Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ އަންހެން ވޮލީ މުބާރާތް

މޮޅު ކޯޗަކީ ޝުއައިބު، ތަށި ޚާއްޞަކުރީ ނިޒާރަށް!

10 ޖެނުއަރީ 2024 | ބުދަ 06:45

ޝުއައިބު ވެމްކޯއާ ހަވާލުވީ ގައުމީ މުބާރާތަށް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 10 ޖެނުއަރީ 2024 | ބުދަ 06:45
ތަށި ހޯދި ކޯޗު ޝުއައިބުއާއި ޓީމް ބައްޓަންކުރި ކޯޗު ނިޒާރު

ތަށި ހޯދި ކޯޗު ޝުއައިބުއާއި ޓީމް ބައްޓަންކުރި ކޯޗު ނިޒާރު

ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިދީގެން ވެމްކޯއަށް ލިބުނު ތަށި ކޯޗު ނިޒާރަށް ޚާއްޞަ ކޮށްފިއެވެ.

ތަށި ހޯދައިދިން ކޯޗު ޝުއައިބު އަހުމަދު ބުނީ އެތަށީގައި ނިޒާރުގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމްވެސް ހޯދި ޝުއައިބު ބުނީ އެތަށްޓަކީ ކޯޗިންގ ޓީމުން ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުގެ ނަތީޖާކަމަށެވެ. އޭނާ ބެންޗްގައި އިނަސް މަސައްކަތް ކުރީ ކޯޗު ނިޒާރުގެ ލަފައާއި މަޝްވަރާގެ މަތީން ކަމަށެވެ. އެހެންކަމުން ތަށި ނިޒާރުއަށް ޚާއްޞަކުރާ ކަމަށް ޝުއައިބު ބުންޏެވެ.

ޝުއައިބު ޓީމާ ހަވާލުވީ ގައުމީ މުބާރާތަށެވެ. އެސޯސިއޭޝަން ކަޕް ވެމްކޯ ހޯދއިރު ކޯޗަކީ ހާލިދު މުހައްމަދެވެ. އެތަށި ވެމްކޯއަށް ހޯދައިދިނުމަށްފަހު ކޯޗު ހާލިދުވެސް ބުނީ އެތަށީގައި ނިޒާރުގެ ހިއްސާ ބޮޑު ކަމަށެވެ. އަދި މިދިޔަ އަހަރު ވެމްކޯ އަށް ތަށި ހޯދައިދިނުމަށްފަހު ކޯޗު އައިޝަތު ނާޒިމާވެސް އެކާމިޔާބީގެ ކްރެޑިޓް އެންމެ ބޮޑަށް ދިނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅޫ އެއް ކުޅުންތެރިޔާ ނިޒާރު އިބްރާހީމް އަށެވެ. ވެމްކޯގެ ދެޓީމްވެސް ތައްޔާރުކުރަނީ ނިޒާރުއެވެ. އެކަމަކު ދެ ޑިވިޝަންގައި އެއް ކޯޗަކަށް ބެންޗްގައި ނީނދެވޭތީ ނިޒާރު ބެންޗްގައި އިނދެ އިރުޝާދު ދެނީ ވެމްކޯގެ ފިރިހެން ޓީމަށެވެ.

މުބާރާތުގައި ވާދަކުރި ޓީމްތަކުގެ ތެރެއިން އެންމެ ވަރުގަދަ ޓީމެއް އޮތީވެސް ވެމްކޯގައެވެ. ވެމްކޯގެ ފުރަތަމަ ހައެއްގައި ކުޅޭ ފަސް ކުޅުންތެރިންނަކީވެސް ގައުމީ ޓީމްގެ ކުޅުންތެރިންނެެވެ. ހަވަނަ ކުޅުންތެރިއަކީ ބިދޭސީ ކުޅުންތެރިއެކެވެ. އެއީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އެސޯސިއޭޝަން ކަޕާއި ގައުމީ މުބާރާތް ވެސް ވެމްކޯއިން ހޯދީ ފައިނަލްގައި ޕޮލިސް ކްލަބް ބަލިކޮށްފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް