Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނުގެ މައްސަލަ

ޔަހޫދީންގެ ޤަތުލުއާންމާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ފަށަނީ

4 ޖެނުއަރީ 2024 | ބުރާސްފަތި 06:09

ޣައްޒާއަށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދުކޮށްލައިފައިވާ މީހުންގެ ޢަދަދު 22،185އަށް ވަނީ އަރައިފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 4 ޖެނުއަރީ 2024 | ބުރާސްފަތި 06:09
ފަލަސްތީނުގެ ޤަތުލްއާންމުގައި ކޮންމެދުވަކު އެތައްބައެއްގެ ފުރާނަ ގެއްލޭ

ފަލަސްތީނުގެ ޤަތުލްއާންމުގައި ކޮންމެދުވަކު އެތައްބައެއްގެ ފުރާނަ ގެއްލޭ

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ޓެރެރިސްޓުން ހިންގަމުންދާ ޤަތުލުއާންމާ ދެކޮޅަށް ބައިނަލްއަޤުވާމީ ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މި މަހުގެ 11ން 14އަށް ތާވަލުކޮށްފިއެވެ. 

ޔަހޫދީން ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނަކީ ޤަތުލުއާންމުގެ ދައުވާ އިންސާފާ ބެހޭ ކޯޓަށް މައްސަލަ ވައްދާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ދެކުނު އެފްރިކާއިންނެވެ. އެ ޤައުމުން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ 1948 ވަނަ އަހަރުގެ ޤަތުލުއާންމާ ބެހޭ މުއާހަދާއާ ޔަހޫދީން ޚިލާފުވަމުންދާ ކަމުގައެވެ.

އިންސާފާބެހޭ ކޯޓަކީ ދަޢުލަތްތަކުގެ މެދުގައި އުފެދޭ މައްސަލަތަކުގައި ގޮތް ނިންމައި އިންސާފު ހޯދައިދޭ އދގެ އެންމެ މަތީ ކޯޓެވެ. އެ މައްސަލައިގައި ޖަވާބުދާރީވުމަށް ކޯޓަށް ހާޒިރުވާނެ ކަމަށް ޔަހޫދީން ވަނީ ބުނެފައެވެ.

އަޑުއެހުންތަކަށް ފަހު ކުއްލި މައްސަލަތަކާމެދު ގޮތެއް ނިންމުމަށް ކޯޓުން ޢާންމުކޮށް އެއް ހަފުތާ ނުވަތަ ދެ ހަފުތާގެ މުއްދަތެއް ނަގައެވެ.

ކޯޓުން އިއްވާ ޙުކުމްތަކަކީ އެންމެ ފަހުގެ ޙުކުމްތަކެއް ނަމަވެސް އެ ޙުކުމްތައް ތަންފީޒު ކުރުމުގެ ބާރެއް އެ ކޯޓަށް ލިބިގެނެއް ނުވެއެވެ. 

ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުވުމުގެ ޢަމުރެއް ނެރެދިނުމަށް ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައިގައި ވަނީ އެދިފައެވެ.

ޔަހޫދީންގެ ޢުދުވާނާ ގުޅިގެން ފަލަސްޠީނުގެ ރައްޔިތުންނަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމަކާ ކުރިމަތިވެފައިވާ ކަމުގައި ވެސް ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ. އިންސާފުގެ ކޯޓުގެ އިތުރުން ދަ ހޭގުގައި ހުންނަ ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުން ވެސް ދަނީ ޔަހޫދީންނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެއް ބަލަމުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް ޔަހޫދީން ވަނީ ފަލަސްޠީނުގެ 207 މީހުން ޝަހީދުކޮށްލައިފައިވާއިރު، އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދުކޮށްލައިފައިވާ މީހުންގެ ޢަދަދު 22،185އަށް ވަނީ އަރައިފައެވެ.

ޣައްޒާފަލަސްތީނުއިޒްރޭލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް