Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖެެއިން އިންޑިއާއަށް މަލާމަތްކުރުން

ރާއްޖޭގެ ބުކިންތައް ކެންސަލް ވަމުންދަނީ، ގިނަ ބަޔަކު ގޮވާލަމުންދަނީ ނައިބް ވަޒީރުންގެ އިސްތިއުފާއަށް

ރާއްޖެއަކީ އަބަދުވެސް، ހުރިހާ ޤައުމަކާވެސް އެކުވެރި ގުޅުމެއް ބާއްވާ ޤައުމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2024 | ހޯމަ 08:22
ސަސްޕެންޑްކުރި ތިން ނައިބު ވަޒީރުން

ސަސްޕެންޑްކުރި ތިން ނައިބު ވަޒީރުން

ރާއްޖެއަކީ އަބަދުވެސް، ހުރިހާ ޤައުމަކާވެސް އެކުވެރި ގުޅުމެއް ބާއްވާ ޤައުމެކެވެ. އެއްވެސް ޤައުމަކާ ޖެހިގަނެ، އަރައިރުންވެ، ކޯޅި އުޅުނު ޤައުމެއް ނޫނެވެ. ވަކިން ޚާއްސަކޮށް، ޚާރިޖީ ގުޅުންތަކަށް ބުރޫނާރާނެ ގޮތަށް، ޑިޕްލޮމެސީއަށް ވިސްނައިގެން ކަންކަން ބައްޓަން ކުރުމަށް ރާއްޖެއިން އަބަދުވެސް އިސްކަންދެއެވެ.

ބައެއް ވެރިކަންތަކުގައި ޚާރިޖީ ގޮތުން ފާޑުކިޔުންތައް އަމާޒުވާ ޒާތުގެ ނިންމުންތައް ނިންމާފައިވީނަމަވެސް، ސަރުކާރުގައި އޮވެ ވަކި ޤައުމަކާ ކޯޅެން ނުކުތުމަކީ ރާއްޖެއިން މީގެ ކުރިން ކުރި ކަމެއް ނޫނެވެ.

ނަމަވެސް މިއަދު ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބައެއް ފަރާތްތަކަކުންނާއި، ވެރިކަން ކުރާ ކޯލިޝަނުގެ މެމްބަރުންތަކެއް މިވަނީ މުޅި ޤައުމުގެ ޚާރިޖީ ގުޅުންތަަކަށް ބުރޫއަރާ ގޮތަށް، ނަސްލީ ތަފާތު ކުރުމުގެ ހާއްޔެއްގެ ގޮތުގައި ރާއްޖެ ބޭރުގެ ދުނިޔެއަށް ދައްކާފައެވެ.

ސަރުކާރުގެ މަޤާމުތަކެއްގައި ތިއްބަވައި، އިންޑިޔާގެ ބޮޑުވަޒީރަށް ސިދާ އަމާޒުކޮށް، އިސްރާއީލުގެ ޕަޕެޓެއް ކަމަށާއި، ޖޯކަރެއްކަމަށް އަދި އިންޑިޔާ އަކީ ހަޑި، ހުތުރު ގައުމެއްގެ ގޮތުގައި ސިފަކުރައްވާ ނައިބް ވަޒީރުންތައް ދެއްކެވި ވާހަކަތަކުގެ ސަބަބުން ހޫނުފެނަށް ވެއްޓިފައިމިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމެވެ.

އިންޑިއާގެ އޮންލައިން ޓްރެވަލް ކުންފުންޏެއްކަމަށްވާ "އީޒް މައި ޓްރިޕް" އިން މިހާރު ވަނީ ރާއްޖެއަށް ހުރި ހުރިހާ ފްލައިޓް ބުކިންގތަކެއް ސަސްޕެންޑް ކުރުމަށް ނިންމާފައެވެ. އެކަން އިއުލާނު ކުރައްވައި އެ ކުންފުނީގެ ސީއީއޯ އަދި ކޯ ފައުންޑަރ ނިޝާންތް ޕިއްޓީ ވިދާޅުވީ، އިންޑިއާއާއެކު ތިބިކަން ހާމަ ކުރުމުގެ ގޮތުން އީޒް މައި ޓްރިޕްގެ ރާއްޖެއަށް ކުރަން ހުރި ހުރިހާ ދަތުރުތަކެއް ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.

އެ ކުންފުނިން މިހާރު ވަނީ ރާއްޖޭގެ ސަރުކާރުގެ އޮފިޝަލުންތަކުގެ ޒިންމާދާރުކަން ކުޑަކަމުގެ ސަަބަބުން އުފަންވެފައިވާ "ޗަލޯލަކްޝަދީޕް" ކެމްޕޭން ޕްރޮމޯޓު ކުރުމުގެ މަސައްކަތް ފަށާފައެވެ. މި ކެމްޕޭނަކީ ރާއްޖޭގެ ބަދަލުގައި ލަކްޝަދީޕް ހިޔާރު ކުރުމަށް ގޮވާލާ ކެމްޕޭނެކެވެ. އޭގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް މިދަނީ ކުރަމުންނެވެ.

މި ނުތަނަވަސްކަމުގެ ތެރެއިން "ބޮއިކޮޓްމޯލްޑިވްސް" ހޭޝްޓެގްވެސް ދަނީ އިތުރަށް ފުޅާވަމުންނެވެ. އެތައް މިލިއަން ފޮލޯވަރުންނެއް ތިބި، އަދި މީގެ ކުރިން ރާއްޖެއަށް ތައުރީފު ކުރަމުން ދިޔަ އިންޑިއާގެ އެކި ސެލެބްރިޓީން ގެންދަނީ އެމީހުން ދެން ދުވަހަކުވެސް ރާއްޖެއަށް ނާންނާނެކަމަށް ބުނަމުންނެވެ.

އެތައް ބަޔަކު އެމީހުންގެ ބުކިންގތައް ކެންސަލްކޮށް، އެކަން ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާއިރު، ރާއްޖޭގެ ރީތި ނަން މި ދަނީ ކިލަނބުވަމުންނެވެ.

ސުވާލަކީ މިކަމުގެ ޒިންމާ ނަގާނީ ކާކުތޯއެވެ؟ ރާއްޖޭގެ ޚާރިޖިއްޔާއިންވެސް މި ކަންކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައި ކުޑަމިނުން އިންޑިއާގެ ނަންވެސް ހިމަނާފައެއް ނުވެއެވެ. ނުވިތާކަށް މިކަން ހިނގިތާ 24 ގަޑިއިރަށްވުރެ ގިނައިރުވެފައިވާއިރު، އޭގެ ތެރެއިން އެންމެ ވަޒީރެއްވެސް ކުޑަމިނުން މާފަށްވެސް އެދިފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ސަސްޕެންޑު ކުރެއްވި ވަޒީރުންނަކީ ޒުވާނުންނާ ގުޅޭ ވުޒާރާގެ ނައިބު ވަޒީރުން ކަމުގައިވާ މަރިޔަމް ޝިއުނާ، މަލްޝާ ޝަރީފް އަދި މަހުޒޫމް މާޖިދު އެވެ.

މިއަދު ގިނަ ބަޔަކު ގޮވާލަމުން ގެންދަނީ އެބޭފުޅުން ހަމައެކަނި ސަސްޕެންޑް ކުރުމަކުން ނުފުދޭ ކަމަށެވެ. މިއީ ހަގީގަތުގައި ގައުމީ ސަލާމަތާވެސް ގުޅުންހުރި ކަމެއް ކަމަށާއި، މިކަމުގެ ވަރުގަދަ އިދާރީ ތަހުގީގުތަކެއް ހިންގަންޖެހޭކަމަށްވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

މިއީ އެބޭފުޅުން އަމިއްލައަށް މަޤާމުން އިސްތިއުފާ ދޭންޖެހޭ ވަރުގެ ޙާލަތެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

11 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު