Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެކެންބާއު މަރުވުން

ޖަރުމަނުގެ ފުޓްބޯޅަ ޝަހުސިއްޔަތު ބެކެންބާއު މަރުވެއްޖެ

މަރުވިއިރު އުމުރަކީ 78 އަހަރު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2024 | ހޯމަ 19:58
ބެކެންބާއު 2006 ވަނަ އަހަރު، އޭރު ޖަރމަނީގެ ވަރލްޑްކަޕް އޮގަނައިޒިންގ ކޮމިޓީގެ ރައީސް

ބެކެންބާއު 2006 ވަނަ އަހަރު، އޭރު ޖަރމަނީގެ ވަރލްޑްކަޕް އޮގަނައިޒިންގ ކޮމިޓީގެ ރައީސް

ޖަރުމަނުގެ ފުޓްބޯޅަ ޝައހުސިއްޔަތު ފްރޭންކް ބެކެންބާއު މަރުވެއްޖެ އެވެ. އޭނާ މަރުވިއިރު އުމުރަކީ 78 އަހަރެވެ.

ޖަރުމަނު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ އަކީ ފުޓްބޯޅައިގެ ދުނިޔޭގައި އިހުތިރާމާއި ލޯބި ހޯދާފައިވާ ޝަހުސިއްޔަތެކެވެ. އޭނާ އަކީ ވެސްޓް ޖަރމަނީއާއެކު 1974 ވަނަ އަހަރު ވަރލްޑްކަޕް އުފުލާލި ޑިފެންޑަރެކެވެ. އޭގެފަހުން ކޯޗެއްގެ ގޮތުގައި 1990 ވަނަ އަހަރު ވަރލްޑް ކަޕް ހޯދިއެވެ. 1966 ވަނަ އަހަރުގެ ވަރލްޑްކަޕްގައި 4 ގޯލް ޖެހިއެވެ. އޭރު އޭނާއަށް އެންމެ 20 އަހަރެވެ. އެމުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ ވެސް ބެކެންބާއު އެވެ. އެމުބާރާތުގައި ބެކެންބާއު ކުޅުނީ މިޑްފީލްޑަރަކަށެވެ. 1972 ވަނަ އަހަރު ޔޫރަޕިއަން ޗެމްޕިއަންޝިޕް ވެސް އުފުލާލި ބެކެންބާއު ވަނީ ދެ ފަހަރު ބެލޮންޑިއޯ އެވޯޑްވެސް ހޯދާފައެވެ. ބަޔާން މިއުނިކަށް 582 މެޗު ކުޅެދިނެވެ. ޖަރުމަނުގެ އެންމެ ބޮޑަތި މުބާރާތްތައް ކުޅުންތެރިއެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައި ހޯދިއެވެ. ވެސްޓް ޖަރމަނީ ޓީމަށް ބެކެންބާއު 103 މެޗު ކުޅުނެވެ. ބެކެންބާއު މަރުވުމާ ގުޅިގެން ޖަރުމަނުގެ އެއްވަނަ ކްލަބް ބަޔާން މިއުނިކުން ބުނީ ބެކެންބާއުއާ ނުލާ އެކްލަބް މިއަދު އެހިސާބުގައި ނޯންނާނެ ކަމަށެވެ.

ބެކެންބާއު މަރުވީ އާދިއްތަ ދުވަހުއެވެ. ނަމަވެސް އާއިލާއިން އެކަން އިއުލާނުކުރީ ހޯމަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

24 މެއި 2017

ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި

24 މެއި 2017
ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި
29 އެޕްރީލު 2017

ތުލުސްދޫގައި ފުޓުބޯޅަ ކުޅެން ހުރި ޒުވާނަކު މަރުވެއްޖެ

29 އެޕްރީލު 2017
ތުލުސްދޫގައި ފުޓުބޯޅަ ކުޅެން ހުރި ޒުވާނަކު މަރުވެއްޖެ
21 އެޕްރީލު 2017

އިންގްލޭންޑް ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އުގޯ އެހިއޯގޫ މަރުވެއްޖެ

21 އެޕްރީލު 2017
އިންގްލޭންޑް ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އުގޯ އެހިއޯގޫ މަރުވެއްޖެ
13 މާރިޗު 2017

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 ފެބުރުއަރީ 2017

ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ

14 ފެބުރުއަރީ 2017
ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު