Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޑީޕީ 13 މެންބަރުން ޕީއެންސީއަށް

މިއަދު އެމެންބަރުން އައީ ފައިސާއަށް "ނަމަ" މާދަމާ ވެސް އެ މެންބަރުން ވިކޭނެ

ގިނަ ބައެއްގެ ފާޑުކިޔުން މެންބަރުންނަށް ވަނީ އަމާޒުވެފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2023 | ހުކުރު 10:19
ހުކުރު ވިލޭރޭ ކުރިއަށް ގެންދިޔަ ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން

ހުކުރު ވިލޭރޭ ކުރިއަށް ގެންދިޔަ ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން

އަބަދުވެސް ރާއްޖޭގެ ސިޔާސީ މަސްރަހަށް އެކިއެކި އޮއެވަރުތައް އާދެއެވެ. ތަފާތު އެކިގޮތްގޮތަށް އެކި ބާރުމިނުގައެވެ. އެގޮތުން މިއަހަރު މުޅި ސިޔާސީ މަސްރަހަަށް އައި އެންމެ ބޮޑު އެންމެނަށް ވެސް ސިހުން ގެނުވި އޮއެވަރަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ނިސްބަތްވާ 13 ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ދޫކުރައްވައި، ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އާ ގުޅުނު ޚަބަރެވެ.

28 ޑިސެންބަރު 2023 ވީ ހުކުރު ވިލޭރޭ ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޚާއްސަ ޖަލްސާގައި މި 13 އިއްޒަތްތެރި މެންބަރުން ވަނީ ސޮއިކުރައްވައި، ފޯމް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާއި ހަވާލުކުރައްވާފައެވެ. އެއީ:މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ހައިތަމް، ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު، އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު، ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް، މަތިވެރީ ދާއިރާގެ މެމްބަރު ހަސަން ޒަރީރް، މުލަކު ދާއިރާގެ މެމްބަރު އިބްރާހީމް ނަސީރު، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހްސިން ހަމީދު، ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝާޒް، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން، ކޮމަންޑޫ ދާއިރާގެ މެމްބަރު އިބްރާހީމް ރާޝިދު، އަދި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީއެވެ.

މެންބަރު ޕާޓީ ބަދަލުކުރެއްވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިޔާލުތަކާއި، ފާޑުކިޔުންތައް ބަންޑުންކޮށްލާފައެވެ. އެއްބަޔަކު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރަމުންދާއިރު، އަނެއް ބަޔަކު ދަނީ މެންބަރުން ނިންމެވި ނިންމެވުމަށް ތައުރީފު ވެސް ކުރަމުންނެވެ.

ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި މި 13 މެންބަރުން ވަނީ ކޮންމެ ބޭފުޅެއް ވެސް 4 މިލިއަން ރުފިޔާގެ ރިޝްވަތު ނަންގަވާފައެވެ. މީގެ އިތުރުން ބައެއް މީހުން ވަނީ އިހުލާސްތެރިން މަދު ގައުމެއްގައި ފުދުންތެރި އަދި އިންސާފުވެރި ހަޔާތެއް ބިނާކުރުމަކީ ވަރަށް ދުރުކެމެއްގެ ގޮތުގައި ސިފަކޮށްފައެވެ. މުޑުދާރު ކަންކަން ގައުމީ ފެންވަރުގައި ހިނގާދާއިރު އަތްޖަހަން ތިބި ރައްޔިތުންގެ އަދަދު ފެނުމުން މިކަން ޔަގީން ކުރެވިފައިވާ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.

ނަމަވެސް ބައެއް މެންބަރުން ޕާޓީ ބަދަލުކުރެއްވީ ގައުމުގެ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ވޯޓުން ގެނައި ވެރިކަމެއް ދިފާއު ކުރެއްވުމަށް ކަމަށް ވިދާޅުވެފައިވެއެވެ. އެ ވިދާޅުވާ ގައުމީ މަސްލަހަތު ސާފުކޮށްދިނުމަށް ބައެއް މީހުން އެދިފައިވާއިރު، މެންބަރުން ނިސްބަތްވާ ދާއިރާތަކުގެ ރައްޔިތުންގެ ހައްގުތައް ކޮބައިތޯ ވެސް ސުވާލު އުފައްދާފައިވެއެވެ. އެއީ އެބޭފުޅުން މަޖިލީހަށް އިންތިޚާބުވެފައިވަނީ ވަކި ޕާޓީއެއްގެ ފަރާތުން ކަމަށްވާއިރު، ވަކި ޕާޓީއަކުން ވާދަކުރާ ކެންޑިޑޭޓަކަށްވީތީ ވޯޓު ދިން ރައްޔިތުން މަދުނުވާނެތީއެވެ.

ރިޝްވަތުގެ ބޮޑެތި ތުހުމަތުތައް އާއްމު ރައްޔިތުން ކުރި ނަމަވެސް މިއިން އެއްވެސް މެންބަރެއްގެ ހިލަމެއްނެތެވެ. އެއްވެސް ތުހުމަތަކަށް ޖަވާބެއް ވެސް ނުދެއްވައެވެ. ނަމަވެސް ކުއްލިއަކަށް ޕާޓީ ބަދަލުވުމާއި ގުޅިގެން ރައްޔިތުން ކުރާ ސުވާލުތަކަށް މެންބަރުން ޖަވާބުދާރީވާންޖެހެއެވެ. އެއީ އެގޮނޑިތަކަށް އެ މެންބަރުން އިންތިޚާބުކޮށްފައިވަނީ ރައްޔިތުން ކަމަށްވާތީއެވެ.

ދެން އޮތީ ސަރުކާރުގެ ވާހަކައެވެ. މިއަދުގެ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ކޮރަޕްޝަނަށް މަގުފަހިވާނެ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމުގެ ވައުދުފުޅާއެކުއެވެ. ކޮރަޕްޝަނަށް ހުޅުވޭ ހުރިހާ ދޮރެއް ބަންދުކުރާނެ ކަމުގެ ޔަގީންކަމާއެކުއެވެ. ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމާއެކު ހަރަދު ކުޑަކުރައްވާނެ ކަމުގެ ޔަގީންކަމާއެކުއެވެ.

ނަމަވެސް ސަރުކާރުގެ ކެބިނެޓްގެ ބައެއް މެންބަރުންނަށް ރުހުން ނުލިބިދާނެ ކަމުގެ ބިރާއި، ރައީސްއާއި ނައިބު ރައީސް އަޒުލުކޮށްފާނެކަމުގެ ބިރާއެކު މެންބަރުން ބޮޑު އަގުގައި ''ގަތީ'' ކަމަށް ރައްޔިތުން ދަނީ ތުހުމަތުކުރަމުންނެވެ. އަދި މިތުހުމަތުތަކަށް ވެސް ސަރުކާރުގެ އެއްވެސް ޖަވާބެއް ނެތެވެ. ނަމަވެސް މިއަދުގެ ސަރުކާރުގައި ތިބި ބޭފުޅުންނަކީ ޕާޓީ ބަދަލުކޮށްފި ކަމަށްވާނަމަ މަޖިލިސް ގޮނޑި ގެއްލެންޖެހޭ ކަމަށް ވަކާލާތުކުރި ބޭފުޅުންނެވެ. މިއީ ކޮރަޕްޝަނަށް ހުޅުވޭ ދޮރެއް ކަމަށް އެބޭފުޅުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން ރާއްޖޭގެ މުސްތަގުބަލަށް ވިސްނައި، ސިޔާސީ ބޭފުޅުންނަށް ޒަމާނުއްސުރެ ރައްޔިތުން ކުރަމުންދާ ކޮރަޕްޝަންގެ ތުހުމަތުތައް ހުއްޓުވުމުގެ ގޮތުން ޕާޓީ ބަދަލުކުރުމުގެ ސިޔާސަތަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ އިގްތިސާދު ބޮޑު އަދަވަޅެއްގެ ތުންފަތްމަތީގައި އޮތްކަމަށް ވިދާޅުވި ރައީސްއަކު މިފަދަ ކަމެއް ކޮށްފައިނޭތޯ ވެސް ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.

މިއަދު އެމެންބަރުން އައީ ފައިސާއަށް "ނަމަ" މާދަމާ އެހެން ބަޔަކު ތަންކޮޅެއް ގިނަ ފައިސާ ދިއްކޮށްލީމާ އަނެއްކާ އެބައެއްގެ ކައިރިއަށްވެސް ދާނެއެވެ. އެކަމަކު އާއްމު މެމްބަރުން އެފަދަ ކަންކަމަށް މައާފްނުކުރާނެކަން ކަށަވަރެވެ. މާޒީއަށް ބަލާއިރު، ވިކުނު ކަމަށް ތުހުމަތު ކުރެވޭ މެންބަރުން ރައްޔިތުން ބަލައިގަނެފައެއްނުވެއެވެ. އަދި އެ މެންބަރުންނަށް ރައްޔިތުން ދެވަނަ ދައުރެއް ދީފައެއްނުވެއެވެ. ދީގެން ނުވެސްވާނެއެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025
އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

05 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު