Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބާތިލު ވޯޓު

ރިޔާސީ އިންތިޚާބުގައިވެސް ބާތިލު ވޯޓު ގިނަ، ހޭލުންތެރިކަން އިތުރުކުރުމަށް މިފަހަރު ގިނަ މަސައްކަތްތަކެއް ކުރާނެ: ޙަބީބް

7 ޖެނުއަރީ 2024 | އާދީއްތަ 06:00

އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓެއް ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އާންމު ކުރައްވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖެނުއަރީ 2024 | އާދީއްތަ 06:00
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު

ރިޔާސީ އިންތިޚާބުގައިވެސް ބާތިލު ވޯޓު ނުހަނު ގިނަ ކަމަށާއި، އެހެންކަމުން ހޭލުންތެރިކަން އިތުރު ކުރުމަށް މިފަހަރު ގިނަ މަސައްކަތްތަކެއް ކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ކުރިއަށް އޮތް އިންތިޚާބުތަކާ ބެހޭ މައުލޫމާތު ދިނުމަށް އާދިއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ނައިބްރައީސް އިސްމާއީލް ޙަބީބް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤަވާއިދު މިހާރު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާކަމަށެވެ.

ޙަބީބް ވިދާޅުވީ، އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓެއް ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އާންމު ކުރައްވާނެކަމަށެވެ.

އަދި ފަސޭހައިން ޝަކުވާ ހުށަހެޅުމަށް ޝަކުވާ ޕޯޓަލްއެއްވެސް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޙަބީބް ވިދާޅުވިއެވެ.

ޙަބީބް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައިވެސް ބާތިލު ވޯޓު ނުހަނު ގިނަ ކަމަށާއި، އެހެންކަމުން ހޭލުންތެރިކަން އިތުރު ކުރުމަށް މިފަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

މާލޭ ސިޓީ މޭޔަރު އިންތިޚާބާއި ބައެއް ދާއިރާތަކުގެ ބައި އިލެކްޝަން އިންތިޚާބަށް އަލިއަޅުވާލައްވާ ޙަބީބް ވިދާޅުވީ، 13 ޖެނުއަރީގައި އޮންނަ ބައި އިލެކްޝަނަށް މާލޭގައި 55 ވޯޓުފޮށި ބަހައްޓާއިރު، ވީހާވެސް ގިނަ މީހުން ނުކުމެ ވޯޓުލުމުގެ ޙައްޤު ބޭނުންކުރެއްވުމަށް އެދޭ ކަމަށެވެ. މޭޔަރު ހޮވުމަށް ހުޅުމާލެއާއި ވިލިމާލޭގައިވެސް ވޯޓުފޮށި ބަހައްޓާނެކަން ޙަބީބް ފާހަގަ ކުރެއްވިއެވެ.

މިފަހަރު ހާހަކަށްވުރެ ގިނަ މީހުން ބައިއިލެކްޝަންތަކުގެ އޮބްޒަރވް ކުރުމުގައި ޙަރަކާތްތެރިވާނެކަންވެސް ޙަބީބް ފާހަގަ ކުރެއްވިއެވެ.

ޙަބީބް ވަނީ އިންތިޚާބާބެހޭ ޤާނޫނުގައި ހުރި ކަންކަމަށް ސަމާލުވުމަށްވެސް އެދިވަޑައިގަންނަވާފައެވެ.

13 ޖެނުއަރީގެ ފަހުންވެސް އެކި ތާރީޚުތަކުގައި ބައި އިލެކްޝަންތައް ބޭއްވުމަށް ތާވަލު ކުރެވިފައިވާއިރު، އީސީން ވަނީ އެކަމުގެ ތަފްސީލުތައް ހިއްސާކޮށްފައެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ބާތިލު ވޯޓު ގިނަވި ސަބަބު ދެނެގަތުމަށް އީސީއިން ދިރާސާއެއްކުރާނެކަމަށް އެކޮމިޝަނުން މީގެ ކުރިން ބުނެފައިވެއެވެ.

ހަބީބު ވިދާޅުވީ މީގެކުރީގެ އިންތިޚާބުތަކުގައި ވޯޓު ބާތިލުވެފައި ހުރި ގޮތްތަކާއި މިފަހަރު ބާތިލުވެފައި ހުރި ގޮތްތަކަށް ބަލާއިރު އައު ކަންކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން އެކަންކަމަކީ ދިރާސާ ކުރަންޖެހޭކަންކަންކަމަށާއި އެކަންކަން އީސީން ދިރާސާކުރާނެކަމަށް ހަބީބު ވިދާޅުވިއެވެ.

މީގެއިތުރުން އިންތިޚާބުތަކާއި ބެހޭ ގާނޫނުތަކަކީ މީގެ 15 ވަރަކަށް އަހަރު ކުރިން ހެދިފައިވާ ގާނޫނުތަކަކަށްވާއިރު މިޒަމާނަށް ފެތޭ ގޮތަށް ގަނޫނަށް ބަދަލުތަކެއް ވެސް އަންނަންޖެހޭކަމަށް ހަބީބު ވިދާޅުވިއެވެ.

މި މަސައްކަތްކުރަންޖެހޭނީ އިންތިޚާބެއް ބޯމަތިވެފައި ނެތް ދުވަސްވަރެއްގައި ކަމަށާއި އެކަމާއި ގުޅޭގޮތުން ކަމާގުޅުންހުރި މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާއި އީސީން މަޝްވަރާތައް ކުރާނެކަމަށް ހަބީބު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް