Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީ-ވޮލެޓްގެ ޚިދުމަތް

ބީއެމްއެލް މެދުވެރިކޮށް ހަފްތާއެއްގެ ތެރޭގައި އީ-ވޮލެޓްގެ ޚިދުމަތް ފެށުމަށް ސަރުކާރުން ނިންމައިފި

8 ޖެނުއަރީ 2024 | ހޯމަ 03:32

އޮންލައިން ޕޭމަންޓް ޕްލެޓްފޯމް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޖެނުއަރީ 2024 | ހޯމަ 03:32
ބީއެމްލެ އިންޓަނެޓް ހިދުމަތްތައް

ބީއެމްލެ އިންޓަނެޓް ހިދުމަތްތައް

އޮންލައިން ޕޭމަންޓް ޕްލެޓްފޯމް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ގިނަވެގެން ހަފްތާގެ ތެރޭގައި އީ-ވޮލެޓްގެ ޚިދުމަތް ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން މިކަމާ ގުޅޭ ގޮތުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ، އޮންލައިން ޕޭމަންޓް ޕްލެޓްފޯމް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ގިނަވެގެން އެއް ހަފްތާގެ ތެރޭގައި އީ-ވޮލެޓްގެ ޚިދުމަތް ފެށުމަށް ކަމަށެވެ.

Advertisement - newsAdvertisement

ނާޒިމް ވިދާޅުވީ އީ-ކޮމަރސް ޕްލެޓްފޯމެއް ކަމަށްވާ ޕޭޕަލް އަށް އެކްސެސް ހޯދުމާއި، އެފަދަ އެހެން ޕްލެޓްފޯމްތަކުގެ އެކްސެސް ހޯދުމުގެ ގޮތުން އެފަދަ ޚިދުމަތްތައް ދޭ އެހެން ފަރާތްތަކާއެކުވެސް މަސައްކަތްކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ ސައިބަރ ސެކިއުރިޓީގެ ގާނޫނެއް ވުޖޫދަށް ގެނައުމަށް އެކަމާ ގުޅޭ ބިލެއް ޑްރާފްޓުކުރުމާއި، ސައިބަރ ސެކިއުރިޓީގެ އިންފްރާސްޓްރަކްޗަރ ތަރައްގީކޮށް ކެޕޭސިޓީ ވަރުގަދަ ކުރުމަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް އާއި ތުރުކީވިލާތާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީގެ ޓްރަސްޓް ފަންޑެއް ގާއިމުކުރުމާއި، ކުޑަ އިންޓަރެސްޓުގައި ލުއިލޯނު ސްކީމެއް ހިންގުމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި ވަނީ މަޝްވަރާކޮށްފައެވެ.

ނާޒިމް ވިދާޅުވީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އިން މި ކަމާ ގުޅޭ ގޮތުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ، މި ކަމާ ގުޅޭ ގޮތުން އިކޮނޮމިކް ކައުންސިލްގައި އިތުރަށް މަޝްވަރާ ކުރުމަށް ކަމަށެވެ.

އެގޮތުން ޑިވެލޮޕްމަންޓް ބޭންކާއި އެހެނިހެން ބޭންކްތައް މެދުވެރިކޮށް ސޯޝަލް ހައުސިންގ ލޯނުތައް ދޫކުރެވޭނެ ގޮތްތަކެއް ހޯދައި، ދެނެގަނެ، ބޯހިޔާވަހިކަމަށް ސަރުކާރުން ތައާރުފުކުރުމަށް ކަނޑައަޅާފައިވާ ލޯނު ސްކީމްތަކެއް އޭގެ ތެރެއަށް ތައާރުފުކުރެވޭނެ ގޮތްތަކެއް ހޯދުމަށް ތަފްސީލުކޮށް މަޝްވަރާކުރުމަށް ވަނީ ނިންމަވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

22 ފެބުރުއަރީ 2017
ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ
20 ފެބުރުއަރީ 2017

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް