Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ބައްސާމް ގޮތް ދޫނުކޮށް، އިންތިޚާބު ކުރިއަށް ގެންދަނީ

އެ ބަޔާނުގައި އެފްއޭއެމުން ބުނެފައި ވަނީ، އެފްއޭއެމްގެ ހިންގާ ކޮމެޓީގެ އަޣުލަބިއްޔަތު ގެއްލިފައި ނުވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2023 | ބުރާސްފަތި 09:56
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިދާރާ ބޭރުގައި

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިދާރާ ބޭރުގައި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބު ކުރިއަށް ނުގެންގޮސް، މަޑު ޖައްސާލުމަށް ކޮނިޝަނަރ އޮފް ސްޕޯޓްސް އިން އެންގި ނަމަވެސް، އިންތިޚާބު ކުރިއަށް ގެންދާނެ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

ބުރާސްފަތި ދުވަހު ސްޕޯޓްސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފްއޭއެމްގެ އިންތިޚާބުގެ ކަންކަން މަޑު ޖައްސާލުމަށް އެ އިދާރާ އަށް އަންގާފައިވާނެ ކަމަށެވެ. ނޫސް ބަޔާނުގައި ބުނެފައި ވަނީ އެފްއޭއެމުގެ އެކްސްކޯގެ ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުން އިސްތިއުފާ ދީފައިވާތީވެ، މިހާރު ކޯރަމް ގެއްލިފައިވާ ކަމަށެވެ. އަދި އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ވެސް އިސްތިއުފާ ދީފައިވާ ކަމަށާއި، އެސޯސިއޭޝަން މިވަގުތު ހިނގަމުންދަނީ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށެވެ. މިހެންވެ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ (ފީފާ) އާއި އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ (އޭއެފްސީ)އާ މަޝްވަރާކޮށް ގޮތެއް ނިންމަންދެން އެފްއޭއެމް އިންތިހާބު ކުރިއަށް ނުގެންދިއުމަށް އެފްއޭއެމަށް އަންގާފައިވާ ކަމަށެވެ. މީގެ އިތުރުން ނޫސް ބަޔާނުގައި ވަނީ އެފްއޭއެމް އެކްސްކޯ އަށް އައިސްފައިވާ އެއްވެސް ބަދަލެއްގެ ތަފްސީލް ވެސް މިނިސްޓްރީ އާއި ކަމިޝަނަރާ ހިއްސާކޮށްފައިނުވާ ކަމަށެވެ.

އެ ބަޔާން ނެރުންތާ އިރުކޮޅެއްގެ ތެރޭގައި އެފްއޭއެމުން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި އެފްއޭއެމުން ބުނެފައި ވަނީ، އެފްއޭއެމްގެ ހިންގާ ކޮމެޓީގެ އަޣުލަބިއްޔަތު ގެއްލިފައި ނުވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނާއި، ޖަމިއްޔާތަށް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއިދުގެ ދަށުން، އެ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީ އަށް އައްޔަންކޮށްފައިވާ މެމްބަރުންނަށް މަސްއޫލިއްޔަތު އަދާ ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ހަމަ އެހެންމެ، މެމްބަރުންގެ ޞައްހަކަމާމެދު އެއްވެސް ސުވާލެއް ނެތް ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން އެފްއޭއެމްގެ ރައީސްކަމުގެ މަޤާމު ހުސްވެފައި ނުވާ ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ ފަހުން އެފްއޭއެމްގެ ރަސްމީ މީޑިއާ ގުރޫޕުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، އެ އިދާރާގެ ވަގުތީ ޖެނަރަލް ސެކްރެޓަރީ މުޙައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ، ސްޕޯޓްސް ކޮމިޝަނުން ނެރެފައިވާ ބަޔާނުގައިވާ މައުލޫމަތަކީ އެންމެ ޞައްހަ މައުލޫމާތު ނޫން ކަމަށެވެ. ހަމައެއާއެކު ކޮމިޝަނުން ފޮނުވާފައިވާ ސިޓީ އަށް އެފްއޭއެމުން ޖަވާބު ދީފައިވާނެ ކަމަށާއި، އިންތިޚާބުގެ ކަންކަން ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެފްއޭއެމްގެ އިންތިޚާބު އަންނަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު ބާއްވަން އެ އިދާރާ އިން އޮތީ އިއުލާންކޮށްފަ އެވެ. އެ އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވީ ދެ ފަރާތަކުންނެވެ. އެއީ އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިޤު (ޓޮމް) އަދި އެފްއޭއެމްގެ މިހާރުގެ ހިންގާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ކުލަބު އީގަލްސްގެ ވައިސް ޗެއާމަން މުފާވިޒު ހާޝިމް (މުފާ) އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ބައްސާމް އަދީލް ޖަލީލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ފެބުރުއަރީ
"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"
20251 އަހަރު ކުރިން
ރިޕޯޓު

"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް
20242 އަހަރު ކުރިން
ރާއްޖެ

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި
20233 އަހަރު ކުރިން
ރިޕޯޓު

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް
20224 އަހަރު ކުރިން
ރާއްޖެ

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!
20215 އަހަރު ކުރިން
ރިޕޯޓު

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު