Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެފްއޭއެމް

ބަހަނާ ހުސްވެ، ބައްސާމް އަދި އެފްއޭއެމް ޑިފެންސަށް!

މިހާތަނަށް ގަދަ ފައި ވިއްދައިގެން އިންނެވި އިނުމަށް ނިމުން އައިސްފި އެވެ. މިއަދު، ބައްސާމަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2024 | ހޯމަ 06:36
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގުމުގައި ހުރި ދޯހަޅި ކަންކަމުގެ ވާހަކަ އަބަދުމެ ދެކެވުނު ނަމަވެސް، އެކަންކަން އޮތީ ޙައްލު ނުވެ އެވެ. ސަރުކާރުތަކުން އެފްއޭއެމް އިސްލާޙު ކުރުމަށް އިންތިހާ އަށް މަސައްކަތް ކުރި ނަމަވެސް، އެކަމުގައި އަލި މަގެއް ނުފެނެ އެވެ. ވަކި ހިސާބަކުން އަތް ދޫކޮށްލަން ޖެހެނީ، އެފްއޭއެމްގެ ބަހަނާތައް ގިނަވުމުންނެވެ. ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ރާއްޖެ ސަސްޕެންޑު ކޮށްފާނެ ކަމުގެ ބަހަނާ އަކީ، އިތުބާރު ގެއްލިފައިވާ އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، އޭނާގެ ޓީމުން ދައްކާ އެންމެ ބޮޑު ބަހަނާ އެވެ. ދިވެހިންގެ އެއް ވަނަ ކުޅިވަރު އަދި ޤައުމީ ކުޅިވަރުގެ ގޮތުގައި ދެކެމުން އަންނަ ފުޓުބޯޅަ އަށް ދެރައެއް ލިބެން، ހަމަ އެންމެ މީހަކު ވެސް ނޭދޭނެ އެވެ.

އެފްއޭއެމްގެ ހިންގުމުގައި ހުރި މައްސަލަތަކުގެ ލިސްޓެއް ހަދައިފިނަމަ، އެ ލިސްޓުގެ ދިގުކަން ކޮޅުން ލައިގެން ދާނެ އެވެ. އިދާރީ ގޮތުން ކުރަން ހުރި ކަންކަމުން ފެށިގެން ގޮސް، ޓެކްނިކަލް ކަންކަން ވެސް ހުރީ އެ ހިސާބުގަ އެވެ. ކުޅިވަރުގެ ލޯބި ކެނޑި، އެފްއޭއެމަކީ ތިމާމެހެން ޖީބު ބޮޑު ކުރަން ޖައްސާ އުކުޅަކަށްވީ ފަހުން، ދިވެހި ފުޓުބޯޅައިގެ ދިރުން ހިނގައްޖެ އެވެ. ފޯރި ގެއްލިއްޖެ އެވެ. ކުޅިވަރަށް ކުޅުންތެރިން، ކޯޗުން އަދި އާންމު ރައްޔިތުން ދެމުން އައި ސަޕޯޓާއި، ލޯބި ވެސް ފަނޑުވެއްޖެ އެވެ. އެކަން މިއަދު ހުރިހާ ދިމާލަކުން އޮތީ ފެންނާށެވެ. ޝައްކެއް ވެސް ނެތް ގޮތުގައި އެއީ ފުޓުބޯޅައިގެ މައްސަލައެއް ނޫނެވެ. އެއީ ފުޓުބޯޅަ ހިންގަން ހަވާލުވެ ތިބި ވެރިންގެ އިހުމާލެވެ. އެވެރިންގެ ނާޤާބިލު ކަމެވެ.

ބައްސާމްގެ ދެ ވަނަ ދައުރު ނިމެން ކުޑަތަންވެފައިވާއިރު، ފުޓުބޯޅަ އޮތީ ފުން މިން ނޭނގޭ އަނދަވަޅެއްގަ އެވެ. ފުޓުބޯޅަ ސަލާމަތް ކުރުމަށް ނަގަން ޖެހޭ ރިސްކު އިންތިހާ އަށް ބޮޑުއިރު، ވާން ޖެހޭ ޤުރުބާނީ ވެސް އިންތިހާ އަށް ބޮޑެވެ. އެފްއޭއެމްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް މުސާރަ ނުދޭ ވާހަކަ ދައްކަން ފެށުމުން، އެންމެ ފުރަތަމަ އެ އިދާރާ އިން ފެށީ އެކަން ދޮގު ކުރާށެވެ. އެންމެ ފަހުން އެކަމުގެ ހަގީގަތް ސާފުވެގެން ދިޔައީ، މުސާރަ ނުދީ ގިނަ ދުވަސް ވެގެން މުވައްޒަފުން މަސައްކަތަށް ނިކުތުން ހުއްޓާލުމުންނެވެ. ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިވީއިރު ވެސް، މުސާރަ ނުދޭތާ އެތައް މަހެއް އޮތީވެފަ އެވެ. އަނެއްކޮޅުން، ޕެންޝަން ފައިސާ އަށް ޚިޔާނާތްތެރިވުމާއި، ޤައުމީ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ އަށް ވެސް އޮތީ ބޮޑުތަނުން ޚިޔާނާތްތެރިވެފަ އެވެ.

އަނެއްކަމަކީ، އެފްއޭއެމް ދަރަނިވެރިވެގެން ދިޔަ މިންވަރެވެ. އެކި އެކި އިދާރާތަކުންނާއި، ތަންތަނުން ޚިދުމަތް ހޯދުމަށްފަހު، އެ ތަންތަނަށް ދައްކަން ޖެހޭ ފައިސާ ވެސް އޮތީ ނުދައްކަ އެވެ. ހޮސްޕިޓާތަކުން ފެށިގެން ގޮސް ހޮޓާތަކެވެ. ބޮޑެތި ފިހާރަތަކުން ފެށިގެން ގޮސް، އާދައިގެން ކަންމަތީ ފިހާރަ އަށް ވެސް އެފްއޭއެމް އޮތީ ދަރައިފަ އެވެ. އެކަމުގެ ސަބަބުން، އެ މައްސަލަތައް ވަނީ ޝަރުއީ މަރުހަލާއާ ހަމައަށް ވެސް ގޮސްފަ އެވެ. އެ ތަންތަނަށް ފައިސާ ދެއްކުމަށް އެފްއޭއެމާ ދެކޮޅަށް ޝަރުއީ މަރުހަލާ އިން އެތައް ޙުކުމެއް އައިސްފައިވާއިރު، ކޯޓުތަކުގައި ވެސް އެފްއޭއެމް ބޭޒާރުވަނީ އެވެ. މިއީ ދިވެހި ފުޓުބޯޅައިގެ ޙަޔާތުގައި ޖެހެމުން އަންނަ ކަޅު ލައްތަކެކެވެ.

އެފްއޭއެމަށް އެކި އިދާރާތަކުން ދެމުން އަންނަ ފައިސާ އަށް ވެސް އޮތީ ޚިޔާނާތްތެރިވެފަ އެވެ. ސަރުކާރުން ދެމުން އަންނަ ފައިސާ އާއި، ބައިނަލްއަޤުވާމީ އިދާރާތަކުން ދެމުން އައި ފައިސާ އެވެ. އެ ފައިސާތައް ބޭނުންކުރި ކަމަށް ފުރަތަމަ ހެއްދެވީ ދެކޮޅެވެ. ނަމަވެސް ދިވެހި ފުލުހުންނާއި، ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުން ހުރިހާ ކަމެއް ފަޅާ އެރި އެވެ. ފައިސާތައް ބޭނުންކޮށްފައިވާ ގޮތާއި، ދަތުރު ކޮށްފައިވާ ގޮތާއި، ފައިސާ ދައްކާފައިވާ ފިހާރަތަކާއި، ހޮޓާތައް ވެސް ތަހުގީގަށް އޮތީ ފެންނާށެވެ. އެ މައްސަލަ މިހާރު އޮތީ ދައުވާ ކުރާ ހިސާބުގަ އެވެ. އެ މައްސަލައިން ބައްސާމަށް ސަލާމަތްވެވޭނެ ގޮތެއް ޖެހޭނީ އަމިއްލަ އަށް އުފަން ކުރުވާށެވެ.

އެފްއޭއެމްގެ މައްސަލަތައް އެ މަގުން ހިނގަމުން އަންނަކަން ބައިނަލްއަޤުވާމީ އިދާރާތުގެ ސަމާލުކަމަށް އޮތީ އައިސްފަ އެވެ. އެހެންވެ، މިހާރު އެފްއޭއެމަށް ފައިސާ ދެނީ މަރުހަލާތަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި ދީފައިވާ ފައިސާ ބޭނުން ކުރުމަށްފަހު، ބޭނުން ކުރި ގޮތުގެ ތަފުސީލު ވެސް ހިއްސާކުުރުމަށް އޮތީ އަންގައިފަ އެވެ. ދެ ވަނަ ފަހަރަށް ފައިސާ ދޭނީ އޭގެ ފަހުނުންނެވެ.

ހުރިހާ ބަހަނާއެއް ހުސްވެ، މިއަދު ބައްސާމް އަދި އެފްއޭއެމް ކުޅެނީ ޑިފެންސް އަށެވެ. އަވަސް އަރުވާލައިގެން އަންނަ މަހު ބާއްވަން އުޅުނު އިންތިޚާބު މަޑު ޖައްސާލަން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އޮތީ އަންގަވައިފަ އެވެ. ކޮމިޝަނަރ ފާހަގަ ކުރައްވާފައިވާ ގޮތުގައި އެފްއޭއެމުން ކަންކަން ކުރަމުން އަންނަނީ އޮޅުވާލުމެއްގެ ތެރެއިންނެވެ. ކަންކަން ކުރަމުން އައީ، އަދި މިހާރު ވެސް ކުރަމުން ދަނީ އިޖުރާއަތްތަކާ ޚިލާފަށެވެ. ހިންގާ ކޮމެޓީގެ ހުސްވި މަޤާމުތަކާއި، ޖެނަރަލް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު ޢަައްޔަން ކުރުމަށް ބާއްވަން ޖެހޭ ހިންގާ ކޮމެޓީގެ ބައްދަލުވުމެއް ވެސް ނުބާއްވަ އެވެ. އެކަން ކޮށްފައި ވަނީ ބައްސާމް އަމިއްލަ އަމިއްލަ އަށް، އެފްއޭއެމްގެ ވަޓްސްއެޕް ގުރޫޕެއްގައި ޖެއްސެވި މެސެޖަކުންނެވެ.

މިއަދު، މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ ނުބާއްވާ އޮތް ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ، ހިންގާ ކޮމެޓީގެ މެމްބަރުންގެ ސޮއި ކުރެއްވުމަށެވެ. ނަމަވެސް، ފަސް މެމްބަރުން އިސްތިއުފާ ދެއްވާފައިވާއިރު، ނުބާއްވާ ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ ސޮއި ކުރަން، ގިނަ މެމްބަރުން އަންނަނީ ދެކޮޅު ހައްދަވަމުންނެވެ. ޖަހާނެ ހުރިހާ ފައްޔެއް ބައްސާމަށް ހުސްވެއްޖެ އެވެ. އިތުރަށް ކުރިއަށް ދެވޭނެ ގޮތެެއް ނެތި، މިހާތަނަށް ގަދަ ފައި ވިއްދައިގެން އިންނެވި އިނުމަށް ނިމުން އައިސްފި އެވެ. މިއަދު، ބައްސާމަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތެވެ. މިހާރު ކުޅުއްވަމުން އެ ގެންދަވަނީ ޑިފެންސަށެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ބައްސާމް އަދީލް ޖަލީލްކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު