Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރްޑީސީގެ ކުރީގެ އެމްޑީގެ ގެއަށް ފުލުހުން ވަނުން

އާރްޑީސީގެ ކުރީގެ އެމްޑީ ދިރިއުޅޭ ގެ ބަލައި ފާސްކުރަން ކޯޓު އަމުރު ހޯދާފައިވަނީ އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅައިގެން

27 ޑިސެމްބަރު 2024 | ހުކުރު 04:26

މައުލޫމާތު ލިބިފައިވާ ގޮތުގައި މޫކޭގެ އެޕާޓުމެންޓުން އޭނާގެ ފޯނު ގެންގޮސްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 27 ޑިސެމްބަރު 2024 | ހުކުރު 04:26
އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު (މޫކޭ) ދިރިއުޅޭ އެޕާޓްމަންޓްގެ ދޮރުމަތީގައި ފުލުހުން މަޑުކޮށްލައިގެން

އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު (މޫކޭ) ދިރިއުޅޭ އެޕާޓްމަންޓްގެ ދޮރުމަތީގައި ފުލުހުން މަޑުކޮށްލައިގެން

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ކުރީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) ދިރިއުޅޭ ގެ ބަލައި ބަލައި ފާސްކުރަން ކޯޓު އަމުރު ހޯދީ އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅައިގެން ކަން ހާމަވެއްޖެއެވެ.

ފުލުހުން ވަނީ 26 ޑިސެންބަރު 2024 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރުގެ ދަށުން މެންދަމު 1:30 ހާއިރު އާރްޑީސީގެ ކުރީގެ އެމްޑީ މޫކޭ ދިރިއުޅޭ ގ. ދިލްކަޝްގޭގެ އެޕާޓްމެންޓެއްގެ އިތުރުން، އާރުޑީސީގެ ކުރީގެ ސީއެފްއޯ ޔާސިރު ހަސަންއަށް ނިސްބަތްވާ ދެ ގެއެއް ބަލާ ފަސްކޮށްފައެވެ. އަދި މޫކޭގެ ކުރީގެ އަނބިކަނބަލުން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމެންޓު ވެސް ބަލައި ފާސްކޮށްފައިވެއެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި މޫކޭގެ އެޕާޓުމެންޓުން އޭނާގެ ފޯނު ގެންގޮސްފައިވާއިރު، ކުރީގެ އަނބިކަނބަލުން ދިރިއުޅޭ އެޕާޓްމަންޓުން ލެޕްޓޮޕެއް ގެންގޮސްފައިވެއެވެ.

މި އޮޕަރޭޝަންއާއި ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނު ވިދާޅުވީ އާރުޑީސީ އާ ގުޅޭ ގޮތުން ފުލުހުން ތަހުގީގު ކުރަމުންގެންދާ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް، އާރުޑީސީގެ ކުރީގެ އެމްޑީ މޫކޭ ދިރިއުޅޭ ތަން އަދި ކުރީގެ ސީއެފްއޯ ޔާސިރަށް ނިސްބަތްވާ ދެ ތަނެއް، ބަލައި ފާސްކޮށް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން މި ތަންތަން ބަލާ ފާސްކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ބަލައި ފާސްކުރަން ބޭނުންވާ ސަބަބުގެ ގޮތުގައި ބުނެފައިވަނީ އާރްޑީސީ ޕޭޔަބަލްސް މެނޭޖަރެއްގެ މަގާމު އަދާކުރަމުން އަންނަ ލ.މާބައިދޫ/އަސުރުމާގެ ހުސެއިން އަނީފުގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް އާރްޑީސީން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް، އެ ފައިސާއިން މުއާމަލާތްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި، އާރްޑީސީ އަށް ލިބޭ ފައިސާ އެކުންފުނީގެ ވެރިންނާއި، އާރްޑީސީއާއި ގުޅުން އޮންނަ ފަރާތްތަކަށާއި، ކުންފުނިތަކަށް މި ފައިސާދޫކޮށް ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލާގައި ކުރީގެ އެމްޑީ މޫކޭ އާރްޑީސީގެ ފައިސާއަށް ހިޔާނާތްތެރިވެ އެފައިސާ ލޯންޑަރކޮށް އެފައިސާއިން އަމިއްލަ މަންފާ ހޯދާފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނާގެ ހަށިގަނޑު ބަލާ ފާސްކޮށް، އޭނާ ގެންގުޅޭ މޯބައިލް ފޯނުތަކާއި، މައްސަލައާއި ގުޅޭ އެންމެހާ އިލެކްޓޯރިނިކް ޑިވައިސްތަކާއި، ޑާޓަރ ރައްކާކުރެވޭ ޑިވައިސްތަކާއި، ސިމްކާޑްތަކާއި، މައްސަލައާއި ގުޅުންހުރި ކަމަށް ބެލެވޭ އެންމެހާ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލައިގެ ހެކި ގަރީނާ ހޯދުމަށް ކަމަށެވެ.

ކޯޓު އަމުރު ނެރުމަށް ލިބިފައިވާ ހެއްކާއި ގަރީނާގެ ގޮތުގައި ބުނެފައިވަނީ ފުލުހުންގެ ޚިދުމަތުގެ އިންޓެލިޖެންސް ރިޕޯޓު ކަމަށެވެ.

އާރްޑީސީގެ ހިޔާނާތުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، މި މައްސަލައިގައި ހެކި ހޯދަން ފުލުހުން އާރުޑީސީ އަށް 14 ނޮވެމްބަރު 2023 ގައި ވަދެ، ބަލައި ފާސްކޮށްފައިވެއެވެ. އޭރު މިމައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ އާރްޑީސީގެ އެކައުންޓުން 3 މީހެއްގެ އެކައުންޓަށް 14 މިލިއަން ރުފިޔާ ފޮނުވާފާ ކަމަށެވެ.

އޭގެ އަހަރެއް ފަހުން އަނެއްކާ ވެސް ހެކި ހޯދުމަށް ކަމަށް ބުނެ، ދަންވަރުގެ ވަގުތު ގެތައް ބަލައި ފާސްކުރުމުގެ މަސައްކަތްތައް ފުލުހުން ފަށާފައިވާތީ އެކަމުގެ ފާޑުކިޔުން ސަރުކާރަށް އަދި ފުލުހުންނަށް ވަނީ އަމާޒުވެފައެވެ. މިއީ މިސަރުކާރުގައި މިހާރު ފެންމަތިވަމުންދާ ބޮޑެތި ހިޔާނާތުގެ މައްސަލަތައް ހިންދާލުމަށް ކުރާކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން މިފަހުން އެޗްޑީސީއަށް، އެންސްޕާއިން ކޮރަޕްޝަންގެ ބޮޑެތި ކަންތައްތަކެއް ހިންގާފައިވާ މައްސަލަ ފެންމެތިވެ، ލިޔެކިއުންތައް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެގެން ގޮސްފައެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބިޑް ކުރުމަކާ ނުލައި ބައެއް ކުންފުނިތަކަށް ފައިދާ ލިބޭ ގޮތަށް އިމާރާތްތައް ކުއްޔަށް ހިފުމާއި، މަސައްކަތްތައް ހަވާލުކުރުމުގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. މިފަހުން އައިލެންޑް ބެވަރެޖް މޯލްޑިވްސް (އައިބީއެމް) އަށް ލޭބަރ އެކޮމޮޑޭޝަނެއް ހޯދުމާގުޅޭ ކޮރަޕްޝަންގެ މައްސަލައެއްވެސް ވަނީ ސަމާލު ކަމަށް އައިސްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް