Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންޒް ބެކެމްބާ

ބެކެމްބާ މަރުވުން: ދުނިޔޭގެ ލީޑަރުންގެ ތައުޒިޔާ އާއި ތައުރީފް

9 ޖެނުއަރީ 2024 | އަންގާރަ 05:43

ފުޓްބޯޅައިގެ މިތުރެއް، ޗެމްޕިއަނެއް އަދި ހަގީގީ ލެޖެންޑެއް. އޭނާ މަތިން ހަނދާނެއް ނުނެތޭނެ،: ފީފާގެ ރައީސް

ރާއްޖެ އެމްވީ | 9 ޖެނުއަރީ 2024 | އަންގާރަ 05:43
ފްރާންޒް ބެކެމްބާ

ފްރާންޒް ބެކެމްބާ

އުމުރުން 78 އަހަރުގައި ރޭ މަރުވި ޖަރުމަނުގެ ފުޓްބޯޅަ ލެޖެންޑް ފްރާންޒް ބެކެމްބާ އަށް ދުނިޔޭގެ ފުޓްބޯޅައިގެ ލީޑަރުން ތައުޒިޔާ އާއި ތައުރީފް ކުރަން ފަށައިފި އެވެ.

ބެކެމްބާ އަކީ ކުޅުންތެރިއެއްގެ ގޮތުގަ އާއި ކޯޗެއްގެ ގޮތުން ވޯލްޑްކަޕް ކާމިޔާބުކުރި މީހެކެވެ. އަދި ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެ، ކޯޗުކޮށްދީ ފަހުން ކުލަބުގެ ރައީސްކަން ވެސް ކުރި އެވެ. 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑްކަޕް އޮގަނައިޒިން ކޮމިޓީގެ ޗެއާމަނަކީ ވެސް އޭނާ އެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނީ އެއީ ޖަރުމަނާއި ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑެއް ކަމަށެވެ.

ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް އެލެގްޒެންޑާ ސެފެރިން ބުނީ ޖަރުމަނުގެ ފުޓްބޯޅައިގެ ލެގަސީ ދުނިޔެ އަށް ފަތުރައިދިނީ ބެކެމްބާ ކަމަށެވެ.

އިނގިރޭސި ޕްރެމިއާ ލީގުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއީ ދުނިޔޭގެ ލެޖެންޑެއް ކަމަށާއި އޭނާ މަރުވުމަކީ ބޮޑު ހިތާމައެއް ކަމަށެވެ.

ޖަރުމަނު އަތުން 1990 ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލުގައި ބަލިވި އިނގިރޭސި ގައުމީ ޓީމުގެ ކީޕަރު ޕީޓަ ޝިލްޓަން ބުނީ އެއީ ދުނިޔެދުށް ވަރުގަދަ ޝަހުސިއްޔަތެއް ކަމަށާއި އޭނާގެ ހަނދާނައި ހިދުމަތް ދުނިޔެ ބަލައިގެންފި ކަމަށެވެ. ބެކެމްބާ ނިސްބަތްވާ ބަޔާން މިއުނިކްގެ އެންމެ ވާދަވެރި ކުލަބު ބޮރޫޝިޔާ ޑޯޓްމުންޑްއިން ބުނީ ގެއްލިގެންދިޔައީ ޖަރުމަނުގެ ފުޓްބޯޅަ އަށް އަގުހުރި ހިދުމަތްތެރިއެއް ކަމަށެވެ.

ލިވަޕޫލާއި ސްކޮޓްލޭންޑްގެ ކުރީގެ ކެޕްޓަން އަދި ބީބީސީން ހޮވި މިދިޔަ އަހަރުގެ ކުޅިވަރު ޝަހުސިއްޔަތު ކެނީ ޑަލްގްލިޝް ބުނީ ސްކޮޓްލޭންޑްގެ ގައުމީ ޓީމަށް އޭނާ 100 މެޗު ކުޅުމުގެ އެކަން ޝަރަފުވެރިކޮށްދިނީ ބެކެމްބާ ކަމަށާއި އޭނާގެ ހަނދާނާއި ހިދުމަތް އަބަދުވެސް ހަނދާން ހުންނާނެ ކަމަށެވެ.

ބެކެމްބާ ނިސްބަތްވަނީ ޖަރުމަނުގެ ބަޔާން މިއުނިކުން ބުނީ އޭނާއާ ނުލައި ބަޔާން މިއަދު މިފެންނަފަދަ ކާމިޔާބު ކުލަބަކަށް ނުވީސް ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

14 އޯގަސްޓު 2017

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޯލާއެކު ޕީއެސްޖީ މޮޅުވެއްޖެ!

14 އޯގަސްޓު 2017
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޯލާއެކު ޕީއެސްޖީ މޮޅުވެއްޖެ!
10 އޯގަސްޓު 2017

ދުނިޔޭގެ ފީފާ ރޭންކިންގެ އެއްވަނަ ބުރެޒިލްއަށް.

10 އޯގަސްޓު 2017
ދުނިޔޭގެ ފީފާ ރޭންކިންގެ އެއްވަނަ ބުރެޒިލްއަށް.
06 އޯގަސްޓު 2017

ބޯލްޓާ ވާދަކޮށް ދުނިޔޭގެ 100 މީޓަރު ދުވުމުން އެއްވަނަ ގެޓްލިން އަށް

06 އޯގަސްޓު 2017
ބޯލްޓާ ވާދަކޮށް ދުނިޔޭގެ 100 މީޓަރު ދުވުމުން އެއްވަނަ ގެޓްލިން އަށް
07 ޖޫން 2017

ދުނިޔޭގެ އެންމެ މުއްސަނދި ކުލަބަކަށް މެންޗެސްޓާ ޔުނައިޓެޑް

07 ޖޫން 2017
ދުނިޔޭގެ އެންމެ މުއްސަނދި ކުލަބަކަށް މެންޗެސްޓާ ޔުނައިޓެޑް
22 މެއި 2017

މެޑްރިޑް ކާމިޔާބުކުރީ ދުނިޔޭގެ އެންމެ މޮޅު ލީގު: ރާމޮސް

22 މެއި 2017
މެޑްރިޑް ކާމިޔާބުކުރީ ދުނިޔޭގެ އެންމެ މޮޅު ލީގު: ރާމޮސް
04 މެއި 2017

ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް

04 މެއި 2017
ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް
08 އެޕްރީލު 2017

އަހަރެންނަކީ ދުނިޔޭގެ އެންމެ މޮޅު މިޑްފިލްޑަރެއް ނޫން: ކަންޓޭ

08 އެޕްރީލު 2017
އަހަރެންނަކީ ދުނިޔޭގެ އެންމެ މޮޅު މިޑްފިލްޑަރެއް ނޫން: ކަންޓޭ
06 އެޕްރީލު 2017

ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި

06 އެޕްރީލު 2017
ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި
03 އެޕްރީލު 2017

މިއާމީ އޯޕެންއަށް ފަހު ޖޮހޭނާގެ އަމާޒް ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާއަށް ވުމަށް

03 އެޕްރީލު 2017
މިއާމީ އޯޕެންއަށް ފަހު ޖޮހޭނާގެ އަމާޒް ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާއަށް ވުމަށް
02 އެޕްރީލު 2017

އުމުރުން ދުވަސްވީ މީހުންގެ ރިޓަޔަމަންޓަކީ މަރުވުން: ވެންގާ

02 އެޕްރީލު 2017
އުމުރުން ދުވަސްވީ މީހުންގެ ރިޓަޔަމަންޓަކީ މަރުވުން: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް