Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޚަރަދަށް ބޭނުންވާ ފައިސާ ހޯދުން

ސަރުކާރުގެ ބަޖެޓު ޑެފިސިޓަށް 8.5 ބިލިއަން ރުފިޔާ ދޭނެ ބަޔަކު ހޯދަނީ

މުޅި އަހަރުގެ ބަޖެޓު ޚަރަދުތައް ހަމަޖައްސަން 16.3 ބިލިއަން ރުފިޔާ ސަރުކާރަށް ބޭނުންވޭ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2024 | ބުރާސްފަތި 13:51
މި އަހަރުގެ ބަޖެޓު

މި އަހަރުގެ ބަޖެޓު

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ޑެފިސިޓަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން، 550 މިލިއަން ޑޮލަރު ނުވަތަ 8.5 ބިލިއަން ރުފިޔާ، ދަރަނީގެ ގޮތުގައި ދޭނެ އިންވެސްޓަރުން ހޯދަން މާލީ ވުޒާރާއިން އިއުލާންކޮށްފިއެވެ.

ފިނޭންސުން މިދިޔަ އަންގާރަ ދުވަހު ކުރި އިއުލާނުގައި ބުނީ، ސަރުކާރުން އާންމުކޮށްފައިވާ ދަރަނި ނެގުމުގެ ޕްލޭނާ އެއްގޮތަށް ލޯނު ނުވަތަ ޓްރެޝަރީ ސެކިއުރިޓީގެ ގޮތުގައި ފައިސާ ދޭނެ ބަޔަކު ބޭނުންވާކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުން އެފައިސާ ހޯދާ މައިގަނޑު ސަބަބަކީ، ސަރުކާރުގެ އިސްކަންދޭ ޕްރޮޖެކްޓްތަކަށް ބޭނުންވާ މުހިންމު ފަންޑިންގ ހޯދުން ކަމަށް ވާއިރު، އޭގެ ތެރޭގައި އެކި ދާއިރާތައް ހިމެނެއެވެ.

އެގޮތުން އެ އިއުލާނުގައި ބުނީ، އެ އިއުލާނުގެ އެއް ބޭނުމަކީ ދަރަނި ހޯދުމުގައި ހާމަކޮން ބޮޑު އުސޫލުތަކެއް ގެނުމުގެ އިތުރުން، ސަރުކާރުގެ ފައިނޭންސިންގގެ ބޭނުންތައް ވީހާވެސް ޚަރަދުކުޑަ ގޮތެއްގައި ފުއްދަން އެހީތެރިވެދިނުން ކަމަށެވެ.

އެގޮތުން އެ އިއުލާނުން ލިބޭ ފައިސާ އެކި ސިނާއަތްތަކަށް ޚަރަދުކުރުމަށް ނިންމާފައިވާއިރު، އޭގެތެރޭގައި ސިއްހީ ދާއިރާ، އުމްރާނީ މަސައްކަތްތައް، އަރބަން ޑެވެލޮޕްމެންޓް، މަސްވެރިކަން، ފަތުރުވެރިން އަދި ދަނޑުވެރިކަން ފަދަ ދާއިރާތައް ހިމެނެއެވެ.

8.5 ބިލިއަން ރުފިޔާ ހޯދުމަށް ސަރުކާރުން އިއުލާންކޮށްފައިވާއިރު، މި އަހަރުގެ ބަޖެޓު ޑެފިސިޓްގެ ގޮތުގައި 14.08 ބިލިއަން ރުފިޔާ ހޯދަންޖެހެއެވެ. އަދި ލޯނާއި އެތެރޭގެ ޚަރަދުތަކުގެ ގޮތުގައި 2.23 ބިލިއަން ރުފިޔާ ހޯދަން ޖެހޭއިރު، މުޅި އަހަރުގެ ބަޖެޓު ޚަރަދުތައް ހަމަޖައްސަން 16.3 ބިލިއަން ރުފިޔާ ސަރުކާރަށް ބޭނުންވެއެވެ.

އެހެންކަމުން މި ފަހަރު ސަރުކާރުން އާންމުކޮށްފައިވަނީ، ޖުމްލަ ޑެފިސިޓް ހަމަޖެއްސުމަށް ބޭނުންވާ އަދަދުގެ ގާތްގަޑަކަށް 60 އިންސައްތައެވެ.

އެ ފައިސާތައް ހޯދާނެ ގޮތްތައް ކަމުގައި ފިނޭންސުން އާންމުކުރި "އެނުއަލް ބޮރޮވިން ޕްލޭން" އިން ދައްކާގޮތުން، އެ ފައިސާގެ ތެރެއިން 3.95 ބިލިއަން ރުފިޔާ ހޯދާނީ ރާއްޖޭގެ މާލީ އިދާރަތައް މެދުވެރިކޮށްގެންނާއި، ބޮންޑާއި، ޓީބިލް މެދުވެރިކޮށެވެ. އަދި ބާކީވާ 12.36 ބިލިއަން ރުފިޔާ ހޯދަނީ ބަޖެޓު ސަޕޯޓު ލޯނާއި، ބޮންޑުގެ އިތުރުން ހިލޭ އެހީންނެވެ.

ފިނޭންސް މިނިސްޓްރީދަރަނިރާއްޖޭގެ ބަޖެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
ރާއްޖޭގައި ދަރަނީގެ އިންޓަރެސްޓް ޕޭމަންޓު ދަނީ އިތުރުވަމުން، ސަސްޓެއިން ނުކުރެވޭނެ: މެންބަރު ޝަމްހީދު

ރާއްޖޭގައި ދަރަނީގެ އިންޓަރެސްޓް ޕޭމަންޓު ދަނީ އިތުރުވަމުން، ސަސްޓެއިން ނުކުރެވޭނެ: މެންބަރު ޝަމްހީދު

28 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
އަންނަ އަހަރު ދަރަންޏަށް ދައްކަންޖެހޭ 1 ބިލިއަން ޑޮލަރު ރާއްޖެއަކު ނެތް، ޚަރަދު ކުޑަނުކޮށް ނުވާނެ: ސިޔާމް

އަންނަ އަހަރު ދަރަންޏަށް ދައްކަންޖެހޭ 1 ބިލިއަން ޑޮލަރު ރާއްޖެއަކު ނެތް، ޚަރަދު ކުޑަނުކޮށް ނުވާނެ: ސިޔާމް

18 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު