Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގޯތިތައް ހޯދައިދިނުން

އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ދިން ގޯތިތައް ހޯދައިދިނުމަށް ކޯޓަށް ދާން ޖެހިއްޖެނަމަ ކޯޓަށްވެސް ދާނަން: އާޒިމް

އާޒިމް ވިދާޅުވީ، މޭޔަރުކަމުގެ މަޤާމުގައި ކުރައްވަން ހުރި ކަންކަން ނުހަނު ގިނަ ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ޖެނުއަރީ 2024 | އާދީއްތަ 08:08
މާލޭ ސިޓީ މޭޔަރުކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވި އާދަމް އާޒިމް

މާލޭ ސިޓީ މޭޔަރުކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވި އާދަމް އާޒިމް

އެމްޑީޕީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދިން ގޯތިތައް ކަށަވަރުކުރުމަށް ކޯޓަށް ވަޑައިގަންނަވަން ވެސް ތައްޔާރުކަމަށް މާލޭ ސިޓީ މޭޔަރުކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވި އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ، މޭޔަރުކަމުގެ މަޤާމުގައި ކުރައްވަން ހުރި ކަންކަން ނުހަނު ގިނަ ކަމަށެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކުން ސަލާމަތްވުމަށް ރައްޔިތުން ވެސް ތިބީ ކެތްމަދުވެފައިކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މިސްކިތްތައް ސާފުތާހިރު ކުރުމާއި، މާލެ ސާފު ތާހިރު ކުރުމާއި، ޕާކިންގ މައްސަލަ ޙައްލު ކުރުން ފަދަ ކަންކަމަކީ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ކުރައްވާނެ ކަމެއް ކަމަށެވެ.

މި ކަންކަމުގެ ތެރެއިން ވެސް އެންމެ ބޮޑު ކަމަކީ ގެދޮރުވެރިކަމުގެ މައްސަލަކަން އާޒިމް ފާހަގަ ކުރެއްވިއެވެ.

އާޒިމް ވިދާޅުވީ، ފްލެޓުތައް ހައްޤުވެރިންނަށް ހޯދައިދީ، ދަފްތަރުގައި ޖެހިފައިވާ މީހުންގެ ޙައްޤުތައް ހޯދައިދިނުމަށް ވެސް މަސައްކަތް ކޮށްދެއްވާނެކަމަށެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބަކީ އެ މަސައްކަތަށް ނުހަނު މުހިއްމު އިންތިޚާބަކަށް ވެގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ޤާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމަށް އިސްކަންދޭ ޕާޓީއެއްކަމަށެވެ. ޤާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރުމަށް މަޖިލިސް އިންތިޚާބުވެސް މުހިއްމުކަން އާޒިމް ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ގޯއްޗާއި ފްލެޓު ދިނުމުގެ ކަންކަމުގައި ކޯޓަށް ދާން ޖެހިއްޖެނަމަ އެކަން ވެސް ކުރައްވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އަބަދުވެސް އެންމެ އިސްކަމެއް ދެއްވާނީ އެންމެ އަވަހަށް ބޯހިޔާވަހިކަމުގެ މައްސަލަތައް ޙައްލު ކުރެވޭނެ ގޮތެއް ހޯދައިދިނުމަށްކަމަށެވެ.

އާޒިމް ވަނީ އެމްޑީޕީ ސަރުކާރުން ގޯއްޗާއި ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ ތަންތަނުން މިސަރުކާރުން ގޯއްޗާއި ފްލެޓް ދިނުމަށް ގޮވާލައްވާފައެވެ. އަދި އެކަން އެމަގުން ކުރުމަށް ކުރެވެން ހުރިހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އާދަމް ޢާޒިމްއެމްޑީޕީގޯތި ގެދޮރު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު