Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމްގެ އިންތިޚާބު

ކޮމެޓީގެ ނިންމުން އިސްތިއުނާފަށް ހުށަހަޅާނަން: ޓޮމް

ޓޮމް ވިދާޅުވީ އިސްތިއުނާފަށް ހުށަހަޅަން ޖެހެނީ އެޕީލް ކޮމެޓީީ އަށް ކަމަށާއި މިވަގުތު އެފްއޭއެމްގައި އެޕީލް ކޮމެޓީއެއް ނެތް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2024 | ބުރާސްފަތި 05:53
އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ޠާރިޤް (ޓޮމް)

އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ޠާރިޤް (ޓޮމް)

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބުގައި ވާދަކުރަން ހުށަހެޅުއްވި ފޯމު ބަލައި ނުގަތުމަށް އިލެކްޓޯރިއަލް ކޮމެޓީން ނިންމި ނިންމުން، އިސްތިއުނާފަށް ހުށަހަޅުއްވާނެ ކަމަށް ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙުމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ އިލެކްޓޯރިއަލް ކޮމެޓީން ބުދަ ދުވަހު ވަނީ ޓޮމްގެ ފޯމު ބަލައި ނުގަތުމަށް ނިންމައިފަ އެވެ. ދެ ކެންޑިޑޭޓުންގެ އަތުގައި ވެސް ކުލަބު ވެލެންސިއާގެ ތާއީދު ސިޓީ އޮތްކަމަށް ކޮމެޓީން ވަނީ ބުނެފަ އެވެ. ހަމައެހެންމެ، ދެ ކެންޑިޑޭޓުންގެ އަތުގައި އޮތް ވެލެންސިއާގެ ތާއީދު ސިޓީއަކީ ވެސް، ކުލަބުގެ ހިންގާ ކޮމެޓީގެ މެންބަރުން ދީފައިވާ ސިޓީ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އެހެން ނަމަވެސް، އެއް ކުލަބަކަށް ދެ ކެންޑިޑޭޓުންނަށް ތާއީދު ނުކުރެވޭނެތީ، ކޮމެޓީން ނިންމީ ވެލެންސިއާގެ ސިޓީ ބަލައިނުގަތުމަށެވެ. އެހެންވެ ޓޮމް އަތުގައި އޮތީ ދެ ކުލަބުގެ ތާއީދު ސިޓީ ކަމަށްވާތީ، ކޮމެޓީން ވަނީ ޓޮމްގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ނިންމައިފަ އެވެ.

އެކަމާ ގުޅިގެން "ރާއްޖެ އެމްވީ"އާ ވާހަކަފުޅު ދައްކަވަމުން ޓޮމް ވިދާޅުވީ، ކޮމެޓީގެ ނިންމުން އިސްތިއުނާފަށް ހުށަހަޅުއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އޮންނަ އުސޫލުގެ ތެރެއިން އެކަން ކުރައްވާނެ ކަމަށެވެ. އަދި ކޮމެޓީގެ ނިންމުމަކީ، އިންސާފުވެރި ނިންމުމެއް ނޫން ކަމަށް ޓޮމް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ޓޮމް ވިދާޅުވީ، އިސްތިއުނާފަށް ހުށަހަޅަން ޖެހެނީ އެޕީލް ކޮމެޓީީ އަށް ކަމަށާއި، މިވަގުތު އެފްއޭއެމްގައި އެޕީލް ކޮމެޓީއެއް ނެތް ކަމަށެވެ. މިވަގުތަށް ބަލާއިރު، އެއީ އޭނާގެ ކަންބޮޑުވުން އިންތިހާ އަށް އޮތް ކަމެއް ކަމަށް ވެސް ޓޮމް ވިދާޅުވި އެވެ. އިތުރަށް ޓޮމް ވިދާޅުވީ، އިލެކްޓޯރިއަލް ކޮމެޓީގައި ހިމެނޭ އެއްވެސް މީހަކަށް، އެޕީލް ކޮމެޓީގައި ނުއިނދެވޭނެ ކަމަށެވެ.

ނިއު ރޭޑިއަންޓް އަަދި ކުލަބު ވެލެންސިއާ އަށް ވެސް ކުޅެފައިވާ ޓޮމް އަކީ، އެފްއޭއެމްގެ ރައީސްކަން ކުރިން ވެސް ކުރައްވާފައިވާ ފަރާތެކެވެ. ނަމަވެސް، އެފްއޭއެމްގެ ރައީސްކަމަށް ޓޮމް އިންތިޚާބުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އޭނާގެ ހިންގާ ކޮމެޓީގެ މެންބަރުންތަކެއް ވަނީ އިސްތިއުފާ ދީފަ އެވެ. އެއާއެކު، އެފްއޭއެމުން ވަނީ އަވަސް އިންތިޚާބެއް ބާއްވައިފަ އެވެ.

އެފްއޭއެމްގެ ރައީސްކަމަށް ޓޮމް ކުރިމަތިލާން ނިންމީ ވެސް، ފުޓުބޯޅައިގެ ޙާލަތު އިންތިހާ އަށް ދަށްވެ، އެފްއޭއެމް ބަނގުރޫޓުވާން ކައިވެރިވެފައި ވަނިކޮށެވެ. ޓޮމް ވިދާޅުވެފައިވާ ގޮތުގައި އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލާން ނިންމެވީ، ފުޓުބޯޅަ މިހާރު ވެއްޓެމުންދާ އަނދަވަޅުން ސަލާމަތް ކުރުމަށެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަޙުމަދު ތާރިޤު (ޓޮމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު