Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބަންގްލާދޭޝްގެ އިންތިޚާބް

ބަންގްލާދޭޝްގެ އާންމު އިންތިޚާބު،އެންމެ އަންހެނެއްގެ "ޝޯ"އަކަށް ވީކިހިނެއް؟

170 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ބަންގްލާދޭޝްގައި ޝޭޚް ހަސީނާ އަލުން ވެރިކަމަށް ގެންނަން އެންމެ ބޮޑަށް ބޭނުން ވަނީ އަވަށްޓެރި އިންޑިޔާއިން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2024 | ބުދަ 19:14
ބަންގްލާދޭޝް ގައި މުޒާހަރާ ކުރި އިދިކޮޅު ފަރާތްތައް

ބަންގްލާދޭޝް ގައި މުޒާހަރާ ކުރި އިދިކޮޅު ފަރާތްތައް

ބަންގްލާދޭޝް ގެއާންމު އިންތިޚާބް މިޖެނުއަރީ މަހުގެ 7ވަނަ ދުވަހު ބޭއްވުމަށް ތައްޔާރު ވަމުން ދާއިރު ނަތީޖާ މިހާރުވެސް ލަފާކޮށްލަން އެނގޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އެއީ މިހާރުގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިންތިޚާބް ކާމިޔާބް ކުރެއްވުމެވެ.    

ބަންގްލާދޭޝްގެ މައި އިދިކޮޅު ޕާޓީ ތައް ވަނީ އިންތިޚާބް ބޯއިކޮޓް ކުރާނެކަމަށް ބުނެފައެވެ.އަދި ގިނަ އިދިކޮޅު ލީޑަރުން ވެސް ވަނީ ޖަލަށް ލެވިފައެވެ. އެހެން ކަމުން ވެރިކަން ކުރާ އަވާމީ ލީގް ޕާޓީ އަށް ހަތަރުވަނަ ދައުރަކަށް އިންތިޚާބް ކާމިޔާބް ކުރާނެކަން އެއީ ގިނަ ބަޔަކު ޝައްކު ކުރާކަމެއް ނޫނެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ ބަންގްލާދޭޝް ނެޝަނަލް ޕާޓީ(ބީއެންޕީ) އަދި އެޕާޓީގެ ބައިވެރިން ބުނެފައިވަނީ ބޮޑުވަޒީރު ޝެއިޚް ހަސީނާ މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވަވާނެކަމަށް ގަބޫލު ނުކުރާކަމަށެވެ. އެހެން ކަމުން އެޕާޓީން ވަނީ އިންތިޚާބްގެ ކުރިން ޝޭހް ހަސީނާގެ ސަރުކާރު އިސްތިއުފާ ދިނުމަށް ފަހު އިންތިގާލީ ސަރުކާރެއްގެ ބެލުމުގެ ދަށުން އިންތިޚާބް ބޭއްވުމަށް ގޮވާލާފައެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. އެހެން ކަމުން ކެންޑިޑޭޓުންގެ ގޮތުގައި ތިބޭނީ އަވާމީ ލީގްގެ ކެންޑިޑޭޓުންނާއި އެޕާޓީ އަށް ތާއީދު ކުރާ ޕާޓީތަކުގެ ކެންޑިޑޭޓުންނާއި މިނިވަން ކެންޑިޑޭޓުންނެވެ.

ބީއެންޕީގެ ލީޑަރުން ބުނާގޮތުގައި ބަންގްލާދޭޝްގައި މިއަދު ޑިމޮކްރަސީ ވަނީ މަރުވެފައެވެ. އަދި ޖެނުއަރީ މަހު މިބާއްވަނީ "ފޭކް" އިންތިޚާބެކެވެ.

ބަންގްލާދޭޝްގެ ގިނަބަޔަކު މިއަދު ގަބޫލުކުރާގޮތުގައި ޝެއިޚް ހަސީނާއަކީ ޚުދުމުޚްތާރު ވެރިއެކެވެ. އަދި މިކަން ހަމަޔަކަށް އެޅުވުމަށް ބައިނަލްއަޣްވާމީ މުޖްތަމައު އިން މަސައްކަތް ނުކުރަނީ ކީއްވެތޯ ފާޑުކިޔާ ފަރާތްތަކުން ސުވާލު ކުރެއެވެ.

ތަރައްޤީގެ އަގު

ބަންގްލާދޭޝް އަށް ބަލާލުމުން ފެންނަނީ ތަފާތު މަންޒަރެކެވެ. މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ބަންގްލާދޭޝް އަކީ އެއްއިރެއްގައި ދުނިޔޭގެ އެންމެ ފަގީރު ގައުމު ތަކުގެ ތެރޭގައި ގުނާލެވޭ ގައުމެކެވެ. ނަމަވެސް ޝޭޚް ހަސީނާގެ ޒައާމަތުގެ ދަށުން 2009ވަނަ އަހަރުން ފެށިގެން އެގައުމަށްވަނީ އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހާސިލް ކޮށްފައެވެ.

މިއަދު ބަންގަލާދޭޝް އަކީ އަވަށްޓެރި އިންޑިޔާއަށް ވުރެވެސް ހަލުވި ކޮން ކުރިއަރަމުން އަންނަ މިސަރަހައްދުގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އިގްތިސާދަށް ވަނީ ވެފައެވެ. އެގައުމުގެ ޕަރ ކެޕިޓާ އިންކަމްވަނީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ތިންގުނަ އަށް އިތުރު ވެފައެވެ. އަދި ވަރލްޑް ބޭންކުން އަންދާޒާ ކުރާގޮތުގައި ފާއިތުވި ވިއްސަކަށް އަހަރުގެތެރޭގައި 25 މިލިއަން މީހުންނަށް ވަނީ ފަގީރުކަމުން ނިކުމެވިފައެވެ.

ބަންގްލާދޭޝްގެ އަމިއްލަ ފައިސާބޭނުން ކޮށްގެން ތަރައްޤީގެ ބޮޑެތި މެގަ ޕްރޮޖެކްޓްތައް ހިންގާފައިވެއެވެ. "ގެންޖީސް" ކޯރު ހުރަސްކޮށް އެޅި 2.9ބިލިއަން ޑޮލަރުގެ ޕަދްމާ ބްރިޖް އަކީ މީގެ އެއް ޕްރޮޖެކްޓެވެ.

ނަމަވެސް ކޮވިޑް 19 ކުރިމަތިވުމާއެކު އެހެންވެސް ގައުމު ތަކެކޭ އެއްފަދައިން ބަންގްލާދޭޝްގައިވެސް ދިރިއުޅުމުގެ އަގުތައް އުފުލިގެން ދިޔައެވެ. ބޭރު ފައިސާގެ ރިޒަރވް 48 ބިލިއަން ޑޮލަރުން 20 ބިލިއަން ޑޮލަރަށް ވެއްޓުނެވެ. އަދި ބޭރުގެ ދަރަނި 2016 ވަނަ އަހަރުން 2013 އަށް ދެގުނަ ވެފައިވެއެވެ. އެހާހަމައިން އިދިކޮޅު ފަރާތްތަކުން އިހްތިޖާޖަށް ނިކުތެވެ. ނަމަވެސް ސަރުކާރުން އައީ އެކަން މައިތިރި ކުރަމުންނެވެ. ބީއެންޕީ ގެ އިސް އޮފިޝަލުން ބުނާގޮތުގައި ޕާޓީގެ ވިއްސަކަށްހާސް ސަޕޯޓަރުން މިހާތަނަށް ވަނީ އެކި ދޮގު އިލްޒާމްތަކުގައި ހައްޔަރު ކޮށްފައެވެ.އަދި އެހާގިނަ ބަޔަކާ ދެކޮޅަށް ވަނީ ދައުވާތައް އުފުލާފައެވެ.

ފާޑުކިޔާފަރާތްތަކުން ވަނީ ހަސީނާގެ ސަރުކާރުން އިގްތިސާދީ ކާމިޔާބް ހޯދާފައިވަނީ ޑިމޮކްރަސީ އަދި އިންސާނީ ހައްގުތައް ނިގުޅައިގަތުމަށް ފަހު ކަމަށް ބުނެފައެވެ. މީޑިޔާގައި ތަޅުއަޅުއަޅުވާ އިދިކޮޅު ފަރާތްތައް ޖަލަށް ލައިގެން ކަމަށް ބުނެފައެވެ.  

170 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ބަންގްލާދޭޝްގައި ޝޭޚް ހަސީނާ އަލުން ވެރިކަމަށް ގެންނަން އެންމެ ބޮޑަށް ބޭނުން ވަނީ އަވަށްޓެރި އިންޑިޔާއިން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ބަންގްލާދޭޝްގެ ތިންފަރާތުން އިންޑިޔާއާއި ގުޅި ފައިވާއިރު އިންޑިޔާއަށް ބަންގްލާދޭޝް އަކީ ހަމައެކަނި އަވަށްޓެރި ގައުމެއްނޫނެވެ. އިންޑިޔާއަށް އަވަށްޓެރިގައުމަކަށް ވުމުގެ އިތުރުން ތަރައްގީގެ މުހިންމު ބައިވެރިއެކެވެ.އަދި އިންޑިޔާގެ އިރުއުތުރު ސްޓޭޓްތަކުގެ ސެކިއުރިރިޓީ އަށް ބަންގްލާދޭޝް އަކީ މުހިންމު ގައުމެކެވެ. އެހެން ކަމުން ޑާކާގައި އިންޑިއާ އާ ރަހުމަތްތެރި ސަރުކާރެއް އޮތުން ވަރަށްވެސް މުހިންމެވެ.

އިންޑިޔާއިން ފަށާފައިވާ ދަތުރުފަތުރުގެ މަޝްރޫއުތައް ކާމިޔާބް ކަމާއެކު ހިންގެން އައީ ބަންގްލާދޭޝް ގެ ތާއީދާއެކުއެވެ. އެއީ ޖިއޯގްރަފީގެ ގޮތުން އިންޑިޔާގެ އިރު އުތުރުގެ ބައެއް އަވަށްތައް ބަންގްލާދޭޝްއާ ލާމެހިފައިވާލެއް ބޮޑުކަމުންނެވެ. އެހެން ކަމުން ކޮންމެ އަގެއް ދީގެން ނަމަވެސް އިންޑިޔާއިން ބޭނުންވާނީ އެގައުމަށް ތާއީދު ކުރާ ސަރުކާރެކެވެ.

ބަންގްލަދޭޝްއިންތިޚާބުދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު