Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމްގެ އިންތިޚާބު

ސޮއި ފޯޖުކުރަން ނުޖެހޭނެ ކަމަށް ވިދާޅުވެ މުފާ ރައްދުދެއްވައިފި!

ކުލަބު ވެލެންސިއާގެ ތާއީދު ސޮއި ނުހިމަނައި ވެސް، އެހެން ފަސް ކުލަބަކުން މުފާ އަށް ތާއީދު ކޮށްފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ޖެނުއަރީ 2024 | އަންގާރަ 02:36
ކުލަބު އީގަލްސްގެ ވަައިސް ޗެއާމަން މުފާވިޒް ހާޝިމް (މުފާ)

ކުލަބު އީގަލްސްގެ ވަައިސް ޗެއާމަން މުފާވިޒް ހާޝިމް (މުފާ)

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި ވާދަކުރުމަށް، ތާއީދު ހޯދުމުގެ ގޮތުން ސޮއި ފޯޖުކުރަން ނުޖެހޭނެ ކަމަށް ވިދާޅުވެ، ކުލަބު އީގަލްސްގެ ވަައިސް ޗެއާމަން މުފާވިޒް ހާޝިމް (މުފާ) ރައްދުދެއްވައިފި އެވެ.

މި މަހުގެ 31 ވަނަ ދުވަހު ބާއްވަން މަސައްކަތް ކުރަމުން އަންނަ އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރެއްވުމަށް މުފާ ވެސް ވަނީ ފޯމު ހުށަހަޅުއްވާފަ އެވެ. އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފުރަތަމަ ޑިވިޝަންގެ ތިން ކުލަބެއްގެ ތާއީދު ސިޓީ ހުށަހަޅަން ޖެހެ އެވެ. އެގޮތުން އިންތިޚާބުގައި ވާދަކުރެއްވުމަށް މުފާ ފޯމު ހުށަހެޅުއްވިއިރު، މުފާ އަތުގައި ކުލަބު ވެލެންސިއާގެ ތާއީދު ސިޓީ އޮތެވެ. އަނެއްކޮޅުން އެ އިންތިޚާބުގައި ވާދަކުރައްވަން ފޯމު ހުށަހެޅުއްވި އެފްއޭއެމްގެ ކުރީގެ ރައީސް އަޙުމަދު ޠާރިޤް (ޓޮމް) އަތުގައި ވެސް ވެލެންސިއާގެ ތާއީދު ސިޓީ އޮތެވެ.

އެ މައްސަލަ ބޮޑުވެފައި ވަނިކޮށް، ކުލަބު ވެލެންސިއާގެ ޗެއާމަން ޢަބްދުﷲ އަޒްމީން ސޮއިކުރައްވާ އެ ކުލަބުން ވަނީ އެފްއޭއެމްގެ އިލެކްޓޯރިއަލް ކޮމިޓީ އަށް ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ސިޓީގައި ވިދާޅުވެފައި ވަނީ ވެލެންސިއާގެ ތާއީދު އޮތީ ޓޮމް އަށް ކަމަށާއި، އެ ކުލަބުގެ ނަމުގައިވާ އެހެން ސިޓީއެއްވާ ނަމަ، އެއީ ޞައްޙަ ސިޓީއެއް ނޫން ކަަމަށެވެ. އެހެންކަމުން، ވެލެންސިއާގެ ސޮއި ފޯޖުކޮށްފައިވާ މައްސަލަ ދިވެހި ފުލުހުން އަދި ކޮމިޝަނަރ އޮފް ސްޕޯޓްސް އަށް ވެސް ހުށަހަޅުއްވާނެ ކަމުގައި ވަނީ އަޒްމީން ވަނީ ވިދާޅުވެފަ އެވެ.

އެކަމަށް ރައްދުދެއްވާ މުފާ ވަނީ ހޯމަ ދުވަހު އެކްސްގައި ޕޯސްޓެއްކުރައްވާފަ އެވެ. އެ ޕޯސްޓުގައި މުފާ ވިދާޅުވީ، އިންތިޚާބުގައި ވާދަކުރައްވަން ސޮއި ފޯޖުކުރަން އޭނާ އަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ކުލަބު ވެލެންސިއާގެ ތާއީދު ސޮއި ނުހިމަނައި ވެސް، އެހެން ފަސް ކުލަބަކުން މުފާ އަށް ތާއީދުކޮށްފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން، ސޮއި ފޯޖުކުރަން ޖެހޭ ޙާލަތެއްގައި ހުރީ އޭނާ ނޫންކަން ފާހަގަކުރައްވާ މުފާ ވިދާޅުވީ، ވަކި ކޮޅަކަށް ނުޖެހި ދިވެހި ފުލުހުން އެ މައްސަލަ އިންސާފުވެރިކަމާއެކު ތަޙުގީގުކޮށް، ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދިނުން އެދިވަޑައިގަންނަވާ ކަމަށެވެ.

މުފާ އަކީ މިހާރު ވެސް އެފްއޭއެމްގެ ހިންގާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ. ކުލަބު އީގަލްސްގެ ވައިސް ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ މުފާ އަކީ، އީގަލްސް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ ފަރާތެއް ވެސް މެއެވެ. އެފްއޭއެމްގެ އިންތިޚާބުގައި އެ އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރައްވަން މުފާ ނިންމެވީ، މިހާރު އެ މަޤާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލް، އެ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމެވުމުންނެވެ.

އެފްއޭއެމްގެ އިންތިޚާބު މި މަހު ބާއްވަން އިއުލާންކޮށް، މުއްދަތު ހަމަވެފައިވާއިރު، ސްޕޯޓްސް ކޮމިޝަނަރު ވަނީ އިންތިޚާބުގެ ކަންކަން މިވަގުތަށް މަޑު ޖައްސާލުމަށް އަންގަވާފަ އެވެ. އެއީ، އެފްއޭއެމްގައި ޤަވާއިދާ ޚިލާފަށް ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށް ބެލެވޭތީ އެވެ. އަދި އިންތިޚާބުގެ ކަންކަމުގައި އިތުރަށް އެއްޗެއް ވިދާޅުވާނީ، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަދި އޭޝިޔާގެ ފުޓުބޯޅަ އިދާރާ (އޭއެފްސީ)ގެ ބަހެއް ހޯދުމަށް ފަހު ކަމަށް ވެސް ސްޕޯޓްސް ކޮމިޝަަނަރު ވަނީ ވިދާޅުވެފަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)މުފާވިޒް ހާޝިމް (މުފާ)

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ފެބުރުއަރީ
"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"
20251 އަހަރު ކުރިން
ރިޕޯޓު

"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް
20242 އަހަރު ކުރިން
ރާއްޖެ

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި
20233 އަހަރު ކުރިން
ރިޕޯޓު

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް
20224 އަހަރު ކުރިން
ރާއްޖެ

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!
20215 އަހަރު ކުރިން
ރިޕޯޓު

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު