Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ފަހު ވަގުތު މޮޅުވެ، ލެވަކޫސަން އިން ލީޑު ފުޅާ ކޮށްފި

މޮޅާއެކު ލެވަކޫސަން އިން ވަނީ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖެނުއަރީ 2024 | އާދީއްތަ 00:45
ޖަރުމަނު ލީގުގައި ބަޔާ ލެވަކޫސަން އިން ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނު ލީގުގައި ބަޔާ ލެވަކޫސަން އިން ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނު ލީގުގައިި އޮގްސްބާގާ ދެކޮޅަށް ކުޅުނު މެޗުން، ފަހު ވަގުތު މޮޅުވެ ބަޔާ ލެވަކޫސަން އިން އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އޮގްސްބާގުގެ ދަނޑުގައި ކުޅުނު މެޗު، ލެވަކޫސަން އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް ލެވަކޫސަން އިން ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑު ނަގައިދޭން އެންމެ ތަނަވަސް ފުރުސަތެއް ލިބުނީ، ފޯވާޑް ޕެޓްރިކް ޝިކް އެވެ. އަނެއްކޮޅުން އޮގްސްބާގަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބި، ބޭކާރުވެފަ އެވެ.

މެޗުން ލެވަކޫސަން މޮޅުވީ، ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ. އެލެކްސް ގްރިމާލްޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި، ލެވަކޫސަން އަށް މުހިންމު ތިން ޕޮއިންޓު ހޯދައިދިނީ އެކްސެކިއުލް ޕަލަސިއޯސް އެވެ.

މޮޅާއެކު ލެވަކޫސަން އިން ވަނީ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މި ސީޒަންގެ ޖަރުމަނު ލީގުގައި މޮޅަށް ކުޅެމުން އަންނަ ލެވަކޫސަން އިން އެއް ވަނައިގައި އޮތީ، މިހާތަނަށް ކުޅުނު 17 މެޗުން 45 ޕޮއިންޓު ހޯދައިގެންނެވެ. ލެވަކޫސަން އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އެވެ. ދެ ވަނައިގައި އެ ޓީމު އޮތީ 16 މެޗުން 41 ޕޮއިންޓު ހޯދައިގެންނެވެ.

ޖަރުމަން ލީގުބުންޑެސްލީގާބަޔާ ލެވަކޫސަން

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
04 މެއި 2025

ލައިޕްޒިގާ އެއްވަރުވެ، ބަޔާނަށް އިތުރު އިންތިޒާރެއް

04 މެއި 2025
ލައިޕްޒިގާ އެއްވަރުވެ، ބަޔާނަށް އިތުރު އިންތިޒާރެއް
01 މާރިޗު 2025

ފަހަތުން އަރައި މޮޅުވެ، ބަޔާން ލީޑުގައި

01 މާރިޗު 2025
ފަހަތުން އަރައި މޮޅުވެ، ބަޔާން ލީޑުގައި
16 ފެބުރުއަރީ 2025

ލެވަކޫސަން ކައިރިން ބަޔާން އެއްވަރު

16 ފެބުރުއަރީ 2025
ލެވަކޫސަން ކައިރިން ބަޔާން އެއްވަރު
03 ފެބުރުއަރީ 2025

ހޮފެންހައިމް ބަލިކޮށް، ލެވަކޫސަން ދެ ވަނައިގައި

03 ފެބުރުއަރީ 2025
ހޮފެންހައިމް ބަލިކޮށް، ލެވަކޫސަން ދެ ވަނައިގައި
02 ފެބުރުއަރީ 2025

ހޯލްސްޓަން ކިއެލް އަތުން ބަޔާނަށް އުނދަގޫ މޮޅެއް

02 ފެބުރުއަރީ 2025
ހޯލްސްޓަން ކިއެލް އަތުން ބަޔާނަށް އުނދަގޫ މޮޅެއް
15 ޑިސެމްބަރު 2024

މައިންޒު އަތުން ބަލިވެ، ލީގުގައި ބަޔާނަށް ފުރަތަމަ ބަލި

15 ޑިސެމްބަރު 2024
މައިންޒު އަތުން ބަލިވެ، ލީގުގައި ބަޔާނަށް ފުރަތަމަ ބަލި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު