Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗާގޯސް މައްސަލަ

ޗާގޯސް މައްސަލައިގައި ހަރަކާތްތެރިވާ ބޭރުގެ ފަރާތްތަކާ ގުޅުންހުރި މައުލޫމާތު "ހައްސާސް"ކަމަށް ބުނެ، ހާމައެއް ނުކުރި

ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2024 | އާދީއްތަ 13:27
ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް

ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް

ޗާގޯސް ކަނޑު، ރާއްޖެއާ މޮރިޝަސްއާ ދެމެދު ބެހުމުން ގެއްލުނު ބައިގެ މައްސަލަ އިޓްލޮސްގައި އިސްތިއުނާފުކުރަން ނިންމުމާ ގުޅިގެން، އެ މައްސަލައިގައި ހަރަކާތްތެރިވާ ރާއްޖެއިން ބޭރުގެ ކަމާގުޅޭ މާހިރުންގެ މައުލޫމާތަކީ ހައްސާސް މައުލޫމާތެއް ކަމަށް ބުނެ، އެ މައުލޫމާތު ސަރުކާރުން ހާމައެއްނުކުރިއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ކޯޓެއްގައި ކަމެއް އިސްތިއުނާފްކުރަން ކުރަންޖެހޭ ކަންކަން ހުންނަ ކަމަށެވެ. އެކަމާ ގުޅޭ ޑޮކިއުމެންޓްތައް ދިރާސާކޮށް، ފަނޑިޔާރުންނާއި ވަކީލުންވެސް ވާންޖެހޭ ތައްޔާރީތައް ހުންނަކަަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އެ މަސައްކަތް ކުރިއަށްދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އެ މަސައްކަތުގައި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ރައީސް އޮފީހުގެ އިސް ބައެއް ބޭފުޅުން މަސައްކަތް ކުރައްވާކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، އެ މަސައްކަތުގައި ޗީފް އޮފް ސްޓާފާއި ޑިފެންސް މިނިސްޓްރީގެ ބައިވެރިވުންވެސް އޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އާދިއްތަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ، އެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންގެ ނަމާއި، އެ މަސައްކަތަށް ހޭދަވާ މިންވަރާމެދު ވެސް ސުވާލު ދަންނަވާފައެވެ. ޖަވާބުގައި ނާޒިމް ވިދާޅުވީ، އެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާކަމަށެވެ.

މީގެ އިތުރުން ޗާގޯސް ކަނޑު ރާއްޖެއާ މޮރިޝަސްއާ ދެމެދު ބެހުމުން ގެއްލުނު ބައިގެ މައްސަލަ އިޓްލޮސްގައި އިސްތިއުނާފުކުރަން ނިންމައި، އެ މައްސަލައިގައި ރާއްޖެއިން ބޭރުގެ ކަމާގުޅޭ މާހިރުން ހަރަކާތްތެރިވަމުން ދާއިރު، މޯލްޓާގެ ލޯ އޮފް ދަ ސީ ޕްރޮފެސަރު ހުށަހެޅުއްވި ކަރުދާހުގެ ފުރަތަމަ ކޮޕީ، އެޓަރނީ ޖެނެރަލްގެ އޮފީހަށް މިހާރު ވަނީ ލިބިފައިކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް މިފަދައިން ވިދާޅުވެފައި ވާއިރު، ރާއްޖޭގެ ދެކުނު އޮންނަ ޗާގޯސް އައިލެންޑްސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން އެ ޖަޒީރާއާ ރާއްޖެއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުން، ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު ކަމަށް މި ސަރުކާރުގައި ހިމެނޭ ފަރާތްތަކުން އައީ ބުނަމުންނެވެ. އަދި ގެއްލުނު ކަމަށް ބުނާ ސަރަހައްދު ހޯދަން ކުރާ މަސައްކަތުގެ ތެރެއިން، ނިމިދިޔަ ސަރުކާރުން އަމަލުކުރި ގޮތް ބަލައި، ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެ ރިޕޯޓް، އަންނަ ފެބްރުއަރީ މަހު ނިމޭނެކަަމަށް ނާޒިމް ވިދާޅުވިއެވެ.

ޗާގޮސް މައްސަލަ

އިތުރަށް ކިޔާލަން

03 މެއި 2025

އެއް އަހަރުވީ އިރު ވެސް، ކަނޑުގެ މައްސަލައިގެ ރިޕޯޓު ވަޒީރުންގެ މަޖިލީހަށް ހުށަނާޅާ

03 މެއި 2025
އެއް އަހަރުވީ އިރު ވެސް، ކަނޑުގެ މައްސަލައިގެ ރިޕޯޓު ވަޒީރުންގެ މަޖިލީހަށް ހުށަނާޅާ
31 އޮކްޓޯބަރު 2024

ޗާގޯސްގެ މައްސަލައާއި މެދު ސަރުކާރުގެ ސްޓްރެޓަޖީ ބަދަލުކުރަނީ

31 އޮކްޓޯބަރު 2024
ޗާގޯސްގެ މައްސަލައާއި މެދު ސަރުކާރުގެ ސްޓްރެޓަޖީ ބަދަލުކުރަނީ
11 އޮކްޓޯބަރު 2024

ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

11 އޮކްޓޯބަރު 2024
ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން
08 އޮކްޓޯބަރު 2024

ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން

08 އޮކްޓޯބަރު 2024
ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން
03 އޮކްޓޯބަރު 2024

ފޯޅަވެއްސަކީ ރާއްޖޭގެ ތަނެއް ކަމަށް ބުނަމުން ދަނިކޮށް އެތަން މޮރިޝަސްއަށް ދީގެން ނުވާނެ: ރައީސް ނަޝީދު

03 އޮކްޓޯބަރު 2024
ފޯޅަވެއްސަކީ ރާއްޖޭގެ ތަނެއް ކަމަށް ބުނަމުން ދަނިކޮށް އެތަން މޮރިޝަސްއަށް ދީގެން ނުވާނެ: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު