Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން-އިސްރާއިލް ހަނގުރާމަ

ޣައްޒާއަށް އެހީ އެތެރެކުރުމަށް މަސައްކަތްކުރި ގާފިލާއަކަށް އިސްރާއިލުން ހަމަލާދީފި

މިހަމަލާތަކުގައި ޓީމްގެ އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 29 ޑިސެމްބަރު 2023 | ހުކުރު 08:31
ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރި އުޅަދެއް

ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރި އުޅަދެއް

ޣައްޒާއަށް އެހީ އެތެރެކުރުމަށް މަސައްކަތްކުރި ގާފިލާއަކަށް އިސްރާއިލުން ހަމަލާދީފިއެވެ.

ޣައްޒާއަށް އެހީ އެތެރެކުރުމަށް މަސައްކަތްކުރި ގާފިލާއަކަށް އިސްރާއިލުން ހަމަލާދީފައި ވާކަމަށް ހާމަކުރައްވައި ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކް އެޖެންސީ (ޔޫއެންއާރްޑަބްލިއުއޭ)ގެ ޑިރެކްޓަރ ތޯމަސް ވައިޓް ވަނީ އެކަން ކުށްވެރިކުރައްވާފައެވެ.

ޕްލެޓްފޯމް އެކްސްގައި ވައިޓް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އިސްރާއިލުން ކަނޑައަޅާފައިވާ މަގަކުން، ޣައްޒާގެ ދެކުނަށް އެހީ ފޯރުކޮށްދިނުމަށްފަހު އަނބުރާ ދިއުމުގެ މަސައްކަތްކުރަމުންދިޔަ ގާފިލާއަކަށް އިސްރާއިލް އަސްކަރިއްޔާއިން ބަޑީގެ ހަމަލާތައް ދީފައިވާކަމަށެވެ.

އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ މީހުންނަށް އަމާޒުކޮށް ހަމަލާދީގެން ނުވާނެކަމަށް ވިދާޅުވެ، ވައިޓް ވަނީ މިހަމަލާތަކުގައި ޓީމްގެ އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ގާފިލާގެ އެއް އުޅަނދަށް ގެއްލުން ވެފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރުކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުން މިދިޔަ ހަފުތާގައި ފާސްކުރެވިގެން ދިޔަ ނަމަވެސް، އަދިވެސް އިސްރާއިލުން ދަނީ އެކަމަށް ހުރަސް އަޅަމުންނެވެ.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއިލުން ހުރަސް އަޅަމުންދާއިރު، އިސްރާއިލުން ވަނީ ޣައްޒާގެ މެދުތެރެއަށް އެމީހުން ދެމުންދާ ހަމަލާތައް އިތުރުކޮށް ވަރުގަދަ ކޮށްފައެވެ. އެގޮތުން އެސަރަހައްދުގައި އާންމުން ދިރިއުޅެމުންދާ ރެފިއުޖީ ކޭމްޕުތަކަށް އަމާޒުކޮށް ހަމަލާތައް ދަނީ ދެމުންނެވެ.

އިސްރާއިލުން ދަނީ ޣައްޒާގެ އެންމެ ދެކުނުން އާންމުން ދިރިއުޅެމުންދާ ރަފާހަށް ވެސް ހަމަލާތައް ދެމުންނެވެ.

އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ ރަސްމީ އަދަދު 22،000 ގާތްކޮށްފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި މިހަމަލާތަކުގައި އަނިޔާވި މީހުންގެ އަދަދު ވަނީ 56،000ން މައްޗަށް އަރައިފައެވެ.

ޣައްޒާފަލަސްތީނުފަލަސްތީން - އިސްރާއީލް ހަމަނުޖެހުންއިޒްރޭލްހަމާސްހަމާސް-އިސްރާއިލް ހަނގުރާމަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް