Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ރާއްޖޭގައި ތިބީ އޮޑިޓަރުންނެއް ނޫން، ތަޙުޤީޤީ ޓީމެއް

ފީފާ އިން ރާއްޖެ އަށް ދިން 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުންކޮށްފައިވާ ގޮތުގެ ތަހުގީގެއް ހިންގަމުންދާ ކަމަށް މައުލޫމާތު ލިބޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2024 | ބުރާސްފަތި 05:50
އެފްއޭއެމް ބޭރުގައި ފުލުހުން ފޯރިމަރަނީ

އެފްއޭއެމް ބޭރުގައި ފުލުހުން ފޯރިމަރަނީ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކަންކަން ބެލުމަށް ރާއްޖޭގައި ޙަރަކާތްތެރިވަމުން ދަނީ ޚާއްސަ ތަޙުޤީޤީ ޓީމެއްކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އިތުބާރު ހުރި ގޮތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ތަޙުޤީޤީ ޓީމުން ރާއްޖޭގައި ޙަރަކާތްތެރިވަމުން ދަނީ، އެފްއޭއެމްގެ ވެރިންގެ މައްޗަށް ކުރެވޭ ޚިޔާނާތުގެ ތުހުމަތުތައް ބެލުމަށެވެ. އެގޮތުން އެއީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ތަޙުޤީޤެއް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެނގިފައިވާ ގޮތުގައި މިހާރު ކުރިއަށްދާ ތަޙުޤީޤަކީ އެފްއޭއެމަށް ފީފާ އިން ދީފައިވާ ފައިސާ ބޭނުންކޮށްފައިވާ ގޮތް ބަލައި، ސާފު ކުރުމަށް ކުރިއަށް ގެންދާ ތަޙުޤީޤެކެވެ. އެގޮތުން ކޮވިޑް-19 ގެ ބަލިމަޑުގެ ތެރޭގައި ފީފާ އިން ރާއްޖެ އަށް ދިން 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުންކޮށްފައިވާ ގޮތުގެ ތަޙުޤީޤެއް ހިންގަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.

އެފްއޭއެމުގެ ޚިޔާނާތުގެ މައްސަލަ ފެންމަތިވެ، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ވަނީ އިންތިހާ އަށް އާންމުންގެ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. އަދި ޚިޔާނާތުގެ ތުހުމަތުގައި އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުން މިހާރު ވަނީ އަވަސް އިންތިޚާބަކަށް ގޮވާލައިފަ އެވެ. ނަމަވެސް އިންތިޚާބުގެ ކަންކަން ފޮރުވައިގެން ކުރިއަށް ގެންދާތީ ވެސް ގިނަ ބަޔަކު އަންނަނީ އެފްއޭއެމަށް ނުރުހުން ފާޅުކުރަމުންނެވެ.

މީގެ އިތުރުން އަސާސީ ގަވާއިދާ ޚިލާފަށް ގިނަ ކަންކަން ކޮށްފައިވާކަން ވެސް ވަނީ ފަޅާ އަރައިފަ އެވެ. އޭގެ ތެރޭގައި އެފްއޭއެމްގެ ހިންގާ ކޮމެޓީގެ ބައްދަލުވުންތަކުގެ ނިންމުންތައް ހަމައެކަނި ވަޓްސްއަފް ގްރޫޕުގައި މަޝްވަރާކޮށްގެން ނިންމާފައިވާތީ، ކަމިޝަނަރ އޮފް ސްޕޯޓްސް ވަނީ ފީފާ އާއި އޭއެފްސީގެ ލަފާ ހޯދައި، ވަކި ގޮތެއް އަންގަންދެން އިންތިޚާބު ފަސްކުރަން އަންގައިފަ އެވެ. ނަމަވެސް ކޮމިޝަނަރުގެ އެންގުމަށް ބެލުމެއް ނެތި، އެފްއޭއެމުން ވަނީ އިންތިޚާބުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ބުނެފަ އެވެ.

އެފްއޭއެމުގެ ފައިސާ ހުސްވެ، މުވައްޒަފުންނަށް މުސާރަނުދޭތާ 10 މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މައްސަލަ ބޮޑުވުމުން މިހާރު މުސާރައިގެ ބައެއް ދީފައި ވަނީ ފީފާގެ ޚާއްސަ އެންގުމެއްގެ ދަށުން ފޮނުވި ފައިސާއިންނެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު