Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާ ސިފައިންގެ މައްސަލަ

ސިފައިންގެ އަދަދު އަންދާޒާކޮށްލެވޭވަރު ނުވާނަމަ އެއީ ސަރުކާރުގެ ނާގާބިލުކަން - ފައްޔާޒް

100ށް ވުރެ ގިނަ އެގްރީމަންޓުގެ ތެރެއިން މިލިޓަރީ ގުޅުންހުރި ދެތިން ހަތަރު އެގްރީމެންޓެއް އޮންނާނީ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2024 | ބުދަ 09:20
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އަންދާޒާކޮށްލެވޭ ވަރު ނުވާނަމަ އެއީ މި ސަރުކާރުގެ ނާގާބިލުކަން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ ރައީސް ޔާމީން އިންޑިއާ އައުޓް ފެއްޓެވީ އެމްޑީޕީގެ ސަރުކާރު ވައްޓާލުމަށް ކަމަށެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބިކަމަށް ބުނި ކަމަށާއި، އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އަލްޖަޒީރާއަށް ދެއްވި އިންޓަރވިއުއެއްގައި، ރާއްޖޭގައި އިންޑިއާގެ އެތައްހާސް ސިފައިން ތިބިކަމަށް ވިދާޅުވި ކަމަށެވެ. އަދި އިންޑިއާ ސިފައިން ރާއްޖެގައި ތިބިކަމަށް އިިދިކޮޅުން އެއިރު ދައްކަމުން ދިޔަ ވާހަކަތާއި، އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލަތަކުގެ ސަބަބުން، ރައްޔިތުންގެ ތެރޭގައި އިންޑިއާ ސިފައިން ތިބި ވާހަކަތައް ގަބޫލުކުރެވެން ފެށުނު ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފައްޔާޒު ވިދާޅުވީ އެއިރުންސުރެ އިންޑިއާ އައުޓް ކިޔަމުން އައިސް އިންޑިއާ މީހުންގެ ތެރޭގައި އޮތީ ދިވެހިން އިންޑިއާއާ މެދު ދެކޭގޮތާ ގުޅޭ ކަންބޮޑުވުން އުފެދިފައި ކަމަށެވެ. އަދި ރައީސް މުއިއްޒު އިންޑިއާ އައުޓް ބޭނުންކުރައްވައިގެން ވެރިކަމަށް ވަޑައިގެންނެވުމަށްފަހުގައި ވެސް އެހާ ހައްސާސީ ކަމެއް ނުރައްކާ ލެވެލްއަކަށް ގެންދަވަން އަދިވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ މިހާރު އޮތް ސަރުކާރުން ބުނަމުން އައީ ހުރިހާ އެއްޗެއް ހާމަކުރާނެ ކަމަށާއި، އެހެންކަމުން އެ އެއްބަސްވުންތައް ރިވިއުކުރަން ޖެހޭނެކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ރާއްޖެއަކީ އަމިއްލަ ޒާތުގައި މިނިވަން ވަރުގަދަ ގައުމެއް ކަމަށެވެ. އެހެންކަމުން ދޭދޭ ގައުމުތަކާއި ދެކެވޭ ވާހަކަތާއި މަޝްވަރާތަކާއި ބައިލެޓްރަލް ގުޅުންތަކުގެ ތެރެއިން ކުރާ ކަންކަން ހިފަހައްޓަންޖެހޭނެ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ މިހާރު މި ފެންނަ މަންޒަރަކީ ސަރުކާރުން އިންޑިއާއާއި ދެކޮޅުވާ މައްސަލަ އިތުރު ހަރުފަތަކަށް ގެންދިޔަތަން ކަމަށެވެ. ފައްޔާޒު މިފދައިން ވިދާޅުވީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ އިސްވެރިންނާއި އިންޑިއާއަށް ފާޑުކިއާ ބަދުބަސް ބުނެފައިވާތީ އެކަމަށް އިޝާރާތްކުރައްވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި

ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި

01 މާރިޗު 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު