Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޭސިކް ޕޮލިސިންގ ރަނގަޅުކުރުން

ބޭސިކް ޕޮލިސިންގ ރަނގަޅުކޮށް، މަގުމަތިން ފުލުހުންގެ ޚިދުމަތްދޭތަން ވަރަށް ގާތުން ރައްޔިތުންނަށް ފެންނާނެ – ސީޕީ

ސީޕީ ވިދާޅުވީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2023 | އާދީއްތަ 14:21
ކޮމިޝަނަރ އޮފް ޕޮލިސް، އަލީ ޝުޖާއު

ކޮމިޝަނަރ އޮފް ޕޮލިސް، އަލީ ޝުޖާއު

ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ބޭސިކް ޕޮލިސިންގގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި, ކުރިއަށް އޮތްތަނުގައި، މަގުމަތިން ފުލުހުންގެ ޚިދުމަތް ދޭތަން ވަރަށް ގާތުން ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންނަށް ފެނިގެންދާނެކަމަށް، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިގޮތަށް ވިދާޅުވީ، އިސްކަންދަރު ބިލްޑިންގުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުންނެވެ. ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ގާތުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ބޭސިކް ޕޮލިސް ރަނގަޅުކުރާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުންނާ ގާތުން ޚިދުމަތްދޭ ފުލުހުން ރާއްޖޭގެ އެކި ހިސާބުތަކުން ފެނިގެންދާނެ ކަމަށާއި، ފައިމަގުގައި ޕެޓްރޯލުކުރާ ފުލުހުން އިތުރުވެގެން ދާނެކަމަށެވެ.

އެކަމުގެ ނަތީޖާއަކަށް ވެގެންދާނީ މުޖްތަމައުގައި ކުށްކުރާ މިންވަރު މަދުވެ، ރައްޔިތުންނަށް އަމާންކަން އިހުސާސް ކުރެވުން ކަމުގައި ސީޕީ ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ، މަސްތުވާތަކެއްޗާއި ގޭންގު މާރާމާރީތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ސީޕީވަނީ ވިދާޅުވެފައެވެ. އެގޮތުން، މަސްތުވާތަކެތި އެތެރެވުމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއެކު މިހާރަށްވުރެ ރަނގަޅަށް މަސައްކަތްކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ މަސްތުވާތަކެތި ބޭނުންކުރާ މީހުން ހޯދައި، ނޭޝަނަލް ޑްރަގް އެޖެންސީއާ ހަވާލުކުރުމުން، އެ އެޖެންސީގެ ފަރާތުން އެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކޯޑިނޭޓްކުރަމުން ދާނެކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ސީޕީ ވިދާޅުވީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ. ރާއްޖޭގައި އުޅޭ މީހުން ހިމާޔަތްކޮށްދީ އެ މީހުންގެ މުދަލާއި ގެދޮރު ސަލާމަތްކުރުމަށާއި ގާނޫނު ނެގެހެއްޓުމަށް މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ފުލުހުންގެ ގާނޫނު ނަގަހައްޓަން މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ، ބޭސިކް ޕޮލިސިން ރަނގަޅުކޮށް، މައްސަލަތައް އަވަހަށް ތަހުގީގުކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ. އޭރުން ފުލުހުން ގާތުން ޚިދުމަތްދޭ މަންޒަރު އާއްމުންނަށް ފެނިގެންދާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ގެއްލުން ލިބޭ މީހުންނަށް އަވަހަށް އިންސާފު ލިބިގެންދާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޕޮލިސްކޮމިޝަނަރ އޮފް ޕޮލިސް، ޢަލީ ޝުޖާޢު

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު