Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަމީނީ މަގު ތަރައްގީކުރުން

ކުރީ ސަރުކާރުން ފެށި އަމީނީމަގުގެ މަސައްކަތުގެ ފަހު ދެ ސެގްމަންޓް މި ސަރުކާރުން ނިންމާލީ ހޮޅިތައް ވަޅުނުލާ

7 ޖެނުއަރީ 2024 | އާދީއްތަ 08:43

ފަހު ދެ ސެގްމަންޓްގައި ތާރު އަޅާފައިވަނީ ހޮޅިތައް ވަޅުނުލާ

އަމްނާ އިމާދު
އަމްނާ އިމާދު | 7 ޖެނުއަރީ 2024 | އާދީއްތަ 08:43
އަމީނީ މަގު

އަމީނީ މަގު

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ތަރައްގީ ކުރަން ފެށި އަމީނީ މަގުގައި އެއްކޮށް ތާރުއަޅައި ނިންމާލައިފިއެވެ.

ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން ބުނީ، އަމީނީ މަގުގެ ނުނިމި އޮތް ދެ ސެގްމަންޓު 12 އަދި 13 ގައި ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އުސޫލުގެ ތެރެއިން 5 ނުވަތަ 7 ދުވަހުގެ ތެރޭގައި އާންމުންނަށް މަގު ހުޅުވާލާނެ ކަމަށް އާރްޑީސީން ބުނެއެވެ.

Advertisement - newsAdvertisement

އަމީނީ މަގުގެ ނުނިމި އޮތް ދެ ސެގްމަންޓުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 9 ޑިސެންބަރު 2023 ގައެވެ. މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ބާރު ސްޕީޑްގައި ކަމަށާއި، މަގު ޒަމާނީ ފެންވަރަށް ތަރައްގީ ވެގެން ދިއުމާއެކު ރައްޔިތުންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އާރްޑީސީން ބުނެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސަރުކާރުން އަމީނީ މަހުގެ ފަހު ދެ ސެގްމެންޓްގެ މަސައްކަތް ނިންމާލާފައިވަނީ ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށްދާ ސްޓޯމް ވޯޓަރ ޕްރޮޖެކްޓަށް އެ މަގުގައި ވަޅުލަންޖެހޭ ފަލަ ހޮޅިތައް ވަޅުނުލައެވެ.

ކުރީގެ ސަރުކާރުގައި މި މަސައްކަތް ނިންމާނުލެވުނީ އެ ހޮޅިތައް ވަޅުލަންޖެހޭތީއެވެ. އެގޮތުން އެ ހޮޅިތަކަކީ ރާއްޖޭން ބޭރުން ގެންނަންޖެހޭ ހޮޅިތަކެއް ކަމަށާއި، އެ މަސައްކަތަށް ވަގުތުނަގާ ކަމަށް ކުރީ ސަރުކާރުން ބުނެފައިވެއެވެ.

މި މަސައްކަތްތަކާއި ގުޅޭގޮތުން އޭރު ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެފައިވަނީ ހޮޅިތައް ވަޅުލުމުގެ މަސައްކަތްނުކޮށް، މިހާރު އަމީނީ މަގުގެ މަސައްކަތް ފަށައިފިނަމަ ފަހުން ތާރުކަނޑައި ހޮޅިވަޅުލަން ޖެހޭނެ ކަމަށާއި، އެކަމުގެ ސަބަބުން ސަރުކާރަށް ޚަރަދު ބޮޑުވާނެކަމަށެވެ. ނަމަވެސް މިސަރުކާރުން ހޮޅިތައް ވަޅުނުލައި މި މަޝްރޫއު ނިންމާފައިވާއިރު، މިކަމާއި ގުޅޭގޮތުން އާރްޑީސީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް މަގު ކަމަށްވާ އަމީނީ މަގު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ 22 ސެޕްޓެންބަރު 2022ގައެވެ.

މި މަގު ތަރައްގީކޮށްފައިވަނީ އެންމެ ޒަމާނީ ފެންވަރަށް، އެންމެންނަށް ބޭނުންކުރެވޭނެހެން، ރައްކާތެރިކޮށެވެ.

އެގޮތުން ލޯފަން މީހުންނާއި، އެހެނިހެންވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަކަމާއެކު މަގު ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން މަގުގެ ފެންހިންދުމަށް އަމީނީމަގުގެ ދެފަރާތުން ވެސް، މަގު ނިމެންދެން އެއްކޮޅުން އަނެއް ކޮޅަށްވަނީ ކާނުއަޅާފައެވެ. އަދި ޑިޒައިނަށް ބިނާކޮށް، އެ މަގުގައި ފެންބޮޑުވުމަށް ދާއިމީ ހައްލެއް ގެނައުމަށް އިތުރު ޕަމްޕު ސްޓޭޝަންތައް ބަހައްޓާނެ ކަމަށް އާާރްޑީސީން ބުނެއެވެ.

ވިއްސާރަ މޫސުމުގައި މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވެ، ރައްޔިތުންނަށް ގިނަ ތަކުލީފުތަކެއް ކުރިމަތިވާ އެއް މަގުކަމަށްވާ އަމީނީމަގު ތަރައްގީކުރުމަށް ޕްލޭނިންގ މިނިސްޓްރީން އާރްޑީސީއެކު ސޮއިކުރީ، އެ މަގުގައި ތާރު އަޅައިގެން ހެދުމަށެވެ. 1.7 ކިލޯމީޓަރުގެ މި މަގު ހެދުމަށް ޚަރަދުވަނީ ޖުމްލަ އަށްޑިހަ ހަތަރު މިލިއަން ހަތަރު ލައްކަ ސާދަ ހާސް ފަސް ސަތޭކަ ސާޅީސް ހަ ރުފިޔާ، އަށްޑިހަ ތިން ލާރިއެވެ. މިމަޝްރޫއު ހަވާލުކޮށްފައިވަނީ 210 ދުވަސް ނުވަތަ ހަތް މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ނަމަވެސް މަގު ހެދުމަށް ބޭނުންވާ ބައެއް އާލާތްތައް ލިބުމުގައި ދަތިވުމާއި، ވިއްސާރަވުމާ ގުޅިގެން މަސައްކަތް ކުރިއަށް ނުގެންދެވުމާއި، އަދިވެސް ދިމާވި ބައެއް ސަބަބުތަކާއި ގުޅިގެން މަޝްރޫއުގެ މަސައްކަތް ނިންމަން ކަނޑައެޅި ތާރީޚަށް ކުރިން ވަނީ ނިންމާނުލެވިފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް