Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް އިންތިހާބު

އެފްއޭއެމް އިންތިހާބު: އެއް ޓީމަކުން ދެ ކެނޑިޑޭޓުންނަށް ތާއީދު ކުރުން ހުއްދަ: ޝާހު

31 ޑިސެމްބަރު 2023 | އާދީއްތަ 14:24

ޓޮމްގެ ކެނޑިޑެސީ ޝާހު ގަބޫލުކުރާ ގޮތުގައި ސައްހަވާނެ

ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2023 | އާދީއްތަ 14:24
އެފްއޭއެމުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއީލް

އެފްއޭއެމުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއީލް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބުގައި އެއް ކުލަބަކުން ދެ ކެނޑިޑޭޓަކަށް ތާއީދު ކުރުން މަނާކޮށްފައިނުވާ ކަމަށް ތަޖުރިބާކާރު ހިންގުންތެރިޔާ އަދިކުރީގެ ގައުމީ ކެޕްޓަން ޝާހު އިސްމާއީލް (ސާޔާ) ވިދާޅުވެއްޖެ އެވެ.

އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީކަން ވެސް ކުރެއްވި، އަދި ފަހުން ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި ސީއީއޯގެ މަގާމު ވެސް ދުވަސްކޮޅަކަށް ފުރުއްވި ޝާހު މިފަދައިން ވިދާޅުވީ ފުރަތަމަ ޑިވިޝަނުގެ ވެލެންސިއާއިން ދެ ކެނޑިޑޭޓުންނަށް ތާއީދު ސިޓީ ދީފައިވާ މައްސަލަ ބޮޑުވެފައިވަނިކޮށެވެ.

އެފްއޭއެމުގެ އިންތިހާބުގެ ވާދަވެރިކަމުގައި މިހާރު އެންމެ ބޮޑު އަރައިރުމަކަށް ވެފައި އޮތީ ވެސް ދެ ކެނޑިޑޭޓެއްގެ އަތުގައި ވެލެންސިއާގެ ތާއީދު ސިޓީ އޮތުމެވެ.

މި މައްސަލައިގައި އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ބޭނުންފުޅުވަނީ ވެލެންސިއާގެ ސިޓީ ބާތިލްކޮށް، ކުރީގެ ގައުމީ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް)ގެ ކެނޑިޑެސީ ގެއްލުވާލުމަށެވެ. ބައްސާމް ތާއީދު ކުރައްވަނީ އޭނާގެ އެކްސްކޯ މެމްބަރު އީގަލްސްގެ މުފާވިޒް ހާޝިމަށެވެ.

އެފްއޭއެމުގެ އަސާސީ ގަވާއިދުގެ އިނގިރޭސި ކޮޕީގެ އެންމެ ފަހު މާއްދާގައިވަނީ ކުރިމަތިލާ ކެނޑިޑޭޓަކު ފުރަތަމަ ޑިވިޝަނުގެ ތިން ކުލަބުގެ ތާއީދު ހޯދަންވާނެ ކަމަށެވެ. މި ގަވާއިދުގައި އެއް ކުލަބަކުން ދެ ކެނޑިޑޭޓަކަށް ތާއީދުކޮށްފިނަމަ ކެނޑިޑެސީ ބާތިލްވާނެ ވާނެވާހަކަ ބުނެފައިނުވެ އެވެ.

ފުރަތަމަ ޑިވިޝަނުގައި އަށް ކުލަބު އޮންނައިރު ކޮންމެ ކުލަބަކަށް ތާއީދުކުރެވޭނީ އެންމެ ކެނޑިޑޭޓަކަށް ހަދައިފިނަމަ އެފްއޭއެމް އިންތިހާބުގައި ތިން ވަނަ ކެނޑިޑޭޓަކަށް ވާދަކުރުމުގެ ދޮރު ބަންދުވާނެ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
11 އޮކްޓޯބަރު 2025

ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ

11 އޮކްޓޯބަރު 2025
ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ
11 އޮކްޓޯބަރު 2025

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް

11 އޮކްޓޯބަރު 2025
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް