Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނަތަންޔާހޫގެ ވަރުގަދަ އިންޒާރެއް

ހަމާސް ރޫޅާލުމަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ އެއްވެސް ފަރާތަކަށް ނުހުއްޓުވޭނެކަމުގެ އިންޒާރު ނަތަންޔާހޫ ދީފި

އާދީއްތަ ދުވަހަކީ ޣައްޒާ ހަނގުރާމައަށް 100 ދުވަސް ފުރޭ ދުވަސް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2024 | އާދީއްތަ 12:39
އިސްރާއީލްގެ ހަރުކަށި ބޮޑުވަޒީރު ޓީވީ މެދުވެރިކޮށް ތަޤްރީރު ދެނީ

އިސްރާއީލްގެ ހަރުކަށި ބޮޑުވަޒީރު ޓީވީ މެދުވެރިކޮށް ތަޤްރީރު ދެނީ

ހަމާސް ރޫޅާލުމަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ އެއްވެސް ފަރާތަކަށް ނުހުއްޓުވޭނެކަމުގެ އިންޒާރު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފިއެވެ.

ނަތަންޔާހޫ މި އިންޒާރު ދިނީ، އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ޖަރީމާތައް ހިންގަމުންދާކަމަށް ދެކުނު އެފްރިކާއިން ކުރާ ތުހުމަތުތަކާ ގުޅިގެން ދެ ދުވަހުގެ އަޑުއެހުންތައް ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި ބޭއްވުމަށްފަހުއެވެ.

އިސްރާއީލުން ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކާމިޔާބުވަންދެން ކުރިއަށްގެންދާނެ ކަމަށާއި، (ދުނިޔޭގެ ކޯޓުވެސް ހިމެނޭގޮތަށް) އެއްވެސް ފަރާތަކުން އެކަން ނުހުއްޓުވޭނެ ކަމަށް، ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް 100 ދުވަސް ފުރުމާއެކު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދިން ހަރުކަށި ތަގުރީރުގައި ވަނީ ބުނެފައެވެ.

ނަތަންޔާހޫގެ ބޮޑާ، ކިބުރުވެރި، ހަރުކަށި އިންޒާރު އައިސްފައި މިވަނީ، އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ޖަރީމާތައް ހިންގަމުންދާކަމަށް ދެކުނު އެފްރިކާއިން ކުރާ ތުހުމަތުތަކާއެކު، ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި ވަގުތީ ފިޔަވަޅެއްގެ ގޮތުން، ޣައްޒާއަށް ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާދިނުން ހުއްޓާލުމަށް އަމުރުކޮށްދިނުމަށް ދެކުނު އެފްރިކާއިން ކޯޓުގައި އެދުމުންނެވެ.

އީރާނާއި އެގައުމުގެ ގުޅިފައިވާ ލަޝްކަރުތަކަށް އިޝާރާތް ކުރައްވައި ނަތަންޔާހޫ ހޮނިހިރު ދުވަހުގެ ރޭ ޓީވީ މެދުވެރިކޮށް ދިން ބަސްދީގަތުމެއްގައި ބުނީ، އެއްވެސް މީހަކަށް އެމީހުން ނުހުއްޓުވޭނެ ކަމަށާއި، މިކަމުގައި އެއްވެސް ނުބައެއް ނެތްކަމަށެވެ.  

ދުނިޔޭގެ ކޯޓުގައި މި މައްސަލަ އެތައް އަހަރެއް ވަންދެން ކުރިއަށްދާނެކަމަށް ބެލެވުނުނަމަވެސް، އިންތިގާލީ ފިޔަވަޅުތަކާމެދު ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެކަމަށް ބެލެވެއެވެ. ކޯޓުތަކުގެ ހުކުމްތަކަކީ ލާޒިމް، ނަމަވެސް ތަންފީޒުކުރަން އުނދަގޫ ނިންމުންތަކެކެވެ. ނަތަންޔާހޫ ބުނީ ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލަށް އަންގާ އެންގުންތަކަށް ބޯނުލަނބާނެ ކަމަށާއި، އޭގެ ބަދަލުގައި ހަމަލާތައް އިތުރަށް ވަރުގަދަވެދާނެ ކަމަށެވެ.

ޣައްޒާގައި ފަލަސްތީނުގެ 23،000ށްވުރެ ގިނަ މީހުން ޝަހީދުކޮށް، ވަށާލާފައިވާ އެންކްލޭވްގައި ބޮޑެތި ތަކުލީފުތަކެއް ތަހައްމަލު ކުރަމުންދާ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބައިނަލްއަގުވާމީ ޕްރެޝަރުތައް އިސްރާއީލަށް ދަނީ ބޮޑުވަމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ވޮޝިންގޓަން، ލަންޑަން، ޕެރިސް، ރޯމް، މިލާން އަދި ޑަބްލިންގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެ ހަނގުރާމަ ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.

ވައިޓް ހައުސްއަށް އެއްވެ ތިބި މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ، މި ހަނގުރާމައިގައި އެމެރިކާއިން އިސްރާއީލަށް ތާއީދުކުރާތީ ރައީސް ޖޯ ބައިޑަން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވުމާމެދު ސުވާލު އުފެދޭކަމަށެވެ.

އިސްރާއީލުން ބުނަނީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މާނައަކީ 2007 ވަނަ އަހަރުން ފެށިގެން ޣައްޒާގައި ވެރިކަން ކުރަމުން އަންނަ، އަދި އިސްރާއީލު ހަލާކުކޮށްލުމަށް މަސައްކަތްކުރާ އިސްލާމީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަމާސްއަށް ކާމިޔާބު ލިބުން ކަމަށެވެ.

މި ހަނގުރާމަ ފެށުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތާއި އެހެނިހެން ހަނގުރާމަވެރިން އިސްރާއީލުގައި ދިން ނުރައްކާތެރި ހަމަލާއެއްގައި 1200އެއްހާ މީހުން މަރާލުމުންނެވެ. އަދި އިތުރު 250އްހާ މީހުން ރަހީނުކޮށްފައި ވާއިރު، ބައެއް މީހުން ވަނީ ދޫކޮށްލާފައެވެ. އަދި ރަހީނުކުރި ބައެއް މީހުންނަށް ވީގޮތެއް ކަށަވަރުވެފައި ނުވާއިރު، ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން އަދިވެސް ތިބީ ބަންދުގައި ކަމަށް ބެލެވެއެވެ.

އާދީއްތަ ދުވަހަކީ ޣައްޒާ ހަނގުރާމައަށް 100 ދުވަސް ފުރޭ ދުވަހެވެ.

ދުނިޔެޣައްޒާފަލަސްތީނުބެންޖަމިން ނަތަންޔާހޫ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު