Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގައްޒާ ރައްޔިތުންގެ އުއްމީދުތައް

2024 އާއި ޣައްޒާގެ އުންމީދުތައް...

2.3 މިލިއަނެއްހާ ރަށްވެހިންނަކީ މިއަދު މި ދުނިޔޭގައި އެންމެ ބިކަ ޙާލުގައި ޖެހިފައި ތިބި މީހުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 2 ޖެނުއަރީ 2024 | އަންގާރަ 16:39
ގެދޮރު ގެއްލިފައިވާ ގައްޒާގެ ރައްޔިތުން ޓެންޓްތަކުގައި

ގެދޮރު ގެއްލިފައިވާ ގައްޒާގެ ރައްޔިތުން ޓެންޓްތަކުގައި

މީލާދީ ސަނަތުން 2 ހާހާއި 23 ވަނަ އަހަރަށް ވަދާޢުގެ ސަލާމްކޮށް، އައު ޢަޒުމުތަކާއި، އުންމީދުތަކާއި ހުވަފެންތަކާއެކު 2024 ވަނަ އަހަރާ ދުނިޔެ ކުރިމަތިލިއިރު، މި ފެށުނު އައު އަހަރަކީ ނިރުބަވެރި ޔަހޫދީންގެ ޝިކާރައަކަށް ވެފައި އޮތް ފަލަސްޠީނުގެ ޣައްޒާގެ ރަށްވެހިންނަށް މާ ތަފާތު ފެށުމެއް ނޫނެވެ. ވެގެން ވިއްޔާ ޢުދުވާންތައް އިތުރުވީއެވެ. ނަސްލު ދޮވެލުމަށް އިޒްރޭލުން ހިންގަމުން ދާ ޤަތުލުޢާންމަށް 3 މަސް ވާން ހަފުތާއެއްހާ ދުވަހަށް ވެފައި ވާ އިރު، 2024 ވަނަ އަހަރަކީ ދިރިއުޅުމަށް ހަމަޖެހުމެއް ލިބިދާނެ އަހަރަކަށް ވެދާނެ ކަމަކަށް ޣައްޒާގެ ރަށްވެހިން މާ ބޮޑު އުންމީދެއް ނުކުރެއެވެ.

41 ކިލޯމީޓަރު ދިގަށް، 6 އާއި 12 ކިލޯމީޓަރު ހުރަހަށް ދެމިފައި އޮތް ޣާއްޒާގެ 2.3 މިލިއަނެއްހާ ރަށްވެހިންނަކީ މިއަދު މި ދުނިޔޭގައި އެންމެ ބިކަ ޙާލުގައި ޖެހިފައި ތިބި މީހުންނޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާނެ ކަމަށް ބުނެ އޮކްޓޯބަރ 7 ވަނަ ދުވަހުން ފަށައިގެން ޔަހޫދީން ހިންގަމުން އަންނަ ޤަތުލުޢާންމުގައި މުޅި ޣައްޒާ ހަފުސްކޮށްފިއެވެ. އެ ރަށުގެ ހުރިހާ ރަށްވެހިންހެން މިހާރު ދިރިއުޅެމުން ދަނީ ޣައްޒާއާއި މިޞްރު ހިއްސާ ކުރާ ރަފަޙު ބޯޑަރު ސަރަޙައްދުގައެވެ. އެއީވެސް ވަކި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ވާ ސަރަޙައްދެއް ނޫނެވެ. ޑިސެމްބަރު 31 ވަނަ ދުވަހު، ރަފަޙުގެ މަގުތަކަށް ބަލައިލުމުން އެކަނިވެސް، އައު އަހަރަކީ ޣައްޒާގެ ރަށްވެހިންގެ ސިކުނޑީގައި މިއަދު އޮތް ލަފުޒުތަކެއް ނޫންކަން ސާފުކޮށް އެނގެއެވެ. ކޮންމެ މީހަކުހެން އަވަދިނެތި ބަލަމުން ދިޔައީ ބޯހިޔާކޮށްލެވޭނެ ގޮތެއް ވޭތޯއެވެ. ކާއެތިކޮޅެއް ލިބޭތޯއެވެ. ސާފު ފެންފޮދެއް ލިބޭތޯއެވެ.

ރަފަޙުން ބައްދަލުވި އެކަކީ ފަލަސްޠީނުގެ މެދު ޢުމުރުގެ ފިރިހެނެއް ކަމަށް ވާ އަބޫ ޢަބްދުﷲ އަލް-އަޣާއެވެ. އޭނާއަކީ މީގެ ކުރިން ޚާން ޔޫނިސްގައި ދިރިއުޅެމުން އައި މީހެކެވެ. އިޒްރޭލުގެ ޢުދުވާންތަކުގައި އޭނާގެ ގެ ސުންނާފަތިކޮށްލުމުން ރަފަޙަށް ބަދަލުވީއެވެ. ޔަހޫދީންގެ ޙަމަލާތަކުގައި، އަބޫ ޢަދުﷲ އަލް-އަޣާއަށް ބޮޑުބޭބެ ކިޔާ 2 ދަރިއަކުވެސް ވަނީ މި ދުނިޔެއާ ވަކިވެގޮސްފައެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ އިދާރާތަކުން ޚަބަރު ދޭ ގޮތުގައި، އިޒްރޭލުން މިހާރު ހިންގަމުންދާ ޤަތުލުޢާންމުގައި މި ދުނިޔެ ދޫކުރި މީހުންގެ ޢަދަދު 21800 އަށް ވުރެ މައްޗަށް އަރައެވެ. އެއީ ކޮންކޮން ބައެއްކަން ކަށަވަރު ވެގެން މަރުގެ ދަފުތަރުގައި ލިސްޓު ކުރި މީހުންގެ ޢަދަދެވެ. އެޔެއް މިޔެއް ބެލުމެއް ނެތި، އެއްގަމާއި، ކަނޑާއި، ވައިގެ މަގުން ދެމުން ގެންދާ ޢުދުވާނީ ޙަމަލާތަލުގައި ބިމާ ހަމަކުރާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެ، މަރުވެފައިވާ އަދި އެތައް ހާސް ބަޔަކު ވާނެ ކަމަށް ޣައްޒާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

އެމެރިކާއާއި އެމެރިކާއަށް އެއްބާރުލުން ދޭ އެކުވެރި ޤައުމުތަކުން ޖަހައިދީގެން އުޅޭ އައްޑަނައިގެ ނިވަލުގައި އޮވެގެން އިޒްރޭލުން ދެމުންދާ ލާއިންސާނީ ޙަމަލާތަކުގައި ފުރާނަ ސަލާމަތްވިއެއް ކަމަކު ޣައްޒާގެ ދިރިތިބީންނަކަށް ވަކި ސަލާމަތެއް ނެތެވެ. މުޅި ރަށަށް ވަނީ ބަނޑުހައިހޫނުކަން ވެރިވެއެވެ. ބަލިމަޑުކަން އިންތިހާއެވެ. މާޔޫސްކަމާއި އެކަނިވެރިކަމާއި، ކަރުނަ ފިޔަވާ އެ ފަސްގަނޑުގައި މިއަދު ހަމަ އެހެން އެކައްޗެއްވެސް ނެތެވެ. އީމާންތެރިކަމުން ފުރިގެން ވާ ސާބިތު ހިތްތަކެއް މެނުވީއެވެ. ކާނެ އެއްޗެއް ނެތް ތާ، ބޯނެ ފެން ފޮދެއްގެ މިންވަރުވެސް ނުލިބިގެން އުޅޭ އިރު، ޣައްޒާގެ ރަށްވެހިންގެ ކިބައިން ފެނިގެންދާ ހިތްވަރާއި ޢަޒުމަކީ މި ދެންނެވި އީމާންތެރިކަމުން އެ ހިތްތަކަށް ލިބިދޭ ތަސައްލީއެވެ.

ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިޒްރޭލާއި ފަލަސްޠީނާ ދެމެދު 75 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިގުލައި ގޮސްފައި ވާ ހަމަނުޖެހުންތަކަށް ސިޔާސީ ފެންވަރުގެ ޙައްލެއް ހޯދި ދާނެ ކަމަށް އޮތް ކުޑަނަމަވެސް އުންމީދުގެ ހުޅުކޮޅު މިހާރު ވަނީ މުޅިންހެން ނިވިފައެވެ. ރަފަޙުން ވާހަކަ ދެއްކި ސޫޒަން ޚާދިރުގެ ގިސްލުމާއި ރުއިމުންވެސް އިވިގެން ދިޔައީ ހަމަ އެ އަޑެވެ.

ޣައްޒާގެ މުޅި އާބާދީހެން މިއަދު އޮތީ އަމިއްލަ ވަޒަނުގައި ރެފިއުޖީންނަށްވެފައެވެ. ރަފަޙުގެ ވަގުތީ ޓެންޓުތަކުން ޖާގައެއް ލިބޭތޯ އެމީހަކަށް ވީ ގޮތަކަށް މަސައްކަތް ކުރާ މަންޒަރަކީ، އެ މަންޒަރެއް ބަލައިލަން، ކޮންމެކޮންމެ މީހެއްގެ ހިތަށް ކުޅަދާނަ ވާނެ މަންޒަރެއް ނޫނެވެ. ޣައްޒާގައި އދއިން ހިންގަމުން ދިޔަ ސްކޫލުތަކަކީ ވަގުތީ ހިޔާތަކަކަށް ބަދަލު ކުރި ނަމަވެސް، ޤަތުލުޢާންމުގެ ވަރަށް ކުރީކޮޅު އެތަންތަންވެސް ފުރި ބާރުވެއްޖެއެވެ. ޕްލާސްޓިކް ސަތަރިން ޖަހާ ވަގުތީ ފޭލިގެތަކުގައި ވަނީ ހަނދާންތަކެކެވެ. ހިތްދަތި ހަނދާންތަކެކެވެ. މިކަންކަމަކީ، ފިތިބާރުވެގެން ނަމަވެސް ބައެއްގެ އަޅުވެތިކަމާއި ޤަތުލުޢާންމުގެ މައިދާނެއްގައި ދިރިއުޅެން މަޖުބޫރުވެފައި ނެތް ބަޔަކަށް ވިސްނޭނެ ކަންކަމެއް ނޫނެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި، ޤާނޫނީ ހައިސިއްޔަތު ލިބިގެން ކުރެވުނު ކަމެއް ނެތެވެ. ޑިމޮކްރަސީއާއި އަމިއްލަވަންތަކަމުގެ ފައިދާއެއް ނުކުރިއެވެ. ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ޤައުމުގެ ގޮތުގައި މުޅި ދުނިޔެ ސުންނާފަތި ކުރަމުން އަންނަ އެމެރިކާއިން ރާވަމުންދާ ކުޅިގަނޑުގައި ހަމަ ކޮންމެ ޤައުމަކުންވެސް ޖެހެނީއެވެ. ބައެއް ޤައުމުތަކުން ގަސްތުގައެވެ. އަނެއް ބައި ޤައުމުތަކަށް އެނޫން ގޮތެއް ނޯންނަނީއެވެ. އެހެން ޤައުމަކުން ދެވަނަ ޤައުމަކަށް އަރާ، ހަނގުރާމައެއް ކުރާނަމަ، ނުވަތަ އަސްކަރީ ބާރުވެރިކަން ގަދަ ކުރަމުން ދާ ނަމަ، އެ ޤައުމަކާ ދެކޮޅަށް އެމެރިކާއާއި އެމެރިކާގެ އެކުވެރި ޤައުމުތަކުން ނާޅާކަށް ފިޔަވަޅެއް ނޯވެއެވެ. މިއަދު އެ ހުރިހާ ކަމެއް ކޮބައި ހެއްޔެވެ؟ އެމެރިކާ ޖަވާބުދާރީ ކުރެވޭނެ ޤައުމެއް ހަމަ ނެތީ ހެއްޔެވެ؟

ޣައްޒާއައު އަހަރުފަލަސްތީނު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު