ ޝަރުތު ހަމަނުވާ ކަމަށް ނިންމި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ތިން މެމްބަރުންނަކީ ވެސް، އިތުރު ދައުރަކަށް، މިދިޔަ އަހަރު އޮތް ކޮންގްރެސްގައި އިންތިޚާބު ކޮށްފައިވާ މެމްބަރުންނެވެ. އިލެކްޓޯރަލް ކޮމިޓީގެ ޗެއާ އަބްދުﷲ އަލީ މިހާރު ފުރުއްވަމުން ގެންދަވަނީ ޖެހި ޖެހިގެން ތިން ވަނަ ދައުރެވެ. މީގެ އިތުރުން އެ ކޮމެޓީގެ ވައިސް ޗެއާ އަހްމީމް އަބްދުއްރައްޒާޤް އަދި އަބްދުﷲ އަލީ ދެ ވަނަ ދައުރަކަށް އިލެކްޓޯރަލް ކޯޑާއި ޚިލާފަށް މިދިޔަ ކޮންގްރެސް އިން ވަނީ އިންތިޚާބު ކޮށްފަ އެވެ.

ކޮމެޓީގެ ނިންމުން، ޓޮމްގެ ފަރާތުން މިހާރު ވަނީ އިސްތިއުނާފަށް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް، އެފްއޭއެމްގައި އެޕީލް ކޮމެޓީއެއް ނެތް މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ. އާދީއްތަ ދުވަހު ޓޮމް ވަނީ އެ މައްސަލަ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަދި ސަރަހައްދީ ފުޓުބޯޅަ އިދާރާ (އޭއެފްސީ) އަށް ވެސް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލައިގައި ޓޮމްގެ ފަރާތުން ވަނީ ގިނަ ނުކުތާތަކެއް ވެސް ހިމަނުއްވައިފަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަޙުމަދު ތާރިޤު (ޓޮމް)

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
11 އޮކްޓޯބަރު 2025

ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ

11 އޮކްޓޯބަރު 2025
ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ
11 އޮކްޓޯބަރު 2025

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް

11 އޮކްޓޯބަރު 2025
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް