Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްތައް ބްލޮކްކުރި މައްސަލަ

ނޫސްތައް ބްލޮކްކުރި އުސޫލެއް ސަރުކާރުގެ ތަރުޖަމާނަކަށްވެސް އެނގިވަޑައެއް ނުގަންނަވާ، ފުނިފުންޏަށް ނޫސްވެރިންގެ ސުވާލު!

ނޫސްތައް ބްލޮކްކުރީ ކޮން އުސޫލަކުންކަން ސަރުކާރުގެ ތަރުޖަމާނަކަށް ސާފުކޮށެއް ނުދެވުނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 ޑިސެމްބަރު 2023 | ބުރާސްފަތި 08:42
ތަރުޖަމާނު މުހައްމަދު ޝަހީބު

ތަރުޖަމާނު މުހައްމަދު ޝަހީބު

ރާއްޖޭގައި ޚަބަރު ފެތުރުމުގައި ހަރަކާތްތެރިވާ "ކުރުސީ.ކޮމް" އަދި "ދިޔަވަރު.ކޮމް" ބްލޮކް ކުރުމަށްފަހު އަނެއްކާވެސް އެ ދެ ވެބްސައިޓް އަންބްލޮކްކޮށްފިއެވެ.

"ކުރުސީ.ކޮމް" އަދި "ދިޔަވަރު.ކޮމް" ބްލޮކް ކުރުމާ ގުޅިގެން އާންމުންނާ ކުރީގެ ސަރުކާރުތަކުގެ މަތީ ފަޑީގައި ތިއްބެވި ބޭފުޅުންގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެފައިވާއިރު، އެކަން ހިނގުމާއެކު ރައީސް އޮފީހުން ވަނީ އެކަން ތަކުރާރުކޮށް ދިފާއުކޮށްފައެވެ.

ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައިވެސް އެކި ނޫސްވެރިން ވަނީ ތަކުރާރުކޮށް އެ ސުވާލު އަމާޒުކޮށްފައެވެ. އޭގެ ޖަވާބުގައިވެސް ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، ވެބްސައިޓުތައް ބަންދުކުރި ވާހަކަ ވަރަށް ބޮޑަށް ދެކެވެމުންދިޔަ ކަމަށާއި، ރަޖިސްޓަރޑް އެއްވެސް ނޫހެއް ބަންދުކޮށްފައިނުވާކަމަށެވެ.

އެއްވެސް ވެބްސައިޓެއް ބަންދު ކުރުމަށް ރައީސް އޮފީހުން އަންގާފައިނުވާކަންވެސް ޝަހީބު ފާހަގަ ކުރެއްވިއެވެ. އަދި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމްއާއި)، އިންފޮމޭޝަން މިނިސްޓްރީއާއި، ބަންޑާރަނައިބުގެ އޮފީހާއި ގިނަ އިދާރާތަކެއް ގުޅިގެން ނޫސްތަކާ ގުޅޭ ކަންކަމުގައި މަޝްވަރާ ކޮށްފައިވާކަމަށް ޝަހީބު ވިދާޅުވިއެވެ.

އެހެންނަމަވެސް، މީޑިއާތައް ރެގިއުލޭޓު ކުުރުމުގެ ބާރު މީޑިއާ ކައުންސިލަށް ޤާނޫނުން މަތިކޮށްފައިވާއިރު، މީޑިއާ ކައުންސިލަށްވެސް ހިލަމެއް ނުވެ ދެ ވެބްސައިޓެއް ބްލޮކް ކުރީ ކޮން އުސޫލަކުންތޯ ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ. ނަމަވެސް އެ އުސޫލެއް ނޫސްވެރިންގެ ބައްދަލުވުން ނިމިގެން ދިޔައިރުވެސް ސަރުކާރުގެ ތަރުޖަމާނަކަށް ސާފުކޮށެއް ނުދެވުނެވެ.

ޝަހީބު ވިދާޅުވީ، ވެބްސައިޓުތައް ބަންދު ކުރުމަކީ އާ ކަމެއް ނޫން ކަމަށާއި، އެކަންކަން ބަލަހައްޓާ ފަރާތްތަކުން ޤައުމީ ސަލާމަތާއި، ރައްޔިތުންގެ އާންމު ރައްކާތެރިކަމާ ގުޅޭގޮތުން އޮންނަ ނިޒާމުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރާނެކަމަށެވެ.

އަދި އިންސާނީ ކަރާމަތްވެސް ހިމާޔަތް ކުރަންޖެހޭކަން ފާހަގަ ކުރައްވައި ޝަހީބު އިތުރަށް ވިދާޅުވީ، ސަރުކާރަށް ފާޑުކިޔަނީ ހަމައެކަނި އެ ދެ ވެބްސައިޓުތަކުން އެކަނި ނޫންކަމަށެވެ.

ޝަހީބު އިތުރަށް ވިދާޅުވީ، އިދާރާތަކުން ކުރާ ކޮންމެ މަސައްކަތްތަކަކީ ރައީސް އޮފީހުން ކުރާ ކަންކަމެއް ނޫންކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ މެދެއްހާ ހިސާބުން ޝަހީބު ވަނީ އަނެއްކާވެސް އެ ދެ ނޫސް "އަންބްލޮކް" ކޮށްފައިވާކަން ވަގުތުން އިއުލާނު ކުރައްވާފައެވެ. އެހެންނަމަވެސް، އުސޫލެއް ހަމައެއް ނެތި ދެ ވެބްސައިޓެއް ބްލޮކްކުރިގޮތަށް، އަނެއްކާ ކުއްލިއަކަށް އަންބްލޮކް ކުރި ގޮތެއްވެސް ސާފުކޮށެއް ނުދެއްވަވައެވެ.

އެފަދަ ގޮތަކަށް ނޫސްތައް އަންބްލޮކް ކުރުމުންވެސް ނޫސްވެރިން އެ ސުވާލު އަމާޒުކުރިއެވެ. ނަމަވެސް ސަރުކާރުގެ ތަރުޖަމާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އެއީ ރައީސް އޮފީހުގެ ނިންމުމެއް ނޫން ކަމަށާއި، ސަރުކާރުގެ އިދާރާތަކެއްގެ ނިންމުންކަމަށެވެ. އެ އިދާރާތަކުން އެކަމުގެ މައުލޫމާތު ހޯދުމަށްވެސް ޝަހީބު އެދިވަޑައިގަތެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ހޯދާލުމަށް ރާއްޖެއެމްވީން ބަންޑާރަނައިބު އަހުމަދު އުޝާމަށް ގުޅާލުމުން އުޝާމް ވިދާޅުވީ، ނޫސްތައް ބްލޮކް ކުރުމުގެ ނިންމުމަކީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ކޮން ފަރާތެއްގެ އެންގުމެއްގެ މަތިން ނިންމި ނިންމުމެއްކަން ސީދާ ސާފުނުވާކަމަށެވެ. ނަމަވެސް ފަހުން ނޫސްތައް އަންބްލޮކް ކޮށްފައިވަނީ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއި، ނޫސްމަޖައްލާތަކާއި، މީޑިއާ ކައުންސިލާއި އަދި އެންޖީއޯތަކާވެސް ވާހަކަ ދައްކައި، މަޝްވަރާ ކޮށްފައިކަން އުޝާމް ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް، މީޑިއާ ކައުންސިލު ފަދަ މުއައްސަސާއެއްގެ ހިޔާލު ހޯދުމެއް ނެތި ނޫސްތަކެއް ބްލޮކް ކުރުމަށްފަހު، އެއީ ރައީސް އޮފީހުން އަންގައިގެން ކުރިކަމެއް ނޫންކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވާއިރު، ދައުލަތުގެ އިދާރާއަކުން އެފަދަ ނިންމުމެއް އެ ނިންމީ ބަންޑާރަނައިބުގެ އޮފީސް ނުވަތަ ކޮން އިދާރާއެއްގެ ލަފާއެއްގެ ދަށުންތޯ ރާއްޖެއެމްވީން އަނެއްކާވެސް ސުވާލުކުރުމުން އުޝާމް ވިދާޅުވީ، ނޫސްތައް ބްލޮކް ކުރުމުގެ ނިންމުމަކީ ކިހިނެއް އައި ނިންމުމެއްތޯ އިތުރަށް ސާފު ކުރެއްވުމަށްފަހު ޖަވާބެއް ދެއްވާނެކަމަށެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ކޭމްގެ ބެލެނިވެރިޔާ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު އުމަރަށް ގުޅާލުމުން، ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ނޫސްވެރިން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
31 އޮކްޓޯބަރު 2025

ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!

31 އޮކްޓޯބަރު 2025
ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު