Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރު ޖަވާބުދާރީ ކުރުވުން

ދެން ބަލަން ތިބެވޭކަށް ނެތް - ރައީސް ޞާލިހު

އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއުތަކުގެ ތެރެއިން 70-80 އިންސައްތަ މަޝްރޫއު ހުއްޓާލައިފި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2024 | ހުކުރު 06:45
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

މަޑުކޮށްލައިގެން ތިބީ ރައްޔިތުން އިންތިހާބުކުރި ސަރުކާރަކަށް ވާތީ، ވަގުތުކޮޅެއް ދޭންޖެހޭނެކަމަށް ގަބޫލުކުރައްވާތީ ކަމަށާއި، އެހެންނަމަވެސް ދެން ބަލަން ތިބެވޭކަށް ނެތް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

'ފެހި. ތަނަވަސް. މާލެ' ކެމްޕޭން ނިންމުމުގެ ޖަލްސާގައި ވާހަކަފުޅުއްދަކަވަމުން ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއުތަކުގެ ތެރެއިން 70-80 އިންސައްތަ މަޝްރޫއު ހުއްޓާލާފައިވާ ކަމަށާއި، ރައްޔިތުން އެތަން ބަލަން ނުތިބޭނެ ކަމަށެވެ. ރައީސް ސާލިޙު ވިދާޅުވީ އެމްޑީޕީން ވެސް ތިބެގެން ނުވާނެ ކަމަށާއި، ޖަވާބުދާރީކުރުވަން އޮތް އެންމެ ބޮޑު ޕާޓީ އަކީ އެމްޑީޕީ ކަމަށެވެ. އަދި ޒިންމާދާރުކަމާ އެކީގައި، މި ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވީ ސަރުކާރު ޒިންމާދާރު ނުކޮށްފިނަމަ ރާއްޖެ ވެއްޓޭނީ ބޮޑު އަނދަވަޅަކަށް ކަމަށެވެ. ގެއްލިގެންދާނީ ރާއްޖޭގެ މަގުތަކުގެ އަމަންއަމާންކަން ނޫން ކަމަށާއި، އިގްތިސާދީ ގޮތުން ވެސް އެތަކެއް ދަށްޗެއް ކުރިމަތިވާނެ ކަމަށެވެ. އަދި ހާރިޖީ ގުޅުންތައް ނެތިގެމުންދާ ކަމަށާއި، މި ހުރިހާކަމަކަށް ބަލާ އެންމެން އެކީގައި ރުކުރުވާލާ ނުކުންނާނެ ކަމަށެވެ.

ހާރިޖީ ގުޅުންތަކުގެ ވާހަކައަށް ރައީސް ޞާލިހުގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވަނީ، މި ސަރުކާރު ވެރިކަމަށް އައި ފަހުން، އަވަށްޓެރި އިންޑިއާއާއި އޮތް ގުޅުން ހީނަރުވެ، މި ސަރުކާރުގައި ތިބި ރައީސް މުއިއްޒުގެ އަރިސް ބޭފުޅުން އިންޑިއާގެ ވެރިންނާއި އިންޑިއާއަށް ބަދުބަސް ބުނެ، ގުޅުންތައް ގޯސްވެފައިވަނިކޮށެވެ.

ރައީސް ޞާލިހު ވާހަކަ ފުޅުގައި އިތުރަށް ވިދާޅުވީ މާލެއަށް ހައްލު ހޯދުމަށް މާލޭގައި ހަމައެކަނި ފުލެޓްތަކެއް އެޅުމުން ނުވާނެ ކަމަށެވެ. މުޅި ރާއްޖެ ތަރައްގީވާން ޖެހޭނެ ކަމަށާއި، މާލެއަށް މީހުން ޖަމާވިޔަ ނުދިނުމަށް މާލެ ނޫން ރާއްޖޭގެ ކަންކޮޅުތަކުގައި ހިދުމަތް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އެނޫން ގޮތަކަށް މާލެއަށް ދާއިމީ ހައްލެއް އަދިވެސް ނުލިބޭނެކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ކުރަމުންދިޔައީ އެ މަސައްކަތް ކަމަށާއި، ރާއްޖޭގެ އެކި ރަށްރަށުގައި ލިބެން ނެތް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށި، ގިނަ މަސައްކަތްތަކެއް ނިމުނު ކަމަށެވެ. ބޯހިޔާވަހިކަމާއި، ސިއްހީ ހިދުމަތް ރަށްރަށުން ލިބޭނެ ގޮތް ހަދާ ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ލިބޭނެގޮތް ހެދުމަށް މަސައްކަތްތަކެއް ފެށުނު ކަމަށެވެ.

ނަމަވެސް ހިތާމައަކީ މިއަދު މިހާހިސާބަށް އައި އިރުގައި މި ސަރުކާރުން, އެމްޑީޕީގެ ސަރުކާރުން ކުރަން ފެށި އެތައް މަސައްކަތެއް ހުއްޓާލާފައިވާ ކަމަށެވެ. މިއީ ހަމައެކަނި މާލެ ވަށައިގެން ހިއްކައިގެން ހައްލު ލިބޭނެ ކަމެއް ނޫން ކަމަށާއި، މުޅި މައްސަލައަށް ހައްލު ލިބޭނީ މުޅި ރާއްޖެ ތަރައްގީކޮށްގެން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު