Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލޮސް އެންޖަލަސް

ލޮސް އެންޖަލަސް އަށް ބަދަލުވާން ލޮރިސް އެއްބަސްވެއްޖެ

އޭނާ ލޮސް އެންޖަލަސް އަށް ބަދަލު ވާނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2023 | ހޮނިހިރު 03:09
ޓޮޓެންހަމަށް ކުޅެމުން އަންނަ ފްރާންސްގެ ހޫގޯ ލޮރިސް

ޓޮޓެންހަމަށް ކުޅެމުން އަންނަ ފްރާންސްގެ ހޫގޯ ލޮރިސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމަށް ކުޅެމުން އަންނަ ފްރާންސްގެ ގޯލު ކީޕަރު ހޫގޯ ލޮރިސް، މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ ލޮސް އެންޖަލަސް އަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ. 

ލިއޯން ދޫކޮށް، އުމުރުން 37 އަހަރުގެ ލޮރިސް ޓޮޓެންހަމަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އެންމެ ފަހުން އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރު އެވެ. އެހެންކަމުން، އެއްބަސްވުމުގެ މުއްދަތު ހަމަވުނުން އޭނާ އެ ކުލަބު ދޫކޮށްލާނެ ކަމުގެ އަޑުތައް އޮތީ މީގެ ކުރިން ވެސް ފެތުރިފަ އެވެ. މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އޭނާ ވަނީ އެ ކުލަބުގެ ޕްރީ ސީޒަން ސްކޮޑުން ވެސް އުނިކޮށްފަ އެވެ. އެއީ އޭނާ ކުލަބު ދޫކޮށްލަން ބޭނުންވާތީ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް، ފަހުން އޭނާ ވަނީ އަލުން ޓީމުގައި ހިމެނިފަ އެވެ.

އެމެރިކާ ލީގުގެ ލޮސް އެންޖަލަސް އިން ވަނީ ލޮރިސް ހޯދުމުގައި ޓޮޓެންހަމާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. އެ މަޝްވަރާތަކަށްފަހު، އެ ކުލަބަށް ބަދަލުވުމަށް ލޮރިސް އަނގަ ބަހުން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިވަގުތު ލޮރިސް ހުރީ ވެސް ކުޅުމާ ދުރުގަ އެވެ. އެއީ އޭނާ އަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ. އޭނާ ލޮސް އެންޖަލަސް އަށް ބަދަލު ވާނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ލޮރިސްއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ބުނީ، ކުޅުންތެރިޔެއްގެ ކުރިމަގާމެދު، ގޮތެއް ނިންމާނީ އެ ކުޅުންތެރިޔަކު އަމިއްލަ އަށެވެ. ނުވަތަ ކުލަބުން ގޮތެއް ނިންމި ނަމަވެސް، އެކަމަށް އިޙުތިރާމް ކުރާނެ ކަމުގައި އޭނާ ވަނީ ބުނެފަ އެވެ.

ލޮރިސް ވަނީ މިހާތަނަށް 12 ސީޒަންގެ ތެރޭގައި، 447 މެޗެއްގައި ޓޮޓެންހަމްގެ ގޯލު ބަލަހައްޓައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ކުޅެފަ އެވެ. މީގެ އިތުރުން ކަރަބޯ ކަޕްގެ ފައިނަލެއްގައި ދެ ފަހަރު ވަނީ ކުޅެފަ އެވެ. މިހާރު ކުރިއަށްދާ ސީޒަންގައި، ޓޮޓެންހަމްގެ އެއްވެސް މެޗެއްގައި ލޮރިސް ކުޅެފައެއް ނުވެ އެވެ. އޭނާ އެންމެ ފަހުން ޓޮޓެންހަމަށް މެޗެއް ކުޅުނީ މިދިޔަ ސީޒަންގަ އެވެ. އެއީ މިއަހަރުގެ އޭޕްރީލް މަހު އެވެ. ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ޓޮޓެންހަމުން ކުޅުނު މެޗުގައި އޭނާ އަށް އަނިޔާވެ، ވަނީ ބަދަލުކޮށްފަ އެވެ. އޭގެ ފަހުން އޭނާ ހުންނަނީ ކުޅުމާ ދުރުގަ އެވެ.

ލޮސް އެންޖެލެސް ޓޮޓްނަމް ހޮޓްސްޕަރހޫގޯ ލޮރިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސޮން ލޮސް އެންޖަލަސް އަށް ބަދަލުވެއްޖެ

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސޮން ލޮސް އެންޖަލަސް އަށް ބަދަލުވެއްޖެ

07 އޯގަސްޓު 2025
އެމެރިކާގެ ލޮސް އެންޖަލަސް އަށް ބަދަލުވާން ސޮން އެއްބަސްވެއްޖެ

އެމެރިކާގެ ލޮސް އެންޖަލަސް އަށް ބަދަލުވާން ސޮން އެއްބަސްވެއްޖެ

04 އޯގަސްޓު 2025
ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި

ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި

07 ޖޫން 2025
ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި

ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި

20 މާރިޗު 2025
ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ

ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ

17 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު