Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާރާމާރީގެ މައްސަލަ

ޖަމާއަތް ހަދައިގެން މާރާމާރީ ހިންގި މީހަކު ބަންދުން ދޫކޮށްލައިފި

ބަންދުން ދޫކޮށްލިޔަސް އެއްވެސް އަމުރެއް އިސްތިއުނާފު ނުކުރާނެ ކަމަށް ތަހުޤީޤީ އޮފިސަރު ފަރާތުން ބުނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2024 | ހުކުރު 07:19
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

ޖަމާއަތް ހަދައިގެން މާރާމާރީ ހިންގި މީހަކު ބަންދުން ދޫކޮށްލައިފިއެވެ.

29 ނޮވެމްބަރު 2023 ގައި ހިންގި މާރާމާރިއެއްގައި ހިމެނޭ މީހަކު ދޫކޮށްލުމުގެ އަމުރަކަށް އެދުނީ ފުލުހުންނެވެ. ބަންދުން ދޫކޮށްލާފައިވަނީ ކ. މާލެ، މ. ރަނިކަ، އަހުމަދު ޒިވާން ރަޝީދެވެ. އޭނާ ބަންދުން ދޫކޮށްލާފައިވަނީ ޝަރުތު ކުރުމަށްފަހުގައެވެ.

އޭނާ ބަންދުން ދޫކޮށްލަން އަމުރުކުރި ސަބަބުގެ ގޮތުގައި ބުނެފައިވަނީ މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ބަލާއިރު، ޖިނާއީ ބޮޑު މައްސަލައެއްކަމުގައި ނުވާތީއާއި، ހާދިސާ ހިނގިފަހުން ގިނަ ދުވަސްތަކެއް ވެފައިވާ އިރު، މި ހާދިސާއާ ގުޅޭ އިތުރު ކަމެއް އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ ކަމެއް މިހާތަނަށް ކޮށްފައިވާ ކަމަށް ފާހަގަ ކުރެވިފައި ނުވާތީ، އަދި އޭނާ ބަންދުން ދޫކުރި ނަމަވެސް އޭނާގެ ފުށުން މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ސަބަބެއް އޮތްކަމަށް ނުފެންނާތި ޝަތުރުކޮށް ބަންދުން ދޫކޮށްލުމަށެވެ.

މީގެ އިތުރުން 2023 ނޮވެމްބަރު 29 ގައި ހިނގި ހާދިސާއަކާ ގުޅިގެން އޭނާ ހައްޔަރުކޮށް، ހެތްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބުނެ ބަންދު ކުރަން އެދުނު ނަމަވެސް، ހާދިސާގެ ފަހުން މިއަދާ ހަމައަށް އޭނާގެ ފުށުން ހެތްކަށް ނުފޫޒު ފޯރުވުމުގެ ގޮތުން އަމަލެއް ހިންގިކަން އެނގޭނެ ކަމެއް ފުލުހުން ބަޔަންކޮށްފައި ނުވާ ކަމަށެވެ. އަދި އެފަދަ ހެތްކެއް ހުށަހަޅާފައިނުވާތީ އެ އިހްތިމާލު އޮތްކަމަކަށް ނުބެލެވޭ ކަމަށް ވެސް ބުނެފައިވެއެވެ.

އަދި އިންޓެލިޖެންސް ރިޕޯޓުގައި މާރާމާރިއެއްގެ އަމަލުގައި އޭނާ ބައިވެރިވި ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އަނިޔާ ލިބުނު 3 މީހުންގެ ބަޔާނުގައި ވެސް ބޮޑު އަނިޔާއެއް ނުވާތީ، ޑޮކްޓަރަށް ދައްކާފައި ނުވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މި މައްސަލައިގައި އެއްވެސް ބަޔަކަށް ތުހުމަތުކޮށް ތަފްސީލީ ބަޔާނެއް ދިނުމަށް ދެކޮޅު ހަދާފައިވާކަން ބަޔާންތަކަށް ބެލުުމުން އެނގޭ ކަމަށް ބުނެފައިވެއެވެ.

މި މައްސަލައިގައި މިހާތަނަށް 10 މީހުން ހައްޔަރުކޮށްފައިވާކަމަށް ތަހުގީގީ އޮފިސަރު ބުނެފައިވާއިރު، މިހާރު ބަންދުގައި ހުރި އޭނާ އެކަނިއެވެ. އަދި ބަންދުން ދޫކޮށްލިޔަސް އެއްވެސް އަމުރެއް އިސްތިއުނާފު ނުކުރާނެ ކަމަށް ތަހުގީގީ އޮފިސަރުގެ ފަރާތުން ބުނެފައިވެއެވެ.

އަދި މިއާއެކު ވިކްޓިމް ކަމަށް ބެލެވޭ އަންހެން މީހާގެ ބަޔާނުގައި ވެސް އޭނާއަށް އިތުރު އެއްވެސް ނުރައްކަލެއް ނެތްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މުޅި މައްސަލައިގެ ހާދިސާއަށް ބަލާއިރު ތޫނު ހަތިޔާރެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ނުހިމެނޭކަން ހުށަހެޅިފައިވާ ހެކިތަކުން އެނގޭކަމަށް ބުނެފައިވެއެވެ.

އަދި މުޅި މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ބަލާއިރު ޖިނާއީ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ނުކުރެވޭ ކަމަށް ވެސް ބަންދުން ދޫކޮށްލި އަމުރުގައި ބުނެފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު