Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމްގެ މައްސަލަ

އެފްއޭއެމްއިން ކޮމިޝަނަރ އޮފް ސްޕޯރޓްސް އަށް ފުރިހަމަ މައުލޫމާތެއް ނުދިން

ކޮމިޝަނަރ އޮފް ސްޕޯރޓްސް އިން ޤާނޫނީ ލަފާ ހޯއްދަވަނީ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 8 ޖެނުއަރީ 2024 | ހޯމަ 11:53
ކޮމިޝަނަރ އޮފް ސްޕޯރޓްސް މުޙައްމަދު ތޮލާލް

ކޮމިޝަނަރ އޮފް ސްޕޯރޓްސް މުޙައްމަދު ތޮލާލް

ކޮމިޝަނަރ އޮފް ސްޕޯރޓްސް އެދުނު ފުރިހަމަ މައުލޫމާތު އެފްއޭއެމް އިން ނުދިންކަމަށް ކޮމިޝަނަރ އޮފް ސްޕޯރޓްސް މުޙައްމަދު ތޮލާލު ވިދާޅުވެއްޖެއެވެ.

ކުޅިވަރާބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ޓީވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ތޮލާލް ވިދާޅުވީ އެދުނު މައުލޫމާތުގެ ކޮންމެވެސް މިންވަރެއް ލިބިއްޖެ ކަމަށާއި, ނަމަވެސް ފުރިހަމަ މައުލޫމާތު ނުލިބުނު ކަމަށެވެ. ކޮމިޝަނަރު ތޮލާލް އެފްއޭއެމްގައި ފުރަތަމަ އެދުނީ އެއެސޯސިއޭޝަނުން އިންތިޚާބަކަށް ގޮވާލަން ނިންމި އެކްސްކޯ ބައްދަލުވުމުގެ މައުލޫމާތު ހޯދުމަށެވެ. އެގޮތުން އެބައްދަލުވުމުގައި ހާޒިރީއާއި, ޔައުމިއްޔާ ހިމެނޭ ގޮތުން ބައްދަލުވުމާ ގުޅޭ މައުލޫމާތުތައް ހޯދަން އެދުނެވެ. އެމައުލޫމާތުގެ މިންވަރެއް އެފްއޭއެމްއިން ދީފައި ވަނީ އިންތިޚާބުގެ ކަންކަން މަޑުޖައްސާލަން ކޮމިޝަނަރު އޮފް ސްޕޯރޓްސް އެންގެވި ފަހުންނެވެ.

ތޮލާލް ވިދާޅުވީ އެފްއޭއެމްގެ އެތެރޭގެ މައްސަލަތައް ބަލާއިރު ފުޓްބޯޅަ އެސޯސިއޭޝަންގެ އެތެރޭގައި ހުރި މައްސަލަތަކުގެ އިތުރުން, ފުޓްބޯޅަ އެސޯސިއޭޝަނާ އެފިލިއޭޓް ވެފައިހުރި ކްލަބްތަކުގެ ތެރެއިންވެސް މިހާރު މައްސަލަތަކެއް އަންނަ ކަމަށެވެ. މައިގަނޑު މައްސަލައެއްގެ ގޮތުގައި ވެލެންސިޔާގެ ނަން ނުގެންނަވާ ތޮލާލް ފާހަގަކުރެއްވީ ވެލެންސިޔާގެ މައްސަލައެވެ. އެއީ ދެ ކެންޑިޑޭޓުންނަށް ތާއީދު ސިޓީ ދިނުމާއި, ކްލަބްގެ ޗެއަރމަން އަބުދުالله އަޒްމީން އިސްތިއުފާ ދެއްވިކަމަށް ބޯޑްގެ ބައެއް މެމްބަރުން ބުނުމާއި, އެވާހަކަ އަޒްމީން ދޮގުކުރެއްވުމެވެ. އަދި އަޒްމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަގާފައިވާކަމަށް ބުނާ ވާހަކަވެސް ތޮލާލް ފާހަގަކުރެއްވިއެވެ. ތޮލާލް ވިދާޅުވީ މިހާރު ކަންކަން ގޮސްފައިވާ ހިސާބުން ވަރަށްބޮޑަށް މިކަމުގެ ތެރެއަށް ވަދެ ބަލައިގެން ނޫނީ ކުރިއަށްދާނެ މަގެއް ފެންނަން ނެތް ނެތްކަމަށެވެ.

ކޮމިޝަނަރ އޮފް ސްޕޯރޓްސް ވިދާޅުވީ ބޭނުންވަނީ ކުޅިވަރު ނުހުއްޓި ކުރިއަށް ގެންދަން ކަމަށާއި, ކުރިމަތިވެފައިވާ މައްސަލައިން ހައްލެއް ހޯދަން މަސައްކަތްކުރައްވަނީވެސް އެމަގުން ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ކުޅިވަރު ރަނގަޅު ކުރަން ހުއްޓަން ޖެހޭ ހިސާބެއްގައި ހުއްޓާނެ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ފުޓްބޯޅަ ސަސްޕެންޑް ކުރާނެ މަގަށް އެފްއޭއެމްއިން އަމަލުކުރާ ނަމަ އެހީތެރިކަން ދިނުން ހުއްޓާލާނެކަމުގެ އިންޒާރުވެސް ދެއްވިއެވެ.

އިތުރަށް ކިޔާލަން

13 މެއި 2017

ޖުމްލަ 19 ފަރާތަކުން އޭއެފްސީ "ސީ" ލައިސަންސް ކޯސް ފުރިހަމަކޮށްފި

13 މެއި 2017
ޖުމްލަ 19 ފަރާތަކުން އޭއެފްސީ "ސީ" ލައިސަންސް ކޯސް ފުރިހަމަކޮށްފި
12 މެއި 2017

ތައްޓަކާއެކު، އެންމެ ފުރިހަމައަށް ސީޒަން ނިންމާލަން މިއޮތީ ފުރުސަތު ލިބިފައި: މޮރީނިއޯ

12 މެއި 2017
ތައްޓަކާއެކު، އެންމެ ފުރިހަމައަށް ސީޒަން ނިންމާލަން މިއޮތީ ފުރުސަތު ލިބިފައި: މޮރީނިއޯ
22 އެޕްރީލު 2017

ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ

22 އެޕްރީލު 2017
ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ
21 އެޕްރީލު 2017

ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި

21 އެޕްރީލު 2017
ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި
09 އެޕްރީލު 2017

ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް

09 އެޕްރީލު 2017
ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް
07 އެޕްރީލު 2017

ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ

07 އެޕްރީލު 2017
ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ
04 އެޕްރީލު 2017

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
20 ފެބުރުއަރީ 2017

އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް

20 ފެބުރުއަރީ 2017
އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު