Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަނިމާދޫ އެއާޕޯޓް

"ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭގެ ބައެއް ނިންމާ އަންނަ މަހު ޚިދުމަތްދޭން ފަށަނީ"

މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18ވަނަ ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 ޑިސެމްބަރު 2023 | އާދީއްތަ 02:35
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ކޮންސެޕްޓް

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ކޮންސެޕްޓް

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ފެށި މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭގެ ބައެއް ނިންމާ އަންނަ މަހު އޮޕަރޭޝަނަށް ގެނައުމަށް ތައްޔާރުވެއްޖެއެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 2.24 ކިލޯމީޓަރުގެ ރަންވޭއެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. ޖެނުއަރީ މަހު ބޭނުންކުރަން ފަށަނީ ރަންވޭގެ ދެކުނު ފަޅިއަށް ވާގޮތަށް ތަރައްގީކުރާ 1.4 ކިލޯމީޓަރުގެ ރަންވޭ ކަމަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރާ ގުޅޭ ހަބަރުތައް ރިޕޯޓްކުރާ އޭވިއޭޓާ މޯލްޑިވްސް އިން ބުނެއެވެ.

Advertisement - newsAdvertisement

އޭވިއޭޓާ މޯލްޑިވްސް އިން ބުނީ ހަނިމާދޫ އެއާޕޯޓްގެ އައު ރަންވޭގެ ބައެއްގައި ޚިދުމަތް ދިނުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްސީއެލް) އިން ތައްޔާރުވަމުންދާ ކަމަށެވެ. އެހެންނަމަވެސް އާރްސީއެލްގެ މެނޭޖުމަންޓުގެ ފަރާތުން ހަނިމާދޫ އެއާޕޯޓުގެ މަސައްކަތާއި މެދު މިހާތަނަށް އައި އިރު އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. ރައީސް ޞާލިހުގެ ސަރުކާރުން އެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސް އާއެވެ. އެކުންފުންޏަށް މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. 

ހަނިމާދޫ އެއަރޕޯޓް

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

ހަގީގީ އިންޓަނޭޝަނަލް އެއަރޕޯޓެއްގެ އުފާވެރިކަން މި ލިބުނީ ރައީސް ސާލިހްގެ ބުރަ މަސައްކަތުން: އަބްދުއްސައްތާރު

12 ނޮވެމްބަރު 2025
ހަގީގީ އިންޓަނޭޝަނަލް އެއަރޕޯޓެއްގެ އުފާވެރިކަން މި ލިބުނީ ރައީސް ސާލިހްގެ ބުރަ މަސައްކަތުން: އަބްދުއްސައްތާރު
10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
09 ނޮވެމްބަރު 2025

ދުއްޕާނެއްގެ ގޮތުގައި ސައީދު ސިފަ ކުރެއްވި ހަނިމާދޫ އެއަރޕޯޓު ރައީސް މުއިއްޒު ހުޅުވައި ދެއްވައިފި

09 ނޮވެމްބަރު 2025
ދުއްޕާނެއްގެ ގޮތުގައި ސައީދު ސިފަ ކުރެއްވި ހަނިމާދޫ އެއަރޕޯޓު ރައީސް މުއިއްޒު ހުޅުވައި ދެއްވައިފި
31 އޮކްޓޯބަރު 2025

ދަރަނީގެ އަދަދު ކުރީ ސަރުކާރަށް ނިސްބަތްކުރާ ގޮތަށް ކުރީ ސަރުކާރުގެ ސިޔާސަތުން އިތުރުވާ އާމްދަނީވެސް މި ބަޖެޓުން ކަނޑަންވާނެ: މައުރޫފް

31 އޮކްޓޯބަރު 2025
ދަރަނީގެ އަދަދު ކުރީ ސަރުކާރަށް ނިސްބަތްކުރާ ގޮތަށް ކުރީ ސަރުކާރުގެ ސިޔާސަތުން އިތުރުވާ އާމްދަނީވެސް މި ބަޖެޓުން ކަނޑަންވާނެ: މައުރޫފް
13 އޮކްޓޯބަރު 2024

"މިހާތަނަށް މި ސަރުކާރުން ހަނިމާދޫގައި އެއްވެސް އާ ޕްރޮޖެކްޓެއް ނުފަށާ، ރައްޔިތުން އެދުނު ކަންކަން އަދި ނުވޭ"

13 އޮކްޓޯބަރު 2024
"މިހާތަނަށް މި ސަރުކާރުން ހަނިމާދޫގައި އެއްވެސް އާ ޕްރޮޖެކްޓެއް ނުފަށާ، ރައްޔިތުން އެދުނު ކަންކަން އަދި ނުވޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު