Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާފަންމު ޑޯރ ޓު ޑޯރ

މޭޔަރުކަމަށް އިންތިޚާބުކޮށްފިނަމަ، ދެ އަހަރާއި ބައިގެ ފަހުން ފެނިގެންދާނީ މިއަށްވުރެ ހިތްފަސޭހަ މާލެއެއް: އާޒިމް

400އަށްވުރެ ގިނަ ގެއަށް ވަޑައިގެން، ރައްޔިތުންގެ ހާލު ގާތުން ބައްލަވާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ޖެނުއަރީ 2024 | ހޯމަ 14:38
އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އާދަމް އާޒިމް، މާފަންނުގެ ގެތަކަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބައްލަވަނީ

އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އާދަމް އާޒިމް، މާފަންނުގެ ގެތަކަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބައްލަވަނީ

މާލެ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުކޮށްފިނަމަ، ދެ އަހަރާއި ބައިގެ ފަހުން ފެނިގެންދާނީ މިހާރަށްވުރެ ހިތްފަސޭހަ، ރައްޔިތުން އުޅޭ ހިތްވާ މާލެއެއް ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށް، އެމްޑީޕީގެ ޓިކެޓްގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު މާފަންނުގެ ގެތަކަށް ޑޯރ ޓު ޑޯރ ފެއްޓެވުމުގެ ކުރިން "ރާއްޖެއެމްވީ"އަށް ދެއްވި އިންޓަރވިއުގައި އާޒިމް ވިދާޅުވީ، ކެމްޕެއިނުގެ ތެރޭގައި މިހާރު ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރައްވާފައި ވާކަމަށެވެ. އެގޮތުން 400އަށްވުރެ ގިނަ ގެއަށް ވަޑައިގެން ރައްޔިތުންގެ ހާލު ގާތުން ބައްލަވާފައި ވާކަމަށާއި، ޓީމުގެ މެމްބަރުން އެއަށްވުރެ ގިނަ ގެތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހާލަތު ގާތުން ބަލާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިހާތަނަށް ހުޅުމާލެ، ވިލިމާލެ، މައްޗަންގޮޅީގެ ގެތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލަތު ބައްލަވާފައި ވާކަމަށާއި، ކުރިޔަށް އޮތްތަނުގައި ގަލޮޅު އަދި ހެންވޭރުގެ ގެތަކަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބައްލަވާނެކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އަމާޒަކީ މުޅި މާލެ ކަވަރުކުރެއްވުން ކަމަށެވެ.

އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންގެ 80 އިންސައްތައަށްވުރެ ގިނަ މީހުން ދިރިއުޅެނީ ވަރަށް ދަތިހާލުގައި ކަމަށެވެ.

އާޒިމް ވަނީ މިސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އަލަށް ފަށާ މަޝްރޫއުކަމުގައިވާ ފުށިދިއްގަރުފަޅު މަޝްރޫއަށް ފާޑުވިދާޅުވެ، ކުރީ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެގޮތުގައި ކުރިޔަށް ގެންދިޔުން (ގައުމުގެ މިހާރުގެ މާލީގެ ހާލަތަށް ބަލާއިރު) ރަނގަޅުވާނެކަމަށް ވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު އެގޮތުގައި ތަންފީޒުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ކަންކަން ކުރެވޭނެ މީހެއް ކަމަށާއި، ކަންކަން ކުރެވޭނެކަން ސާބިތުކޮށްދީފައިވާ މީހެއް ކަމަށެވެ. އަދި ދޮގުހަދައިގެން ދައްކާ ވާހަކަތައް ރައްޔިތުންނަށް މިހާރު އެނގޭކަމަށް އާޒިމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

01 ޖެނުއަރީ 2020

އާ އަހަރާއި ދިމާކޮށް މާލެ ސިޓީގަ 63 މީހަކު ބަލައި ފާސްކޮށްފި

01 ޖެނުއަރީ 2020
އާ އަހަރާއި ދިމާކޮށް މާލެ ސިޓީގަ 63 މީހަކު ބަލައި ފާސްކޮށްފި
31 ޑިސެމްބަރު 2019

އާ އަހަރާއި ދިމާކޮށް ކުށްތަކަށް އަރައިގަންނަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވޭ: ފުލުހުން

31 ޑިސެމްބަރު 2019
އާ އަހަރާއި ދިމާކޮށް ކުށްތަކަށް އަރައިގަންނަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވޭ: ފުލުހުން
22 ޑިސެމްބަރު 2018

ދޯނީގެވަތަށް ފައިބައިގެން ހާލު ބޮޑުވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

22 ޑިސެމްބަރު 2018
ދޯނީގެވަތަށް ފައިބައިގެން ހާލު ބޮޑުވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި
20 ޑިސެމްބަރު 2018

ވަތަށް ފައިބައިގެން ހާލުބޮޑުވި އެކަކު އަދިވެސް އައިސީޔޫގައި

20 ޑިސެމްބަރު 2018
ވަތަށް ފައިބައިގެން ހާލުބޮޑުވި އެކަކު އަދިވެސް އައިސީޔޫގައި
12 ޑިސެމްބަރު 2018

ނޫސްވެރިކަމުގައި ވޭތިވެ ދިޔަ 7 އަހަރަކީ ނޫސްވެރިކަމުގެ 75 އަހަރާއި އަޅާ ނުކިޔޭނެ ދުވަސްތަކެއް: ފިޔާޒް

12 ޑިސެމްބަރު 2018
ނޫސްވެރިކަމުގައި ވޭތިވެ ދިޔަ 7 އަހަރަކީ ނޫސްވެރިކަމުގެ 75 އަހަރާއި އަޅާ ނުކިޔޭނެ ދުވަސްތަކެއް: ފިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު