Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑރ މުޙައްމަދު ޝަހީމް

ޝަހީމަށް ކަމުދާ ކޮންމެ ބޭފުޅަކީ ސަތޭކަ އަހަރުން އެއް ފަހަރު އަންނަ ވެރިޔެއް؟

މީގެ ކުރިން ވިދާޅުވީ، ރައީސް ޔާމީނަކީ ސަތޭކަ އަހަރުން އެއް ފަހަރު އަންނަ ފަދަ ވެރިޔެެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2024 | ބުރާސްފަތި 17:15
ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ ޝަހީމް

މިއީ އެއްވެސް ޙާލަތެއްގައި ވަކި މީހަކާ ދިމާކުރުމުގެ ގޮތުން ލިޔަން ޤަސްތު ކުރި ރިޕޯޓެއް ނޫނެވެ. އަމުދުން، އެއްވެސް ބޭފުޅަކާ ޒާތީ ކަމެއް އޮވެގެން ދައްކާ ވެސް ވާހަކައެއް ނޫނެވެ. އެހެންވިޔަސް، މިއީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުން މިދާ ކަންތައްތަކާއި، ފުރޮޅެމުންދާ ކަންކަމުގެ މައްޗަށް ނަޒަރު ހިންގައި، ވިސްނާލުމަށްފަހު ހިތަށް އެރުވި ލިޔުމެކެވެ!

މި ވާހަކަ އަކީ މި ނިމުނު ހަފުތާގައި، ނޫސްތަކުގެ ޞުރުޚީ ވެސް ޖާގަ ހޯދި ވާހަކަ އެކެވެ. އެހާ ވެސް ބޮޑު ވާހަކަ އެކެވެ. އެހެނެއް ކަމަކު، އަޅުގަނޑަށް ތަންކޮޅެއް މަޖާ އަދި ހަމަ އެހާމެ ހައިރާން ކަން ވެސް ލިބުނު ވާހަކަ އެކެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފުތިހާހު ކުރުމަށް ސަރުކާރުން ބޭއްވި ޙަފްލާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ދެއްކެވި ވާހަކަފުޅުގެ ތެރެއިން، ވިދާޅުވި ވަރަށް ބޮޑު ވާހަކަ އެކެވެ.

ވަޒީރު ވިދާޅުވީ، އަދުގެ ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އަކީ، 100 އަހަރުން އެއް ފަހަރު ލިބޭނެ ފަދަ ވެރިޔެއް ކަމަށެވެ. އަދި މިވަގުތު ރާއްޖޭގެ ވެރިކަމުގައި ރައީސް މުޢިއްޒު ހުންނެވުމަކީ، ދިވެހި ޤައުމަށް ދަރުމަކުރެއްވި ވަރަށް މަތިވެރި ނިޢުމަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

ކުޑަކޮށް މާޒީގެ ތެރެއަށް ޖެހިލައި، ހަނދާންތައް އަޅުގަނޑުގެ ސިކުނޑި އަށް ގެނައީމެވެ. މީގެ ކުރިން ވަޒީރު ވިދާޅުވެފައި އޮތް ވާހަކަތަކަށެވެ. އެއީ މީގެ ފަސް ވަރަކަށް އަހަރު ކުރި އެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ އެންމެ ފޯރިގަދަ ދުވަސްވަރެވެ. އޭރުގެ ރައީސަކަށް ހުންނެވީ ޕީޕީއެމްގެ ކުރީގެ ރައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ. އެމަނިކުފާނުގެ އިންތިޚާބީ ބައިވެރިޔަކީ، މިއަދުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޝަހީމެވެ.

އެ އަހަރު ވެސް ވަޒީރު ޝަހީމް ވިދާޅުވެފައި ވަނީ އެހެންނެވެ. ރައީސް ޔާމީނަކީ، 100 އަހަރުން އެއް ފަހަރު ލިބޭނެ ފަދަ ވެރިޔެއް ކަމަށެވެ. އެހެންކަމުން، ރައީސް ޔާމީންގެ ވެރިކަން ދަމަހައްޓައި، ދެ ވަނަ ދައުރަކަށް އެމަނިކުފާނުގެ ހޮވުމުގެ މުހިންމުކަން ޝަހީމް ވިދާޅުވެ ދެއްވި އެވެ. އެ ދުވަހު ވެސް ވިދާޅުވަމުން ގެންދެވީ، ރައީސް ޔާމީނަކީ ހެޔޮ ލަފާ، ރައްޔިތުންނަށް ރަނގަޅު ވެރިޔެއް ކަމަށެވެ. އެއީ ވެސް ނިޢުމަތެއް ކަމަށް އޮތީ ވިދާޅުވެފަ އެވެ.

އަޅުގަނޑު ގާތަށް ހިނި އައި ތަންކޮޅަކީ މިއީ އެވެ. އޭރު ރައީސް ޔާމީން ރަނގަޅުވެ، އެމަނިކުފާނުގެ ފަހަތްޕުޅުގައި ހުންނެވިއިރު، އެއީ ސަތޭކަ އަހަރުން އެއް ފަހަރު ލިބޭ ފަދަ ވެރިޔެކެވެ. އޭގެ ހަމަ އެންމެ ފަސް އަހަރު ފަހުން، ރައީސް މުޢިއްޒުގެ ވަޒީރުންގެ މަޖިލީހުގައި އިންނަވައި، އެމަނިކުފާނަކީ ވެސް ސަތޭކަ އަހަރުން އެއް ފަހަރު އަންނަ ވެރިޔަކަށް ވެއްޖެ އެވެ. މި އަހަރުތަކުގެ ހިސާބު ދިމާކުރާނެ ގޮތެއް ނިކަމެތި އަޅުގަނޑަށް ފަހުމެއް ނުވި އެވެ. ފަހަރުގައި އަޅުގަނޑުގެ ކަލްކިއުލޭޓަރުގައި ހިސާބު ޖެހުމުގެ މައްސަލަ އުޅެނީ ކަމަށް ވެސް ވެދާނެ އެވެ!

ދަންނަވަންތޯ އެވެ؟ ވަޒީރު ޝަހީމަށް ކަމުދާ ކޮންމެ ބޭފުޅަކީ، ސަތޭކަ އަހަރުން އެއް ފަހަރު އަންނަ ވެރިޔަކަށް ވާނެތޯ އެވެ؟ އެހެންވެއްޖެނަމަ، ރައްޔިތުން ދެން ހަދަންވީ ކިހިނެއްތޯ އެވެ؟ ރައްޔިތުންނާއި ރައްޔިތުންނެވެ. ސަތޭކަ އަހަރުން އެއް ފަހަރު އަންނަ ވެރިންނާއި، އެ ވެރިންނެވެ.

ދެން ދިމާވީ ރަޙުމަތްތެރިޔަކާ އެވެ. އޭނާއާ ވަޒީރު ޝަހީމްގެ އެ ވާހަކަފުޅު އަޅުގަނޑު ހިއްސާ ކުރުމުން އޭނާ ބުނީ މާ މަޖާ ވާހަކަ އެކެވެ. ސަތޭކަ އަހަރުން އެއް ފަހަރު އަންނަނީ، މަދުން ނޫނީ ނުފެންނަ ކަހަލަ ބަލިމަޑުކަމެކެވެ. މިސާލަކަށް އޭނާ ދެއްކީ މިފަހުން ދުނިޔެއިން ފެނުނު ކޮވިޑް19 ގެ ބަލިމަޑުކަމުގެ ވާހަކަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަރު ޖެނެރެލް ޓެޑްރޮސް އަދަނޮމް ވިދާޅުވެފައި ވަނީ، ކޮވިޑްގެ ބަލިމަޑުކަމަކީ ސަތޭކަ އަހަރުން އެއް އަހަރު ދިމާވާ ފަދަ ބަލިމަޑުކަމެއް ކަމަށެވެ. ދެން ވެސް ހުރި ބައެއް ބަލިމަޑުކަމަކީ، ސަތޭކަ އަހަރުން އެއް ފަހަރު ކުރިމަތިވާ ކަންތައްތައް ކަމަށް ޞިއްޙީ ތަޖުރިބާ ކާރުން ބުނެ އެވެ.

ކުރުކޮށްލާނަމެވެ. އެހެންވެއްޖިއްޔާ، ވަޒީރު ޝަހީމްގެ ނަޒަރުގައި އެކަހަލަ ކިތަންމެ ސަތޭކަ ވެރިންނެއް ކުރިއަށް އޮތް ތަނުގައި ފެންނާނެ އެވެ.

ޑރ މުޙައްމަދު ޝަހީމް އަލީ ސައީދުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

ކޮމެންޓް

އިތުރަށް ކިޔާލަން

ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!

ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!

17 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު