Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަމީނީ މަގު ތަރައްގީކުރުން

ސްކޫލު ހުޅުވުމުގެ ކުރިން ނިންމާނެ ކަމަށް ބުނި އަމީނީ މަގު ނިންމާލަން އިތުރު 50 ދުވަސް ބޭނުންވޭ

މިހާރު އެ މަސައްކަތުގައި ލަސްކަމެއް އައީ މި އަހަރުގެ ފުރަތަމަ ދުވަހު މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ބުނި ނަމަވެސް، އާރްޑީސީން ބުނީ ލަސްތަކެއް ނެތް ކަމަށް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2024 | ބުދަ 21:39
އަމީނީ މަގު ތަރައްގީކުރުމުގެ ތެރެއިން

އަމީނީ މަގު ތަރައްގީކުރުމުގެ ތެރެއިން

މި އަންނަ އާދިއްތަ ދުވަހު، ސްކޫލު ހުޅުވުމުގެ ކުރިން އަމީނީ މަގުގެ މިހާރު ތަރައްގީކުރަމުންދާ ބައި އެއްކޮށް ނިންމާލެވޭނެ ކަމަށް ބުނި ނަމަވެސް، މިހާރު އެ މަސައްކަތް ނިންމަން އިތުރު 50 ދުވަސް ބޭނުންވާނެކަން ހާމަވެއްޖެއެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަމުންދާ ބައިގައި، މަގު ފުޅާކޮށް ޖެނުއަރީގައި ސްކޫލު ފެށުމުގެ ކުރިން އެ މަގު ހުޅުވުމަކީ އުންމީދެއް ކަމަށް ވިދާޅުވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ.

Advertisement - newsAdvertisement

އެގޮތުން އެ މަސައްކަތުގެ ތެރެއިން ފަހު ސެގްމެންޓުގެ މަސައްކަތް ފެށިފަހުން، އެކަން ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ވަޒީރު އޭރު ވިދާޅުވީ އަމީނީ މަގުގެ މިހާރު ހެދެމުންދާ ބަޔަކީ ބޮޑެތި ބަސް ދެކޮޅަށް ދުއްވާ ބަޔަކަށްވުމާއެކު މަގު ހެދިގެން ދަނީ އިތުރަށް ފުޅާކުރެވިގެން ކަމަށެވެ. އަދި އެ މަސައްކަތުގައި ކުރިއަށް އޮތް ސްކޫލް ޓާމް ފެށުމުގެ ކުރިން ތާރުއަޅާ މަގު ބޭނުންކުރަން ފެށޭނެ ކަމަށް ވަޒީރު އޭރު ވިދާޅުވި އެވެ.

އެހެން ނަމަވެސް "ރާއްޖެއެމްވީ" އަށް އެނގިފައިވާ ގޮތުގައި، މިހާރު މުޅި މަސައްކަތް ނިންމުމަށް އިތުރު 50 ދުވަސް ބޭނުންވެއެވެ. އެގޮތުން އެނގިފައިވާގޮތުން އެހާ ބޮޑު ލަސްވުމެއް އަންނަނީ މި އަހަރުގެ ފުރަތަމަ ދުވަހު މާލެއަށް ކުރި ވިއްސާރައިގެ ސަބަބުންނެވެ. އެކަމާ ގުޅިގެން އާރްޑީސީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

އެހެން ނަމަވެސް އާރްޑީސީން ބުރާސްފަތި ދުވަހުގެ ރޭ ދަންވެފައި ހުއްޓާ، ކުރި ޓްވީޓެއްގައި ބުނީ އެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް އެއްވެސް ލަސްތަކެއް ނެތި ކުރިއަށްދާނެ ކަމަށެވެ.

އަމީނީ މަގުގެ ފަހު ދެ ސެގްމެންޓް ކަމަށްވާ 12 އަދި 13ގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެއް ސެގްމެންޓުގައި ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، އަނެއް ސެގްމެންޓުގައި ކުރިއަށްދަނީ ކޮނެގެން ކުރަން ޖެހޭ މަސައްކަތެކެވެ.

ކުރީގެ ރައީސް، އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ފެށި އަމީނީމަގުގެ މަސައްކަތުގެ ތެރެއިން މި ސަރުކާރުން ފުރިހަމަކުރަން ޖެހުނީ ޖުމްލަ ދެ ސެގްމެންޓުގެ މަސައްކަތެވެ. އެ ސެގްމެންޓުގެ މަސައްކަތް އާރްޑީސީން ފަށައިފައިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ވިއްސާރަ މޫސުމުގައި މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވެ، ރައްޔިތުންނަށް ގިނަ ތަކުލީފުތަކެއް ކުރިމަތިވާ އެއް މަގުކަމަށްވާ އަމީނީމަގު ތަރައްގީކުރުމަށް އޭރުގެ ޕްލޭނިން މިނިސްޓްރީން އާރްޑީސީއެކު ސޮއިކުރީ، އެ މަގުގައި ތާރު އަޅައިގެން ހެދުމަށެވެ. 1.7 ކިލޯމީޓަރުގެ މި މަގު ހެދުމަށް ޖުމްލަ 84 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.

އޭރު މިމަޝްރޫއު ހަވާލުކޮށްފައިވަނީ 210 ދުވަސް ނުވަތަ ހަތް މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަހަރުގެ އެޕްރީލް 8 ގައި އާރްޑީސީ އާ ހަވާލުކުރި އައްޑޫ ލިންކް ރޯޑުގެ މަސައްކަތް، 7 މަސް ފަހުން ފަށައިފި

މިއަހަރުގެ އެޕްރީލް 8 ގައި އާރްޑީސީ އާ ހަވާލުކުރި އައްޑޫ ލިންކް ރޯޑުގެ މަސައްކަތް، 7 މަސް ފަހުން ފަށައިފި

06 ނޮވެމްބަރު 2025
ފުރަތަމަ އަހަރު ފަށާނެ ކަމަށް ބުނި އައްޑޫ ބުރިޖުގެ މަސައްކަތް ދެވަނަ ބަޔަކާ ހަވާލުކޮށްފި

ފުރަތަމަ އަހަރު ފަށާނެ ކަމަށް ބުނި އައްޑޫ ބުރިޖުގެ މަސައްކަތް ދެވަނަ ބަޔަކާ ހަވާލުކޮށްފި

26 އޮކްޓޯބަރު 2025
އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް

އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް

04 އޮކްޓޯބަރު 2025
ފްލެޓުތަކާ ގުޅޭ ޝަކުވާތައް ހިފައިގެން އާންމުން ހައުންސިން މިނިސްޓްރީ އަށް

ފްލެޓުތަކާ ގުޅޭ ޝަކުވާތައް ހިފައިގެން އާންމުން ހައުންސިން މިނިސްޓްރީ އަށް

07 އޯގަސްޓު 2025
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި

މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި

19 މެއި 2024

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު