Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް އިންތިހާބު

ގަވާއިދާ ހިލާފުވުމުން، އެފްއޭއެމް އިންތިޙާބު ހުއްޓުވައިފި

ސަރުކާރުން ސާފުކޮށްދޭން އެދުނު އެއްވެސް ކަމަކަށް އެފްއޭއެމުން ޖަވާބު ދީފައިނުވޭ

ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2023 | ބުރާސްފަތި 07:36
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

ގަވާއިދާ ހިލާފުވެ، ސަރުކާރާ މުއާމަލާތްކުރުން ހުއްޓާލާފައިވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޙާބު ނުބޭއްވޭނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މިއަދު ނިންމައިފި އެވެ.

މިގޮތަށް ނިންމީ އާދީއްތަ ދުވަހު ކަމިޝަނަރ އޮފް ސްޕޯޓްސްއިން އެފްއޭއެމަށް ފޮނުވި ސިޓީއަށް ޖަވާބު ނުދިނުމާވެސް އެކުގަ އެވެ.

މިނިސްޓްރީ އޮފް ޔޫތު ފިޓްނަސް އެންޑް ރެކްރިއޭޝަންއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެފްއޭއެމުގެ އެކްސްކޯގެ 9 މެމްބަރުންގެ ތެރެއިން ފަސް މެމްބަރުން އިސްތިއުފާ ދީފައިވާތީވެ މިހާރު ކޯރަމް ގެއްލިފައިވާ ކަމަށެވެ. އަދި އިދާރާގެ ޖެނެރަލް ސެކްރެޓަރީ ވެސް އިސްތިއުފާ ދީފައިވާ ކަމަށާއި އެސޯސިއޭޝަން މިވަގުތު ހިނގަމުންދަނީ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށެވެ. މިހެންވެ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އާއި އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ އޭއެފްސީއާ މަޝްވަރާކޮށް ގޮތެއް ނިންމަންދެން އެފްއޭއެމް އިންތިހާބު ކުރިއަށް ނުގެންދިއުމަށް އެފްއޭއެމަށް އަންގާފައިވާ ކަމަށެވެ. މީގެ އިތުރުން ނޫސްބަޔާނުގައި ވަނީ އެފްއޭއެމް އެކްސްކޯއަށް އައިސްފައިވާ އެއްވެސް ބަދަލެއްގެ ތަފްސީލް ވެސް މިނިސްޓްރީ އާއި ކަމިޝަނަރއާ ހިއްސާކޮށްފައިނުވާ ކަމަށެވެ.

ކަމިޝަނަރ އޮފް ސްޕޯޓްސް އެދިފައިވަނީ އެފްއޭއެމްގެ އިންތިހާބު ބާއްވަން ނިންމި އެކްސްކޯގެ ހަތް ކަމެއް އޮޅުން ފިލުވައިދިނުމަށެވެ. އެއީ އެކްސްކޯ ޔައުމިއްޔާ އާއި، އެކްސްކޯގެ ބައްދަލުވުން ބޭއްވިތަނާއި ވަގުތާއި، ބައްދަލުވުމަށް ހާޒިރުވި މެމްބަރުންނާއި ނިންމުންތަކެވެ. މި މައުލޫމާތު އެފްއޭއެމުން ކަމިޝަނަރ އޮފް ސްޕޯޓްސް އަށް ފޮނުވަން ދީފައިވަނީ އިއްޔެގެ ނިޔަލަށެވެ.

ނަމަވެސް އެފްއޭއެމުން މިއިން އެއްވެސް ސުވާލަކަށް ޖަވާބު ދީފައެއް ނުވެއެވެ. ނަމަވެސް އެއިދާރާއިން އިއްޔެ ވަނީ އަންނަ މަހު އިންތިހާބު ބާއްވަން ނިންމައި، ކެނޑިޑޭޓުންގެ ފޯމުތައް ބަލައިގެންފަ އެވެ.

އެފްއޭއެމް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ބައްސާމް އަދީލް ޖަލީލްކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާކޮމިޝަނަރ އޮފް ސްޕޯޓްސް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
27 ނޮވެމްބަރު 2025

މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި

27 ނޮވެމްބަރު 2025
މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
16 ނޮވެމްބަރު 2025

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު