Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޝްވަތުގެ ހުށަހެޅުންތައް

ސަރުކާރު ވަޒީރެއްގެ ރިޝްވަތުގެ ބޮޑެތި ހުށަހެޅުންތަކެއް އެމްޑީޕީގެ ޕީޖީއަށް: "ބޭނުން ކަމެއް ކޮށްދޭނަން"

އަބްދުއްރަހީމް ގުޅުއްވި، ބޭނުންފުޅުވާ ކަންކަން ހިއްސާކުރައްވާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 30 ޑިސެމްބަރު 2023 | ހޮނިހިރު 10:23
ހޮނިހިރު ދުވަހު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ހޮނިހިރު ދުވަހު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ވަޒީރުންނަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަދުން ހުސައިން) ކުރައްވައިފިއެވެ.

ހޮނިހިރު ދުވަހު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުސައިން ވިދާޅުވީ، ވަޒީރުންނަށް ރުހުން ނުދިނުމަށް އެއްވެސް އިރެއްގައި މަސައްކަތްނުކުރާ ކަމަށެވެ. މި މަސައްކަތާ ގުޅޭގޮތުން ޕީއެންސީގެ ޗެއަރޕަރސަން އަދި ރައީސްގެ އިސް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ގުޅުއްވި ކަމަށާއި، ބޭނުންފުޅުވާ ކަންކަން ހިއްސާކުރައްވާފައި ވާކަމަށެވެ. އަދި އެމްޑީއޭގެ މެންބަރަކުވެސް ގުޅުއްވި ކަމަށާއި، ރުހުން ދޭންޖެހޭ އެންމެ ވަޒީރެއްގެ ނަންފުޅު ހިއްސާކުރައްވާފައި ވާކަމަށް ހުސައިން ވިދާޅުވިއެވެ.

މިސަރުކާރުގެ 4 ބޭފުޅުންނާ ހުކުރު ދުވަހުގެ ރޭ ދިމާވިކަން ފާހަގަކުރައްވައި ހުސައިން ވިދާޅުވީ، ހުކުރު ޚުތުބާ އަމާޒުކޮށްފައިވަނީ ރައީސް މުއިއްޒަށް ކަމަށާއި، އެއީ ކޮށްފައިވާ ފުރައްސާރައެއް ކަމަށް އެބޭފުޅުން ވިދާޅުވިކަމަށެވެ. އެހެންކަމުން އެކަމާ ގުޅުންހުރި ވަޒީރަށް ރުހުން ނުދިމަށް އެބޭފުޅުން އެދިވަޑައިގެންފައި ވާކަމަށް ހުސައިން ވިދާޅުވިއެވެ.

މީގެ އިތުރުން ހުސައިން ވިދާޅުވީ، މިސަރުކާރުގެ ވަޒީރަކު ވަޓްއަޕް ގުރޫޕެއް ހައްދަވައި، އެގޫޕަށް ޕީޖީގެ ހުރިހާ މެންބަރުން އެޑްކުރެއްވުމަށްފަހު، ވިދާޅުވި ކަމެއް ކޮށްދެއްވާނެކަމަށް އެ ގުރޫޕްގައި ވިދާޅުވެފައި ވާކަމަށެވެ. އަދި އެބޭފުޅާގެ އެ މެސެޖް ދެއްވުމަށްފަހު އަމިއްލަފުޅަށް ގުރޫޕް ދޫކޮށްލައްވާފައި ވާކަމަށް ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ މިސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް ދަތިވެގެން ނޫޅޭކަމަށެވެ. ނަމަވެސް ސަރުކާރުގެ ތެރޭގައި ވަރަށް ކަންކަން ހިނގާ ކަމަށާއި، އެބޭފުޅުން އުޅުއްވާ ގޮތުން އުނދަގޫފުޅުވާކަން ހުސައިން ފާހަގަކުރެއްވިއެވެ.

އެމްޑީޕީމެންބަރު ހުސެއިން ޝަހީމް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު