Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެފްއޭއެމް އިންތިހާބު

ތިން ވަނަ ކެންޑިޑޭޓަކަށް އެފްއޭއެމްގެ ދޮރު ބަންދުކޮށްފި

އިނގިރޭސި ގަވާއިދާއި ދިވެހި ގަވާއިދު ތަފާތު

ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2023 | އާދީއްތަ 04:25
މިދިޔަ ސީޒަންގެ ޗެރިޓީ މެޗަށްފަހު ރަމްޒީ ޗެކް ބްލައިންޑް އެސޯސިއޭޝަނާ ހަވާލުކުރަނީ

މިދިޔަ ސީޒަންގެ ޗެރިޓީ މެޗަށްފަހު ރަމްޒީ ޗެކް ބްލައިންޑް އެސޯސިއޭޝަނާ ހަވާލުކުރަނީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބަށް ތިން ވަނަ ކެންޑިޑޭޓަކަށް ކުރިމަތިނުލެވޭ ގޮތަށް އެ އިދާރާގެ އަސާސީ ގަވާއިދު ހަދާފައިވާކަން ފަޅާއަރައިފި އެވެ.

އެފްއޭއެމުގެ އަސާސީ ގަވާއިދުގެ އެންމެ ފަހު މާއްދާގައި ލިޔެފައިވަނީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓަކު ފުރަތަމަ ޑިވިޝަނުގެ ތިން ކުލަބުގެ ތާއީދު ހޯދަންޖެހޭނެ ކަމަށެވެ. ފުރަތަމަ ޑިވިޝަނުގައި މިވަގުތު އޮތީ އަށް ކުލަބެވެ. މިހެންވެ ގަވާއިދުގެ މި މާއްދާ އޮތް ގޮތުން ތިން ވަނަ ކެންޑިޑޭޓަކަށް ތިން ކުލަބުގެ ތާއީދު ނުހޯދޭނެ މަގު މި އޮތީ ބަންދުކޮށްފަ އެވެ. އަދި މި މާއްދާ މިހެން އޮތުމުން ފުރަތަމަ ޑިވިޝަނުގެ ހަ ކުލަބު އެކަކަށް ތާއީދުކޮށްފިނަމަ އިންތިހާބީ ކޮންގްރެސްގައި އޮންނާނީ އެންމެ ކެންޑިޑޭޓެއްގެ ނަމެވެ. ޖެހޭނީ ފެންނަ ނުފެންނަ ވޯޓު ނަގާށެވެ.

ދެން އޮތީ އެފްއޭއެމުން ފޮރުވައިގެން އުޅޭ އިނގިރޭސި ގަވާއިދާއި ކަމިޝަނަރ އޮފް ސްޕޯޓްސް އަށް ދައްކައި ފާސްކުރި ދިވެހި ތަރުޖަމާގައިވާ ތަފާތެވެ. ކުރިމަތިލާ ކެންޑިޑޭޓަކު ފުރަތަމަ ޑިވިޝަނުގެ ތިން ކުލަބުގެ ތާއީދު ހޯދަންޖެހޭ އެއްވެސް ވާހަކައެއް ދިވެހި ގަވާއިދުގައި ނެތެވެ. ނަމަވެސް މިކަމުގައި އިނގިރޭސި ގަވާއިދުގައިވާ ގޮތަށް އަމަލުކުރަން ޖެހެނީ އެފްއޭއެމުގެ ގަވާއިދުގައި ކަމެއް ފުށުއަރައިފިނަމަ ގޮތް ނިންމަންޖެހޭނީ އިނގިރޭސި ގަވާއިދަށް ބަލައިގެން ކަމަށް ލިޔެފައިވާތީ އެވެ.

އެފްއޭއެމުގެ ކުރިއަށް އޮތް އިންތިހާބަށް ކުރިމަތިލެއްވި ދެ ކެންޑިޑޭޓުންގެ މެދުގައި ޖެހިފައިވާ މައްސަލަ އަކީ ވެސް ގަވާއިދުގައިވާ މި މައްސަލަ އެވެ. ކުރީގެ ގައުމީ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) ކުރިމަތިލެއްވީ މާޒިޔާ އާއި ވެލެންސިއާ އަދި ޓީސީގެ ތާއީދާ އެކުގަ އެވެ. ފާޑުކިއުމާއި ހިޔާނާތުގެ ތުހުމަތު ކުރެވިފައިވާ އެފްއޭއެމުގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯ މެންބަރު މުފާވިޒް ހާޝިމް އަށް ތާއީދުކޮށްފައިވަނީ ޓޮމް އަށް ތާއީދުކޮށްފައިވަނީ ފަސް ކުލަބަކުންނެވެ. އެއީ މުވާވިޒް ނިސްބަތްވާ އީގަލްސް އާއި ގްރީން ސްޓްރީޓްސް އާއި ބުރު ސްޕޯޓްސް ކުލަބާއި ސަސް އާއި ޔުނައިޓެޑް ވިކްޓަރީ އެވެ. މުވާވިޒްގެ ޓީމުން ވަނީ ވެލެންސިއާގެ ބައެއް މެމްބަރުންގެ ސޮޔާއެކު އެކުލަބުގެ ސިޓީއެއް ވެސް ތާއީދު ކުރާ ކަމަށް ފޮނުވައިފަ އެވެ. މިހެންވެ ވެލެންސިއާގެ ސިޓީ ކެންސަލްވެއްޖެނަމަ ޓޮމްގެ ކެންޑިޑެސީ ބާތިލްވާނެ އެވެ.

އެކަމަކު އެފްއޭއެމުގެ ގަވާއިދު އެއް ކުލަބަކުން ދެ ކެންޑިޑޭޓަކަށް ތާއީދު ކުރުން މަނާނުކުރެ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ބައްސާމް އަދީލް ޖަލީލްކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު