Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ސިޓީ މޭޔަރު

"ވާނެ، ކުރާނެ" ޝިއާރުގެ ދަށުން އާޒިމް ކުރިއަށްގެންދެވި ކެމްޕޭނު ރަސްމީކޮށް ނިންމުމުގެ ޙަރަކާތް މިރޭ

ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން ހަވީރު ކެމްޕޭނު ވަގުތު ނިމުމާއި ހަމައަށް ވެސް ކެމްޕޭނު ކުރިއަށްދާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖެނުއަރީ 2024 | ބުރާސްފަތި 08:09
މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމް

މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމް

މާލޭ ސިޓީ މޭޔަރުކަމަށް ވާދަ ކުރައްވާ އާދަމް އާޒިމް "ވާނެ، ކުރާނެ" ޝިއާރުގެ ދަށުން ކުރިއަށް ގެންދެވި ކެމްޕޭނު ރަސްމީކޮށް ނިންމުމުގެ ޙަރަކާތް މިރޭ ބާއްވާނެކަމަށް އެމްޑީޕީން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމްގެ ސްޕޯކްސްޕަރސަން އަލީ ޚާލިދު ވިދާޅުވީ، އާޒިމްގެ ކެމްޕޭން ޙަރަކާތް ބާރަށް ކުރިއަށްދާ ކަމަށާއި، ވަރަށް ގިނަ ގޭބިސީތަކަށް ޒިޔާރަތްކޮށް ޓީމުން ގިނަ ބަޔަކާ ބައްދަލުކޮށްފައިވާ ކަމަށެވެ. ކުރިއަށްވެސް ގިނަ ކެމްޕޭނު ޙަރަކާތްތަކެއް ރޭވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، "ވާނެ، ކުރާނެ" ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔަ ކެމްޕޭނު ރަސްމީކޮށް ނިންމުމުގެ ޙަރަކާތް ބުރާސްފަތި ދުވަހުގެރޭ އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެއަށްފަހު ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން ހަވީރު ކެމްޕޭނު ވަގުތު ނިމުމާއި ހަމައަށް ވެސް ކެމްޕޭނު ކުރިއަށްދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަލީ ޚާލިދު ވަނީ އެމްޑީޕީގެ މެނިފެސްޓޯގައި ހުރި މުހިއްމު ކަންކަމުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ. އޭގެ ތެރޭގައި ސިޓީ ކައުންސިލު ވީހާވެސް ދެފުއް ފެންނަ ގޮތެއްގައި ހިންގުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް އާޒިމް ވޯޓުލުމަށް ވަޑައިގަންނަވާނީ ހެނދުނު 08:00 ގައި އިސްކަންދަރު ހޯލަށެވެ.

މާލޭ ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު