Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިރާސީ އަހަރަށް ގެނެވުނު ބަދަލު

ސިޔާސީ ވައުދެއް ފުއްދުމުގެ ބޭނުމުގައި ސަރުކާރުން ގެއްލުން އެ ދެނީ 95،000 ދަރިވަރުންގެ މުސްތަގުބަލަށް - އެމްޑީޕީ

މަންހަޖުގައި ކަނޑައަޅާފައިވާ ލާރނިންގ އައުޓްކަމްސް އާއި ހުނަރުތައް ދަރިވަރުންނަށް ޙާސިލުކޮށްދިނުމަށް މުދައްރިސުން މަސައްކަތް ކުރަންޖެހޭނީ ޕްރެޝަރުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2024 | ހުކުރު 03:23
ކިނބިދޫ ސްކޫލްގެ ދަރިވަރުންތަކެއް މުދައްރިސާއެކު ފިލާވަޅެއްގެ ތެރެއިން

ކިނބިދޫ ސްކޫލްގެ ދަރިވަރުންތަކެއް މުދައްރިސާއެކު ފިލާވަޅެއްގެ ތެރެއިން

މި ސަރުކާރުގެ ސިޔާސީ ވައުދެއް ފުއްދުމުގެ ބޭނުމުގައި ސަރުކާރުން ގެއްލުން އެ ދެނީ 95،000 ދަރިވަރުންގެ މުސްތަގުބަލަށް ކަމަށާއި، ދަރިވަރުންގެ ތަރައްޤީއަށް އުނިކަމެއް ނާންނާނެ ފަދައިން، ކަމާ ގުޅުންހުރި އިދާރާތަކުން ދަރިވަރުންނާގުޅޭ ސިޔާސަތުތައް ބައްޓަންކުރުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

ދިރާސީ ކަލަންޑަރަށް އެޑިޔުކޭޝަން މިނިސްޓްރީން ގެނެސްފައިވާ ބަދަލާ ގުޅޭ ގޮތުން އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ދިރާސީ ކަލަންޑަރަށް އެޑިޔުކޭޝަން މިނިސްޓްރީން ގެނެސްފައިވާ ބަދަލާ ގުޅިގެން ބެލެނިވެރިންނާއި މުދައްރިސުންނާއި އާއްމުން އެ ޕާޓީއަށް ކަންބޮޑުވުންތައް ހުށަހަޅަމުންދާ ކަމަށެވެ. އަދި އެ ކަންބޮޑުވުންތަކާ ގުޅިގެން އެ ޕާޓީން ބެލިބެލުމުން ފާހަގަކުރެވުނު ކަންތައްތައް ވަނީ ހިއްސާކޮށްފައެވެ.

Advertisement - newsAdvertisement

އެމްޑީޕީން ބުނީ އައު ބަދަލުގެ ސަބަބުން މިހާރު ގްރޭޑް 8 ގައި ކިޔަވާ ދަރިވަރުން 8 ގައި ކިޔަވާނީ 33 ހަފްތާއެވެ. ކުރީގައި އޮތްގޮތުންނަމަ އެ ކުދިން ގްރޭޑް 8 ގައި 41 ހަފްތާ ކިޔަވާނެއެވެ. މި ދަރިވަރުން ގްރޭޑް 9 ގައި ކިޔަވާނީ 35 ހަފްތާއެވެ. ކުރީގައި އޮތްގޮތުންނަމަ އެ ކުދިން ގްރޭޑް 9 ގައި 41 އަށްވުރެ ގިނަ ހަފްތާ ކިޔަވާނެއެވެ. މި ދަރިވަރުން ގްރޭޑް 10 އެއްގައި ކިޔަވާނީ ގާތްގަނޑަކަށް 26 ހަފްތާއެވެ. އެއީ އިމްތިހާން އާއްމުކޮށް ފަށާ އޮކްޓޯބަރު މަހާއި ރޯދަމަހުގެ ފަހު 10 އެއްގެ 2 ހަފްތާއާއި މިޑް ޓާރމް ބަންދުގެ 2 ހަފްތާ އުނިކުރުމުންނެވެ.

އަދި މީގެ ތެރެއަށް 2 ޢީދު ބަންދާއި އެހެނިހެން ރަސްމީ ބަންދުތައް އިތުރުކުރުމުން ޖުމްލަގޮތެއްގައި މި ދަރިވަރުންގެ ކަރިކިއުލަމް ވަގުތުން 6 މަސް ދުވަސް އުނިވާނެއެވެ.

އެމްޑީޕީން ބުނީ ގްރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރުންގެ 6 މަސްދުވަހުގެ ކިޔެވުން ގެއްލުވާލުން އެއީ އެ ދަރިވަރުންނަށް އިންތިހާއަށް ގެއްލުންވާނެކަމެއް ކަމަށެވެ. އެގޮތުން ގްރޭޑް 8 އަކީ ދަރިވަރުންނަށް ސައިންސް، ބިޒްނަސް އަދި އާރޓްސް ސްޓްރީމްގެ ބައިތައް ކިޔަވައިދޭ ގްރޭޑެއް ކަމުން މިއީ ދަރިވަރުންނަށް ކުރިއަށްދާން ބޭނުންވާ ދާއިރާ ދެނެގަތުމަށާއި ސްޓްރީމް އިހުތިޔާރު ކުރުމަށް ކޮންމެހެން ބޭނުންތެރި ކިޔެވުމެއް ކަމަށެވެ. އަދި ހަމަ އެހެންމެ ކޮންމެ ސްޓްރީމެއް އިހުތިޔާރު ކުރާ ކުއްޖާއަށް ވެސް ދިރިއުޅުމުގައި އެހެން ސްޓްރީމްތަކުން ކިޔަވައިދޭ މައުލޫމާތާއި ހުނަރު (މިސާލަކަށް ސައިންސް ކިޔަވާ ކުއްޖާއަށް ބިޒިނަސް/އިކޮނޮމިކް ސްކިލްސް ފަދަ) އެނގެން ޖެހޭތީވެ، ގްރޭޑް 8 ގެ ކިޔެވުން ފުރިހަމަކުރުން ކޮންމެހެން މުހިއްމު ވާ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ބުނީ ފައުންޑޭޝަން ސްޓޭޖާއި ކީސްޓޭޖް 1 ގެ ދަރިވަރުންނަށް ލިޓްރަސީ، ނިއުމަރަސީ ހުނަރުތަކާއި ކިޔެވުމަށް ބޭނުންވާ ތަފާތު ގިނަ ހުނަރުތަކަކީ ސިލަބަސް ކުރުކޮށްގެން ހާސިލު ކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ކަންކަމަކީ މީގެ ގެއްލުން ދަރިވަރުންގެ މުޅި އުމުރަށް ކުރާނެ ކަމެއް ކަމުގައި އެމްޑީޕީން ބުނެއެވެ. އެގޮތުން މި އުމުރުފުރާއަކީ މި ހުނަރުތައް މާސްޓަރކުރަން ފަސޭހަ އުމުރުފުރާއެއް ކަމަށާއި އަދި އެކަންކަން ފަހުން ހާސިލުކުރަން އުޅުނަސް އެކަން އެގޮތަށްކުރަން ދަތިވާނެކަމަށް އެމްޑީޕީން ބުނެއެވެ.

މީގެއިތުރުން ކިޔަވާތަކެތި އުނގެނުމުގައާއި ފަހުމުވުމުގައި ދަރިވަރުންގެ މެދުގައި ތަފާތުތަކެއް ހުންނަކަމަށް އެމްޑީޕީގެ މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ބައެއް ކުދިންނަށް ވަރަށް އަވަހަށް ފިލާވަޅުތައް ފަހުމުވާ އިރު، އަނެއްބައި ކުދިންނަށް މި ކަމަށް އިތުރު ވަގުތާއި އިތުރު އެހީއާއި އިތުރު ސަމާލުކަން ބޭނުންވާކަމަށާއި މަންހަޖު ފަރުމާކޮށް ތަރުތީބު ކުރެވިފައިވަނީ މިކަންކަމަށް ރިޔާއަތްކޮށް ކަމުގައި އެ ޕާޓީން ބުނެއެވެ. އެހެންކަމުން ދިރާސީ އަހަރު ކުރުކުރުމުން، އުނގެނުމުގައި ދަތިކަން ހުންނަ ދަރިވަރުންނަށް ފޫނުބެދޭފަދަ ގެއްލުންތަކެއް ލިބިގެންދާނެކަމަށް އެމްޑީޕީގެ މި ބަޔާނުގައި ވަނީ ބުނެފައެވެ.

ދިރާސީ އަހަރަށް ގެނެވިފައިވާ ބަދަލުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި ދޭދޭ ގުޅުންތަކަށް ކުރާނެ ނޭދެވޭ އަސަރުތައް ވަރަށް ގިނަވާނެ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ. މިބަދަލުތައް ގެނެސްފައި މިވަނީ ދިރާސީ އަހަރުން 6 މަސްދުވަސް ގެއްލޭގޮތަށް ކަމަށްވާ އިރު، މި ކުރު މުއްދަތުތެރޭގައި ސިލަބަސް ކަވަރު ކުރުމަށާއި މަންހަޖުގައި ކަނޑައަޅާފައިވާ ލާރނިންގ އައުޓްކަމްސް އާއި ހުނަރުތައް ދަރިވަރުންނަށް ޙާސިލުކޮށްދިނުމަށް މުދައްރިސުން މަސައްކަތްކުރަންޖެހޭނީ އިންތިހާ ޕްރެޝަރުގައި ކަމަށް އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.

އަދި މި ކަމުގެ ސަބަބުން މުދައްރިސުންގެ ވޯކްލޯޑް އިތުރުވެގެންދާނެކަމަށާއި ގިނަ ވަގުތު ސްކޫލުގައި ހޭދަކުރަން ޖެހުމުން އަމިއްލަ އާއިލާއަށާއި އަމިއްލަ ނަފުސަށްޓަކައި ހޭދަކުރާ ވަގުތު ގުރުބާންކުރަން ޖެހުމަކީ މުދައްރިސުން މިހާރަށްވުރެ ވެސް ބޮޑަށް ވަރުބަލިވެ، ބާރންއައުޓްވެ އަދި މުދައްރިސުންގެ އާއިލީ ގުޅުންތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމެއް ކަމަށް އެމްޑީީޕީން ބުނެއެވެ.

މީގެ އިތުރުން ދަރިވަރުން ގިނަ ވަގުތު ސްކޫލުގައި ހޭދަކުރަން ޖެހުމުން އެ ކުދީން އަބަދު ސްކޫލަށް ގެންދިޔުމުގެ ތަކުލީފު ބެލެނިވެރީންނަށް އުފުލަންޖެހޭނެކަމަށާއި މިއީ ބުރަކޮށް މަސައްކަތުގައި އުޅޭ ބެލެނިވެރިންނާއި ގިނަ ދަރިން ސްކޫލަށް ގެންދާ ބެލެނިވެރިންނާއި ސިންގަލް ޕޭރެންޓްސްއަށް މެނޭޖްކުރަން އުނދަގޫވާނެ ކަންކަން ކަމުގައި އެމްޑީޕީން ބުނެއެވެ.

އަދި މި ބަދަލުގެ ސަބަބުން އެންމެ ބޮޑު އަގެއް ދައްކަންޖެހޭނީ ދަރިވަރުންކަމަށާއި ގިނަ ވަގުތު ސްކޫލުގައި ހޭދަކުރަންޖެހުމާއި ގޭގައި ވެސް އަބަދު ފިލާވަޅު ދަސްކުރުމަށް ނުވަތަ ހޯމްވޯރކް ހަދަން އުޅެންޖެހުމުން ސިކުނޑި ވަރުބަލިވުމާއި ކުދިކުދި ކަންތަކާއި ރުޅިއައުން ފަދަ ޖަޒުބާތީ މައްސަލަތައް އެ ކުދިންނަށް ދިމާވާނެކަމުގައި އެމްޑީޕީގެ މި ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން ޕްރެޝަރގައި މަސައްކަތްކުރަން ޖެހުމަކީ ބެލެނިވެރިންނާއި މުދައްރިސުންނާއި ދަރިވަރުންނާ އޮންނަ ދޭދޭ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ކަންކަން ކަމަށާއި ބޮޑެތި މީހުން ބޭނުންވާ ސްޕީޑުގައި ނުވަތަ ބޭނުންވާހައި ބުރަކޮށް އުޅުމަކީ ކުދީންނަށްކުރެވޭނެ ކަމެއް ނޫން ކަމުގެ ސަބަބުން، ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާނެކަމަށާއި ދަރިވަރުންގެ ގްރޭޑަށް ވުރެ ނުވަތަ ހޯދާ މާރކްސްއަށް ވުރެ، އެ ކުދީންގެ މެންޓަލް ހެލްތު މުހިއްމުކަމަށް ވިސްނަންޖެހޭ ކަމުގައި އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ މި ބަޔާނުގައި ބުނީ މި ހުރިހާ ކަންތައްތަކަކީ އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަންތައްތައް ކަމަށާއި އެއްވެސް ވަރަކަށް ވިސްނާނުލާ ސިޔާސީ ޕޯޑިއަމްއެއްގައި ބުނެވުނު ވައުދެއް ފުއްދުމުގެ ބޭނުމުގައި 95000 އެއްހާ ދަރިވަރުންގެ މުސްތަޤްބަލަށް މިވަރުގެ ބޮޑު ގެއްލުމެއް ލިބޭފަދަ ކަމެއް ކުރުމަކީ ކުރަން ހެޔޮވާ ވަރުކަމެއް ނޫންކަމަށެވެ.

އަދި މި ހުރިހާ ކަންބޮޑުވުންތަކަށް ރިޔާއަތްކޮށް، ދަރިވަރުންގެ ޖުމްލަ ތަރައްޤީއަށް އުނިކަމެއް ނާންނާނެ ފަދައިން، ކަމާ ގުޅުންހުރި އިދާރާތަކުން ދަރިވަރުންނާގުޅޭ ސިޔާސަތުތައް ބައްޓަންކުރުމަށް އެ ޕާޓީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)މިނިސްޓްރީ އޮފް އެޑިއުކޭޝަން ދިރާސީ އަހަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު