Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިރާސީ އަހަރު ބަދަލުކުރި މައްސަލަ

ދިރާސީ އައު އަހަރު ބަދަލުކުރުމުން އޯލެވެލް އިމްތިހާން ކުރިމަތިވަނީ ޗުއްޓީ ދުވަސްވަރާ، މިއީ ބެލެނިވެރިންގެ ކަންބޮޑުވުމެއް: އިހްސާން

ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް ސްކޫލްތަކުން ސީދާ ޖަވާބެއް ދީފައެއްނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖެނުއަރީ 2024 | ހޮނިހިރު 14:56
އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު، މުހައްމަދު އިހްސާން

އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު، މުހައްމަދު އިހްސާން

ދިރާސީ އައު އަހަރު ބަދަލުކުރުމުން މިހާރު ގްރޭޑް 10ގައި ތިބި ދަރިވަރުންނަށް އޯލެވެލް އިމްތިހާން ކުރިމަތިވަނީ ސްކޫލް ޗުއްޓީ ދުވަސްވަރާ ކަމަށާއި، މިއީ ބެލެނިވެރިންގެ ކަންބޮޑުވުމެއް ކަމަށް، އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އޭނާ ވިދާޅުވީ، ދިރާސީ އައު އަހަރަށް ގެނެވުނު ބަދަލާއެކު، މިހާރު ގްރޭޑް 10ގައި ކިޔަވާ ކުދިންނަށް ނުރައްކާތެރި ހާލަތެއް ކުރިމަތިވާ ކަމަށެވެ. އެގޮތުން ގްރޭޑް 10ގައި ތިބި ދަރިވަރުންނަށް އޯލެވެލް އިމްތިހާން ކުރިމަތިވަނީ ސްކޫލް ޗުއްޓީ ދުވަސްވަރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިހްސާން ވިދާޅުވީ ސްކޫލްތައް ޗުއްޓީއަށްދާތީ، އެކަމާ ގުޅޭގޮތުން ބެލެނިވެރިން ސުވާލު ކުރަމުންދާ ކަމަށާއި، ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް ސްކޫލުތަކުން ސީދާ ޖަވާބެއް ދީފައި ނުވާކަމަށެވެ. ނަމަވެސް ދަރިވަރުންނަށް ސްކޫލްތަކުން ދޭ އެކަޑަމިކް ސަޕޯޓު ދޭނެކަމަށް ސްކޫލްތަކުން އެންގިނަމަވެސް، އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތް ހާމަނުކުރާކަމަށް އިހްސާން ވިދާޅުވިއެވެ.

އިހްސާން ވިދާޅުވީ ޗުއްޓީ ދުވަސްވަރު ގަދަކަމުން މުވައްޒަފުން ނެރެގެން މަސައްކަތް ނުކުރުވޭނެ ކަމަށް ގާނޫނުގައި ބުނެފައިވާކަމަށެވެ. އެހެންކަމުން ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތާއި، މުދައްރިސުން ނެރެގެން މަސައްކަތްކުރާނެ ގޮތުގެ ޕްލޭން، ބެލެނިވެރިންނަށް އެނގެން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިހްސާން ވިދާޅުވީ، ގްރޭޑް 9ގައި ތިބި ދަރިވަރުންނަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭކަމަށެވެ. މިއަހަރުގެ ދިރާސީ އަހަރު ޖޫންގައި ނިމޭ ގޮތަށް އޮތް އޮތުން، އޭޕްރީލްގައި ނިމޭ ގޮތަށް ބަދަލުކުރުމުން ގާތްގަނޑަކަށް ހަ ހަފުތާ އެ ދަރިވަރުންނަށް ގެއްލޭކަމަށް އިހްސާން ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ދަރިވަރުން އުނގެނުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަށާއިރުމިނިސްޓްރީ އޮފް އެޑިއުކޭޝަން

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2025

މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު

03 އޮކްޓޯބަރު 2025
މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު
02 އޮކްޓޯބަރު 2025

25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ
02 އޮކްޓޯބަރު 2025

އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ
02 އޮކްޓޯބަރު 2025

''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި

02 އޮކްޓޯބަރު 2025
''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި
02 އޮކްޓޯބަރު 2025

''ލޫޓުވައިފި، ލޫޓުވައިފި'' އެއްވުމުގެ މަގުސަދު މިހާރު ވެސް ދަނީ ހާސިލްވަމުން: ކުރީގެ ރައީސް ސާލިހު

02 އޮކްޓޯބަރު 2025
''ލޫޓުވައިފި، ލޫޓުވައިފި'' އެއްވުމުގެ މަގުސަދު މިހާރު ވެސް ދަނީ ހާސިލްވަމުން: ކުރީގެ ރައީސް ސާލިހު
29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު